Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސަގެ މަރުގެ މައްސަލަ

މޫސަގެ މަރު: ސިއްރު ހެކިވެރިއެއްގެ ހެކިބަސް ނަގައިފި

ދެން އޮންނަ އަޑުއެހުމެއްގައިވެސް އޮންނާނީ ދައުލަތުގެ ސިއްރު ހެއްކެއްގެ ހެކިބަސް ނެގުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 އޮކްޓޯބަރު 2023 | ބުދަ 05:24
ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ސައްމާޙު

ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ސައްމާޙު

ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ޙަސަން ސައީދެވެ. ނަމަވެސް ގާޒީ ޙަސަން ސައީދު ރިޓަޔަރ ކުރައްވާފައިވާތީ މިހާރު މި މައްސަލައިގެގަޒިއްޔާތައްބައްލަވަމުން ގެންދަވަނީ އެ ކޯޓުގެ ދެ ސެކްޝަނަކުންނެވެ.

އޭގެ ތެރެއިން ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުރާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ ބައެވެ.

އެ ދައުވާގައި ބުދަ ދުވަހު އޮތީ ދައުލަތުގެ ސިއްރު ހެކިންގެ ހެކިބަސް ނެގުމެވެ.

ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާ ވިދާޅުވީ، ސައްމާހު ފިލައިގެން ދަނިކޮށް އޭނާ ހައްޔަރުކުރުމުގައި އެ ހެކިވެރިޔާ ބައިވެރިވެފައިވާނެކަމަށެވެ. އެގޮތުން މޫސަ މަރާލި ޙާދިސާ ހިނގިތާ ތިން ހަތަރު ދުވަހުގެ ތެރޭގައި ސައްމާހު ހައްޔަރު ކުރުމުގެ އޮޕަރޭޝަން ހިންގިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހެކިވެރިޔާ ވިދާޅުވީ، މާފަންނުގައި ހުރި ގެއެއްގެ ކުޑަދޮރުން މި ޙާދިސާގައި ތުހުމަތު ކުރެވޭ ފަރާތްތައް ފުންމާލުމުން، އެމީހުން ފަހަތުން ގޮސް ހައްޔަރުކުރިއިރު، ސައްމާހު ހައްޔަރު ކުރުމުގައި އަމަލީ ގޮތުން އެ ހެކިވެރިޔާ ބައިވެރިވެފައިވާނެކަމަށެވެ.

ދެން އޮންނަ އަޑުއެހުމެއްގައިވެސް އޮންނާނީ ދައުލަތުގެ ސިއްރު ހެއްކެއްގެ ހެކިބަސް ނެގުމެވެ. އެއީ މީގެ ކުރިން ނަގާފައިވާ ހެކިބަހެއްނަމަވެސް، ކޯޓުގެ އިހުމާލަކުން އެ ހެކިވެރިޔާގެ ރެކޯޑިންގ ގެއްލިފައިވާތީ އަލުން ހެކިބަސް ނެގުމަށް މިހާރު މި މައްސަލައާ ޙަވާލުވެ ހުންނެވި ގާޒީ އިބްރާހިމް އިޙްސާން ނިންމެވީއެވެ.

އެއަށްފަހު ދެން އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.

މިއީ ގިނަ ދުވަސްތަކެއްވެފައިވާ މައްސަލައެއްކަމަށްވާތީ ދިފާއުން ވަނީ މި މައްސަލަ ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށް އެދިފައެވެ.

ސައްމާހުގެ މައްޗަށް ދައުވާ ކުރާ ގަސްތުމަރުގެ މައްސަލައަކީ ކުރިން ކްރިމިނަލް ކޯޓަށް ހުށައެޅި، ފަހުން ސުޕްރީމް ކޯޓުގެ ނިންމުމާއެކު އަލުން އެ ކޯޓަށް ހުށައެޅުނު މައްސަލައެކެވެ. އެގޮތުން މި މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ނިންމާފައި ވަނިކޮށް މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އެންގީއެވެ.

މި މައްސަލައާ ގުޅިގެން މީގެ އިތުރުންވެސް މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއެއް އިބްރާހީމް ސައްމާހު އަހުމަދު ފަތުހީއާއި، ސ. ހިތަދޫ ގުލްބަކާގޭ، މުހައްމަދު ނާޝިޒް ނާޒިމްގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ މައްސަލަވެސް ކުރިއަށް ގެންދަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ. އެ މައްސަލައިގައި ދެން އޮންނާނީ ޙުކުމް ކުރުމެވެ.

ކްރިމިނަލް ކޯޓްމަރު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު