Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ސެވިއްޔާ ބަލިކޮށް، އެތުލެޓިކޯ ތިން ވަނަ އަށް ޖެހިލައިފި

މެޗުން ލިބުނު މޮޅާއެކު އެތުލެޓިކޯ އިން ވަނީ ތިން ވަނައިގައި އޮތް ބާސެލޯނާ ފަހަތަށް ޖައްސާލައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޑިސެމްބަރު 2023 | އާދީއްތަ 00:54
މެެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެތުލެޓިކޯ މެޑްރިޑުން ލީގު ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ހޮނިހިރު ދުވަހުވެ ރޭ އެތުލެޓިކޯގެ ދަނޑުގައި މި ދެ ޓީމު ނިކުތްއިރު، ތިން ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ. ނަމަވެސް، މެޗުން މޮޅުވެ ތިން ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެތުލެޓިކޯ އަށް އޮތެވެ. ފުރުސަތުގެ ބޭނުން ހިފައި، އެ ޓީމުން ވަނީ 1-0 އިން ސެވިއްޔާގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗުގައި ރަނގަޅަށް ކުޅުނީ ވެސް އެތުލެޓިކޯ އިންނެވެ. އެ ޓީމުން މެޗުގައި ލަނޑު ޖަހައި ލީޑު ނެގީ، ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މާކޮސް ލޮރެންޓޭ އެވެ. އެ ލަނޑުގެ ފަހުން ވެސް އެތުލެޓިކޯ އަށް ވަނީ ލީޑު ފުޅާ ކުރުމަށް ފުރުސަތު ލިބިފަ އެވެ. އެ ފުރުސަތު ތަކުގެ ބޭނުން ނުކުރެވި އުޅެނިކޮށް، 70 ވަނަ މިނެޓުގައި އެ ޓީމުގެ ކަގްލާ ސޮޔުންކޫ އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. މެޗުގެ ބާކީ ބައި ދިހަ ކުޅުންތެރިންނާއެކު އެތުލެޓިކޯ އިން ކުޅުނުއިރު، ސެވިއްޔާ އަށް ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ.

މެޗުން ލިބުނު މޮޅާއެކު އެތުލެޓިކޯ އިން ވަނީ ތިން ވަނައިގައި އޮތް ބާސެލޯނާ ފަހަތަށް ޖައްސާލައިފަ އެވެ. މިހާތަނަށް ކުޅުނު 18 މެޗުން އެތުލެޓިކޯ އަށް ލިބެނީ، 38 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަތަރު ވަނައިގައި ބާސެލޯނާ އަށް ވެސް ލިބެނީ 38 ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ގޮތުން ކުރި ހޯދަނީ އެތުލެޓިކޯ އެވެ.

ސްޕެނިޝް ލީގުއެތުލެޓިކޯ މެޑްރިޑްސެވިއްޔާ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2026

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ރެއާލް އިން ލީގު ރޭހުގައި ވިއްދާފައި

09 ފެބުރުއަރީ 2026
ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ރެއާލް އިން ލީގު ރޭހުގައި ވިއްދާފައި
08 ފެބުރުއަރީ 2026

މަޔޯކާ އަތުން މޮޅުވެ ބާސެލޯނާ އިން މަގާމު ދަމަހައްޓައިފި

08 ފެބުރުއަރީ 2026
މަޔޯކާ އަތުން މޮޅުވެ ބާސެލޯނާ އިން މަގާމު ދަމަހައްޓައިފި
02 ފެބުރުއަރީ 2026

އެމްބާޕޭގެ ޕެނަލްޓީ އިން މޮޅުވެ، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

02 ފެބުރުއަރީ 2026
އެމްބާޕޭގެ ޕެނަލްޓީ އިން މޮޅުވެ، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
01 ފެބުރުއަރީ 2026

އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

01 ފެބުރުއަރީ 2026
އެލްޗޭ ބަލިކޮށް، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
26 ޖެނުއަރީ 2026

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ބާސެލޯނާ އަލުން އެއް ވަނަ އަށް

26 ޖެނުއަރީ 2026
ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ބާސެލޯނާ އަލުން އެއް ވަނަ އަށް
25 ޖެނުއަރީ 2026

ވިޔަރެއާލް ބަލިކޮށް، ރެއާލް އިން އެއް ވަނަ އަށް ޖެހިލައިފި

25 ޖެނުއަރީ 2026
ވިޔަރެއާލް ބަލިކޮށް، ރެއާލް އިން އެއް ވަނަ އަށް ޖެހިލައިފި
20 ޖެނުއަރީ 2026

މޮޅުވުން ހައްގު، ރެފްރީ އަކީ ކާކުކަން އިނގޭ: ފްލިކް

20 ޖެނުއަރީ 2026
މޮޅުވުން ހައްގު، ރެފްރީ އަކީ ކާކުކަން އިނގޭ: ފްލިކް
19 ޖެނުއަރީ 2026

ސޮސިއެޑާޑް އަތުން ބަލިވެ، ބާސެލޯނާ އަށް ފައިދާ ނުނެގުނު

19 ޖެނުއަރީ 2026
ސޮސިއެޑާޑް އަތުން ބަލިވެ، ބާސެލޯނާ އަށް ފައިދާ ނުނެގުނު
18 ޖެނުއަރީ 2026

ލެވަންޓޭ ބަލިކޮށް، ރެއާލް އަށް ހަމަޖެހުމެއް

18 ޖެނުއަރީ 2026
ލެވަންޓޭ ބަލިކޮށް، ރެއާލް އަށް ހަމަޖެހުމެއް
05 ޖެނުއަރީ 2026

ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި

05 ޖެނުއަރީ 2026
ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު