Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެވިއްޔާ

ސެވިއްޔާގެ ކޯޗުކަމުގެ މަގާމަށް، އުރުގުއޭގެ ކުރީގެ ކޯޗު އަލޮންސޯ ހަމަޖައްސައިފި

ސެވިއްޔާގެ ކޯޗުކަމުގެ މަގާމަށް އުމުރުން 48 އަހަރުގެ އަލޮންސޯ ހަމަޖެއްސީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޮކްޓޯބަރު 2023 | ބުދަ 05:59
ސެވިއްޔާގެ ކޯޗަކަށް ހަމަޖެއްސި ޑިއޭގޯ އަލޮންސޯ

ސެވިއްޔާގެ ކޯޗަކަށް ހަމަޖެއްސި ޑިއޭގޯ އަލޮންސޯ

ހުސްވެފައިވާ ސެވިއްޔާގެ ކޯޗުކަމުގެ މަގާމަށް އުރުގުއޭގެ ޤައުމީ ޓީމުގެ ކުރީގެ ކޯޗު ޑިއޭގޯ އަލޮންސޯ ހަމަޖައްސައިފި އެވެ.

ސެވިއްޔާގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ހޯސޭ ލުއިސް މެންޑިލިބާ މަގާމުން ވަކިކުރުމާއެކު އެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ އެ ކުލަބުގެ ނަތީޖާތައް އިންތިހާ އަށް ދަށްވުމުންނެވެ. ސެވިއްޔާގެ ކޯޗުކަމުގެ މަގާމަށް އުމުރުން 48 އަހަރުގެ އަލޮންސޯ ހަމަޖެއްސީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށެވެ. ސެވިއްޔާ އިން މިހާރު ވަނީ އެކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އަލޮންސޯ އެންމެ ފަހުން ހުރީ އުރުގުއޭ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން އަލޮންސޯ އެ މަގާމުން އިސްތިއުފާ ދިނީ މިދިޔަ އަހަރު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށް ފަހު އެވެ. އެ މުބާރާތުން އުރުގުއޭ ކެޓުމާއެކު، މިއަހަރުގެ ފެބްރުވަރީ މަހު އޭނާ ވަނީ މަގާމުން އަމިއްލަ އަށް އިސްތިއުފާ ދީފަ އެވެ. އެއަށްފަހު އަލޮންސޯ ދިން އިންޓަވިޔުއެއްގައި އޭނާ ބުނީ، މިހާރު ދެން ބޭނުންވަނީ ކުލަބަކާ ހަވާލުވެ މަސައްކަތް ކުރަން ކަމަށެވެ.

އަލޮންސޯގެ އިރުޝާދުގެ ދަށުން ސެވިއްޔާ އިން ކުޅޭނެ ފުރަތަމަ މެޗަކީ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ.

ސެވިއްޔާޑިއޭގޯ އަލޮންސޯ

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

ސެވިއްޔާ އަތް ދަށުވެ ބާސެލޯނާ އިން ފުރުސަތު ނަގާލައިފި

06 އޮކްޓޯބަރު 2025
ސެވިއްޔާ އަތް ދަށުވެ ބާސެލޯނާ އިން ފުރުސަތު ނަގާލައިފި
23 ޑިސެމްބަރު 2024

ސެވިއްޔާ ބަލިކޮށް، ރެއާލް ދެ ވަނަ އަށް

23 ޑިސެމްބަރު 2024
ސެވިއްޔާ ބަލިކޮށް، ރެއާލް ދެ ވަނަ އަށް
09 ޑިސެމްބަރު 2024

ސެވިއްޔާ ބަލިކޮށް، އެތުލެޓިކޯ ތިން ވަނައިގައި

09 ޑިސެމްބަރު 2024
ސެވިއްޔާ ބަލިކޮށް، އެތުލެޓިކޯ ތިން ވަނައިގައި
21 އޮކްޓޯބަރު 2024

ފަސް ލަނޑުގެ މޮޅާއެކު ބާސެލޯނާ އިން މަޤާމު ދަމަހައްޓައިފި

21 އޮކްޓޯބަރު 2024
ފަސް ލަނޑުގެ މޮޅާއެކު ބާސެލޯނާ އިން މަޤާމު ދަމަހައްޓައިފި
08 ޖޫން 2024

ސެވިއްޔާ އާއެކު މަޝްވަރާ ކުރިން: ސާރީ

08 ޖޫން 2024
ސެވިއްޔާ އާއެކު މަޝްވަރާ ކުރިން: ސާރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު