Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މަރފީ ޤަބުރު ވަޅުލުން

ޤަރުނެއް ކުރިން އޮޅިގެން މަމިފައި ކުރެވުނު ވަގުކަލޭގެގެ ޤަބުރު ވަޅުލައިފި

ނަމަވެސް، އެއީ ކާކުގެ ހަށިގަނޑެއްކަން ދަނެގަތުމަށް ފަހު، އޮކްޓޯބަރު 7 ވަނަ ދުވަހު، އެ ހަށިގަނޑު މިހާރު ވަނީ ވަޅުލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2023 | އަންގާރަ 05:21
 މަރފީއަކީ އޭނާ މަރުވިއިރު، އެންމެން ދަންނަ ވަގެއް

މަރފީއަކީ އޭނާ މަރުވިއިރު، އެންމެން ދަންނަ ވަގެއް

އިހު ޒަމާނުގައި މަރުވާ މީހުންގެ ހަށިގަނޑުން ހުރިހާ ތެތްކަމެއް ނެރެ، ގިނަ ދުވަސްތަކެއް ވަންދެން ހަށިގަނޑު ކުނި ނުވާ ގޮތަށް ޤަބުރު ތައްޔާރުކޮށް އުޅުމަކީ އާންމު ކަމެކެވެ. ޤަދީމީ މިޞްރަށް ޚާއްޞަ ޤައުމެކެވެ. ނަމަވެސް މި ފަހަރު ދަންނަވަން މިއުޅެނީ މިޞްރުގެ މަމީއެއްގެ ވާހަކައެއް ނޫނެވެ. މިއީ އެމެރިކާގައި ހިނގި ހާދިޘާއެކެވެ.

ޕެންސިލްވޭނިއާގައި ޖަނާޒާތައް ކުރިއަށް ގެންދަން ޚާއްޞަކޮށްފައި ވާ ގެއެއްގެ ޑިސްޕްލޭގައި އެ ޤަބުރު އޮންނަތާ މިހާރު 128 އަހަރުވެދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް، އެއީ ކާކުގެ ހަށިގަނޑެއްކަން ދަނެގަތުމަށް ފަހު، އޮކްޓޯބަރު 7 ވަނަ ދުވަހު، އެ ހަށިގަނޑު މިހާރު ވަނީ ވަޅުލާފައެވެ. އެތައް ޒަމާނެއް ވާ އިރުވެސް ޤަބުރު ކުނި ނުވާ ގޮތަށް މަމިފައި ކޮށްފައި އޮތީ ޖޭމްސް މަރފީ  ނަމަކަށް ކިއާ މީހެއްގެ ހަށިގަނޑެވެ. މަރފީގެ ހަށިގަނޑު މަމިފައި ކުރެވިފައި އޮތީ އެކްސިޑެންޓަކުން ކަމަށްވެސް ޚަބަރު ލިބެއެވެ. އާންމުންގެ ތެރޭގައި މަރފީގެ ޤަބުރު މަޝްހޫރު ވެފައި ވަނީ 'ސްޓޯންމޭން ވިލީ'ގެ ނަމުންނެވެ.

މަރފީ މަރުވީ މިލާދީން 1895 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑު ބާއްވާފައި އޮންނަނީ އޯމަންސް ފިއުނަރަލް ހޯމްގެ ޑިސްޕްލޭގައެވެ. މަރފީއަކީ އޭނާ މަރުވިއިރު، އެންމެން ދަންނަ ވަގެކެވެ. ޖަލުގައި ހުއްޓާ އޭނާ މަރުވެ ދިޔައީ ކިޑްނީ ފެއިލްވެގެން ކަމަށް އޮންނަނީ އަޑުތައް ފެތުރިފައެވެ. މަރފީގެ ހަށިގަނޑު މަމިފައި ކުރެވުނީ، އެ މަސައްކަތުގައި އޭރު އުޅުނު މީހަކު، ޤަބުރު އެމްބާމް ކުރުމުގެ އައު އުކުޅެއް ތަޖުރިބާ ކުރަން އުޅުމުގެ ތެރޭގައި އެރި އޮޅުމަކުންނެވެ.

މަރފީ ހައްޔަރު ކުރެވުނު ވަޤުތު، ކަމާ ބެހޭ ފަރާތްތަކަށް އޭނާ ދީފައި އޮތީ އޭނާގެ އަސްލު ނަމެއް ނޫނެވެ. ޚިޔާލީ ނަމެއް ދީފައި އޮތުމުގެ ސަބަބުން، މަރފީގެ ތިމާގެ މީހުން ހޯދުމަށްވެސް ކަމާ ބެހޭ ފަރާތްތަކަށް އޮތި ބޮޑު ތަކުލީފަކަށް ވެފައެވެ. ޢާއިލާގެ މެންބަރަކު ހޯދުމުގެ މަސައްކަތް ކުރިއަށް ދިޔަ އިރު، ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާ ފަރާތުން ވަނީ، މަރފީގެ ހަށިގަނޑު ވަޅުލުމުގެ ބަދަލުގައި، ތަޖުރިބާގެ މަރުހަލާގައި އޮތް އެމްބާމް އުކުޅެއްގެ ދިރާސާ ހެދުމަށް އެ ހަށިގަނޑު ވަޅު ނުލާ، އެތަނުގައި ބާއްވައިދިނުމުގެ ޢަމުރަކަށް އެދިފައެވެ.

އޭގެ 100 އެތައް އަހަރެއް ފަހުން، ޓެކްނޮލޮޖީގެ އިތިރުން ތާރީޚީ އެތައް ލިޔުކިޔުމެއްގެ އެހީގައި، ފިއުނަރަލް ހޯމްއިން ވަނީ އެ ޤަބުރު ނިސްބަވްވަނީ ޖޭމްސް މަރފީއަށް ކަމުގައި ކަނޑައަޅާފައެވެ. މިހާރު އެ ހަށިގަނޑު ވަނީ ވަޅުވެސް ލާފައެވެ. މަރފީގެ މަހާނަ ގަލުގައި ބޮޑު އަކުރުން ލިޔެފައި އޮންނަނީ "ސްޓޯންމޭން ވިލީ" ކަމަށެވެ. ޖޭމްސް މަރފީގެ ނަން އޮންނަނީ އޭގެ ތިރީގައި، އެއަށް ވުރެ ކުދި އަކުރުން ލިޔެފައެވެ.

ޕެންސިލްވޭނިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމާއި ދެކޮޅަށް ޕެންސިލްވޭނިއާގެ ސްޓޭޓް ކެޕިޓަލް އިމާރާތުގެ ތެރޭގައި މުޒާހަރާކޮށްފި

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމާއި ދެކޮޅަށް ޕެންސިލްވޭނިއާގެ ސްޓޭޓް ކެޕިޓަލް އިމާރާތުގެ ތެރޭގައި މުޒާހަރާކޮށްފި

06 ފެބުރުއަރީ 2024
ކިމް މާ ކުރިން ސިންގަޕޫރަށް ވަޑައިގަތީ!!

ކިމް މާ ކުރިން ސިންގަޕޫރަށް ވަޑައިގަތީ!!

08 ޖޫން 2018
ވަކިން ލޯބިން ރިލީޒް ކުރުމުގެ ކުރިން ރާއްޖެއެމްވީން ފިލްމުގެ ރިވިއު ގެނެސްދޭނެ!

ވަކިން ލޯބިން ރިލީޒް ކުރުމުގެ ކުރިން ރާއްޖެއެމްވީން ފިލްމުގެ ރިވިއު ގެނެސްދޭނެ!

02 މާރިޗު 2018
އަނަންދު އެލް ރާއި ފިލްމުގެ ކުރިން އެއްވެސް ފިލްމަކަށް މަސައްކަތެއް ނުކުރާނަން: ޝާހު ރުކް ޚާން

އަނަންދު އެލް ރާއި ފިލްމުގެ ކުރިން އެއްވެސް ފިލްމަކަށް މަސައްކަތެއް ނުކުރާނަން: ޝާހު ރުކް ޚާން

27 ޑިސެމްބަރު 2017
އަންހެނުންގެ އެމްއާރުއައި ހެދުމުގެ ކުރިން ވަނީ ވިހަ އިންޖެކްޝަނެއް ޖަހާފައި: ޗަކް ނޯރިސް

އަންހެނުންގެ އެމްއާރުއައި ހެދުމުގެ ކުރިން ވަނީ ވިހަ އިންޖެކްޝަނެއް ޖަހާފައި: ޗަކް ނޯރިސް

08 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު