Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވަކިން ލޯބިން

ވަކިން ލޯބިން ރިލީޒް ކުރުމުގެ ކުރިން ރާއްޖެއެމްވީން ފިލްމުގެ ރިވިއު ގެނެސްދޭނެ!

ގެނެސްދިނުމަށް ނިންމާފައިވަނީ ޕްރީ-ޕްރިމިއަރ ރިވިއުއެއް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 2 މާރިޗު 2018 | ހުކުރު 03:32
ވަކިން ލޯބިންގެ މަންޒަރެއް

ވަކިން ލޯބިންގެ މަންޒަރެއް

ދިވެހި ފިލްމް އެވޯޑްގެ ގިނަ އެވޯޑްތަކަކާ އެކު، އަހަރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯގެ ގޮތުގައި 2017 ވަނަ އަހަރު ނިންމާލި ޑާކް ރެއިން އެންޓަރޓެއިންމަންޓް އިން މި އަހަރު ފުރަތަމަ ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ ފިލްމު، 'ވަކިން ލޯބިން' ގެ ޕްރީ-ޕްރިމިއަރ ރިވިއުއެއް ގެނެސްދޭން ރާއްޖެއެމްވީން ނިންމައިފިއެވެ.

ހޯމަ ދުވަހުގެރޭ ރިލީޒް ކުރުމަށް ހަމަޖެހިފައިވާ 'ވަކިން ލޯބިން' ގެ ރިވިއު ރާއްޖެއެމްވީއިން ގެނެސްދޭން ނިންމާފައިވަނީ 4 މާރޗު ވާ އާދީއްތަ ދުވަހުގެ ހެނދުނެވެ.

ޕްރީ-ޕްރިމިއަރ ރިވިއުއަކީ ފިލްމުގެ ޕްލޮޓްގެ ތަފްޞީލަށް މާބޮޑަށް ނުގޮސް، ފިލްމަށް ފާޑުކިޔާ ރިވިއުއެކެވެ.

މި ފިލްމު ދެއްކުމުގެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާއިރު، ފިލްމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން މިހާތަނަށް މި ފިލްމުގެ 3 ޓްރެއިލަރ އަކާއި 4 ލަވައެއް ރިލީޒްކޮށްފައިވާއިރު، ޓްރެއިލަރ ތަކާއި ލަވަތަކަށްވެސް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުގައިވެސް މި ފިލްމު ދެއްކުމަށް ވަނީ ނިންމާފައެވެ. އަދި ބައެއް ރަށްތަކުގައި ފިލްމު ޕްރިމިއަރ ކުރާ ހަފްލާތަކުގައި ފިލްމުގައި ހަރަކާތްތެރިވާ ބައެއް ފަންނާނުންވެސް ބައިވެރިވާނެއެވެ.

މި ފިލްމުގެ މައި 3 ކެރެކްޓަރގެ ރޯޅު ކުޅެދީފައިވަނީ މުޙައްމަދު ޖުމައްޔިލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ) އަދި ނުޒުހަތު ޝުޢައިބް (ނުޒޫ) އެވެ.

ޑާކްރެއިން އެންޓަރޓެއިންމަންޓުން، މުޙައްމަދު އަލީ (މޮގަރ) އާއި އެކު އައިޝަތު ފުވާދް ޕްރޮޑިއުސްކުރާ މި ފިލްމުގައި ޖުމަލް، މަޖޫ އަދި ނުޒޫގެ އިތުރުން ވެސް ގިނަ ފަންނާނުންތަކެއް ފެނިގެންދާނެއެވެ. އެގޮތުން ޚަދީޖާ އިބްރާހިމް ދީދީ (ކުޑަ ހައްޖަ)، އަޙުމަދު ސުނީ، ޢަބްދުﷲ ޝާފިއު އިބްރާހިމް، މަރިޔަމް ޔާލާ ޝިފާއު، ޢައިޝަތު ޝްއުއާ ޝާނިޒް އަދި ހަސަން މަނިކުގެ އިތުރުން އާދަމް ރިޒްވީ، މާރިއާ ޓެރޭސާ، އިބްރާހިމް އަމާން ޙުސައިން، އަޙުމަދު ޝާކިރު، މާއިޝާ އަޙުމަދާއި މަރިޔަމް ސާޖިޔަތުވެސް މި ފިލްމުން ފެނިގެން ދާނެއެވެ. މީގެ އިތުރުން ވެސް މި ފިލްމުން އިތުރު ބައެއް ފަންނާނުން ފެނިގެން ދާނެއެވެ.

އައިޝަތު ފުވާދް ލިޔެފައިވާ ވާހަކައަކަށް ހަދާ މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ގިނަ ފިލްމުތަކޭ ވެސް އެއްގޮތަށް މި ފިލްމުގެ ވިޜުއަލް އިފެކްޓްސް ހަދާފައިވަނީ ވެސް އަޙުމަދު ޝިނާނެވެ. މި ފިލްމަށް ޙުސައިން ޝަދިޔާން (ސޭންޑީ) ކޮސްޓިއުމް ޑިޒައިން ކޮށްދީފައިވާއިރު، މި ފިލްމުގެ މިއުޒިކް ހަދާފައިވަނީ މުޙައްމަދު އިކްރާމްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި

"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި

07 ފެބުރުއަރީ 2017
 މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ

މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ

05 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު