Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމް އިބްރާހީމް

ގާސިމް ބޭރަށް ގެންދިއުމުގެ ހުއްދައަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ

ގާސިމްގެ ސިއްހީ ހާލަތު ރަނގަޅެއް ނުވޭ

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 22 ޖުލައި 2017 | ހޮނިހިރު 05:33
ޖުލައި 16 ވަނަ ދުވަހުގެ ރޭ ގާސިމް އެއާޕޯޓަށް ގެންދިއުމަށްޓަކައި އެމްބިއުލާންސްގައި

ޖުލައި 16 ވަނަ ދުވަހުގެ ރޭ ގާސިމް އެއާޕޯޓަށް ގެންދިއުމަށްޓަކައި އެމްބިއުލާންސްގައި

ހިތުގެ އާލާސްކަންފުޅެއްގައި އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރާއްޖޭން ބޭރަށް ގެންދިއުމަށްޓަކައި ސުޕްރީމް ކޯޓްގެ ހުއްދައަކަށް އެދި ހުށަހަޅައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވި ގޮތުގައި ގާސިމް ރާއްޖޭން ބޭރަށް ގެންދިއުމުގެ ހުއްދައަށް ކްރިމިނަލް ކޯޓަށް ތަކުރާރުކޮށް ހުށަހެޅި ކަމަށާއި ނަމަވެސް މިހާތަނަށް އެއިން އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައި ނުވާ ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން ބުދަ ދުވަހު ސުޕްރީމް ކޯޓަށް ސިޓީއެއް ހުށަހެޅިން، ގާސިމް ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަށް އެދި. އެކަމަކު އަދިވެސް އެއްވެސް ޖަވާބެއް ނުލިބޭ. އުއްމީދަކީ މާދަމާ ސުޕްރީމް ކޯޓުން ޖަވާބެއް ލިބޭނެ ކަމަށް،" ސަމީރު ވިދާޅުވި އެވެ.

ގާސިމުގެ ސިއްހީ ހާލަތަށް ލުޔެއް ނުލިބޭ ކަމަށާއި މިހާރު ވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް ސަމީރު ވިދާޅުވި އެވެ.

"ރާއްޖޭގެ އެތައް ރައްޔިތުންނަކަށް ރާއްޖޭން ބޭރުން ފަރުވާ ދެއްވި ބޭފުޅަކު، ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުގެ ނުފޫޒުން ހިފަހައްޓާފައި އޮތުމަކީ ވަރަށް ލަދުވެތިކަމެއް. މިކަމާ ގިނަ ބަޔަކު ކަންބޮޑުވޭ،" ސަމީރު ވިދާޅުވި އެވެ.

ގާސިމް ފުރަތަމަ އެޑްމިޓްކުރީ ޖުލައި 16 ވަނަ ދުވަހު މެޑިކާ ހޮސްޕިޓަލްގަ އެވެ. ގާސިމް ރާއްޖޭން ބޭރަށް ފުރުން ހުއްޓުވީ، ފަރުވާ ހޯއްދެވުމަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އެއާޕޯޓްގައި ހުންނަވަނިކޮށެވެ. އެހެންވެ، ޖުލައި 16 ވަނަ ދުވަހުގެ ރޭ ގާސިމް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދޭން ފެށިއެވެ.

ފުރަތަމަ ގާސިމް އެޑްމިޓްކުރީ ނޭވާ ކުރުވެ، މެއަށް އުނދަގޫވެ ހޮޑުލެވޭ ގޮތް ވާން ފެށުމުންނެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު