Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހުތާޒްގެ ބޭސްފަރުވާ

ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށް އޭޑީކޭ ހޮސްޕިޓަލުގައި މުހުތާޒް އެޑްމިޓް ކޮށްފި

މިއަހަރުގެ ފެބްރުއަރީގައި ވެސް އިންޖެކްޝަން ޖެހި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 22 ޖުލައި 2017 | ހޮނިހިރު 06:37
ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް މުހުތާޒް މުހުސިން

ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް މުހުތާޒް މުހުސިން

ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށް ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް މުހުތާޒް މުހުސިން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުހުތާޒް އޭޑީކޭގައި މުހުތާޒް އެޑްމިޓް ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މުހުތާޒްގެ ގާނޫނީ ވަކީލު ވަނީ އެކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށް ދެއްވާފަ އެވެ.

Advertisement - newsAdvertisement

މީގެ ކުރިން މިއަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު ވެސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ. އަދި އެފަހަރު ވެސް މުހުތާޒްގެ އުނަގަނޑަށް ބާރުގަދަ ސްޓެރޮއިޑް އިންޖެކްޝަނެއް ޖަހާފައިވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުހުތާޒްގެ އުނަގަނޑަށް އަނެއްކާ ވެސް އިންޖެކްޝަން ޖަހަން ޖެހިފައިމިވަނީ ކުރިން އިންޖެކްޝަން ޖެހުމަށް ފަހު ދޭންޖެހޭ އެކަށީގެންވާ ފަރުވާ ނުދެވުމުންނެވެ.

ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވެސް ވަނީ، މުހުތާޒް އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާދެމުންދާކަން ރާއްޖެއެމްވީ އަށް ކަށަވަރުކޮށް ދެއްވާފަ އެވެ. މީޑިއާ އޮފިޝަލް ހަމައެކަނި ވިދާޅުވީ މުހުތާޒް އެޑްމިޓްކުރީ "ޑޮކްޓަރީ ބޭސްފަރުވާ" އަށް ކަމަށެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި 17 އަހަރަށް ޖަލަށް ލުމުގެ ކުރިން ވެސް އުނަގަނޑުގެ ރިހުމަކަށް މުހުތާޒް ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.

ސައްޚަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސް އަބްދުﷲ ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ މިދިޔަ އަހަރުގެ ފެބްރުއަރީގައި މުހުތާޒް ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރި ފަހުން އުނަގަނޑުގެ ރިހުން ބޮޑުވެ އެތައް ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައި ވެއެވެ.

ޓެރަރިޒަމުގެ ކުށުގައި ޖަލު ހުކުމް އިއްވި ފަހުން ވެސް އެތައް ފަހަރެއްގެ މަތިން މުހުތާޒް މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައި ވެއެވެ.

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި މުހުތާޒް ބަންދުކުރަން ނިންމާފައި އޮތް ނަމަވެސް، އޭނާ ބަންދުކޮށްފައި ބާއްވަނީ "ޑެތް ރޯ" ގެ ނަމުން މަޝްހޫރު ޔުނިޓުގަ އެވެ. އެ ޔުނިޓަކީ މަރުގެ ހުކުމް ތަންފީޒް ކުރަމުންދާ ބޮޑެތި ކުށްވެރިން ބަންދުކޮށްފައި ބައިތިއްބާ ޔުނިޓެވެ. އެތަނުގައި ބަންދުކޮށްފައިވާ ގައިދީންގެ ތެރޭގައި މުހުތާޒް ދައުވާ އުފުލު މީހުންނާއި، ކްރިމިނަލް ކޯޓުގެ ގާޒީއަކަށް މުހުތާޒް ހުންނެވިއިރު ހުކުމް އިއްވި މީހުން ހިމެނެ އެވެ.

އާއްމު އުސޫލެއްގެ ދަށުން ސްޕެޝަލް ޕްރޮޓެކްޝަން ދޭ ގައިދީން ކަރެކްޝަނުގެ ލޯންޗުގައި މާލެ ގެނެސް ހަދާއިރު، މުހުތާޒް މާލެ ގެންނަނީ ދޯންޏެއްގަ އެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

އޭޑީކޭ ފްލޫ ކްލިނިކަށް 885 މީހުން ވަނީ ދައްކައިފި

18 މާރިޗު 2017
އޭޑީކޭ ފްލޫ ކްލިނިކަށް 885 މީހުން ވަނީ ދައްކައިފި
16 މާރިޗު 2017

އޭޑީކޭއިން މޯބައިލް ފްލޫ ކުލިނިކެއް ތައާރަފްކޮށްފި

16 މާރިޗު 2017
އޭޑީކޭއިން މޯބައިލް ފްލޫ ކުލިނިކެއް ތައާރަފްކޮށްފި
15 މާރިޗު 2017

ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ

15 މާރިޗު 2017
ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
03 މާރިޗު 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

03 މާރިޗު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު