Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕް ބޭއްވުމަށް ސައުދީން ރަސްމީކޮށް ހުށަހަޅައިފި

10 އޮކްޓޯބަރު 2023 | އަންގާރަ 00:24

މިޝާލް ވިދާޅުވީ، ހޯމަ ދުވަހު ރަސްމީކޮށް ހުށަހެޅުނު ހުށަހެޅުމާއެކު އެ ޤައުމުގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ވެގެން ދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޮކްޓޯބަރު 2023 | އަންގާރަ 00:24
ފީފާ ވޯލްޑް ކަޕް ތަށި

ފީފާ ވޯލްޑް ކަޕް ތަށި

ފީފާ ވޯލްޑް ބޭއްވުމަށް ސައުދީ އަރަބިޔާ އިން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އެ ޤައުމުން ރަސްމީކޮށް ލިޔުން ހުށަހަޅައިފި އެވެ.

ސައުދީން ވަނީ 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެ ޤައުމުގައި ބޭއްވުމުގެ ޝައުޤުވެރިކަން މިދިޔަ ހަފްތާގައި ފާޅުކޮށްފަ އެވެ. އެއަށްފަހު ހޯމަ ދުވަހު އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އެކަމަށްޓަކައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ރަސްމީކޮށް ފީފާ އަށް ހުށަހަޅައިފަ އެވެ. ސައުދީ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ޔާސިރު އަލް މިޝާލް ވިދާޅުވީ، ހޯމަ ދުވަހު ރަސްމީކޮށް ހުށަހެޅުނު ހުށަހެޅުމާއެކު އެ ޤައުމުގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ވެގެން ދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. ޚާއްސަކޮށް ސައުދީގެ ބިޑަށް ގިނަ ޤައުމުތަކަކުން ތާއީދު ކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އިތުރަށް އޭނާ ވިދާޅުވީ، ފުޓްބޯޅައިގެ ޒަރިއްޔާއިން މުޅި ދުނިޔެ އެއްބައިވަންތަކުރުމަށް މަގުފަހިވެގެންދާނެ އެންމެ ވާދަވެރި ބިޑެއް ހުށަހަޅަން އެ ޤައުމުން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ސައުދީގެ ފުޓުބޯޅަ ފެޑެރޭޝަނުން ބުނެފައިވާ ގޮތުގައި މުބާރާތް ބޭއްވުމުގެ ޝައުޤުވެރިކަން މިދިޔަ ހަފްތާގެ ބުދަ ދުވަހު އެ ޤައުމުން ހާމަކުރުމާއެކު، ފީފާގެ 70 އަށް ވުރެ ގިނަ މެމްބަރު ޤައުމުތަކުން ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.

ސައުދީން އަންނަނީ އެ ޤައުމުގެ ލީގު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ ފީފާ ކުލަބު ވޯލްޑް ކަޕް ބާއްވަނީ އެ ޤައުމުގަ އެވެ. އަނެއްކޮޅުން 2027 ވަނަ އަހަރު އޭއެފްސީ އޭޝިއަން ކަޕް ވެސް ބާއްވަނީ އެ ޤައުމުގަ އެވެ. މީގެ ކުރިން ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ މުބާރާތަތްތައް ސައުދީގައި ބާއްވަން އެ ޤައުމުން ބޭނުންވަނީ ވޯލްޑް ކަޕްގެ ބިޑު ކާމިޔާބު ކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.

ފީފާ ވޯލްޑް ކަޕްސައޫދީ އަރަބިއްޔާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
27 އޮކްޓޯބަރު 2024

ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

27 އޮކްޓޯބަރު 2024
ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި
12 އޮކްޓޯބަރު 2024

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
09 އޮކްޓޯބަރު 2024

އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

09 އޮކްޓޯބަރު 2024
އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް