Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގައި ހަނގުރާމަ ހުއްޓާލަން ގޮވާލުން

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމާއި ދެކޮޅަށް ޕެންސިލްވޭނިއާގެ ސްޓޭޓް ކެޕިޓަލް އިމާރާތުގެ ތެރޭގައި މުޒާހަރާކޮށްފި

6 ފެބުރުއަރީ 2024 | އަންގާރަ 10:49

މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލުގެ ސިޔާސަތުތަކަކީ ޖަރީމާއެއް ކަމަށް ބުނެ ބެނާތައް އުފުލާފައެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 6 ފެބުރުއަރީ 2024 | އަންގާރަ 10:49
މުޒަހާރާ ނިމުމަކަށް ގެނައީ ފުލުހުން ބާރުގެ ބޭނުކޮށްގެން މީހުންތައް ހައްޔަރު ކުރުމުން

މުޒަހާރާ ނިމުމަކަށް ގެނައީ ފުލުހުން ބާރުގެ ބޭނުކޮށްގެން މީހުންތައް ހައްޔަރު ކުރުމުން

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމާއި ދެކޮޅަށް ޕެންސިލްވޭނިއާގެ ސްޓޭޓް ކެޕިޓަލް އިމާރާތުގެ ތެރޭގައި މުޒާހަރާކޮށްފިއެވެ.

އެމެރިކާގެ ޔަހޫދީ އެކްޓިވިސްޓް ގްރޫޕަކުން ޕެންސިލްވޭނިއާގެ ސްޓޭޓް ކެޕިޓަލް އިމާރާތުގެ ތެރޭގައި މުޒާހަރާކުރީ ޣައްޒާގައި ހިންގާ ޖަރީމާތައް ހުއްޓާލުމަށާއި އިސްރާއީލުގެ ކުންފުނިތަކަށް ދައުލަތުން އިންވެސްޓްކުރުން ހުއްޓާލުމަށް ގޮވާލަމުންނެވެ.  އެ މުޒާހަރާގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ މުޒާހަރާގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ބައިވެރިން އަޑުއުފުލަމުންދިޔައީ ހަނގުރާމަ ވަގުތުން ހުޓާލުމަށާއި، އިސްރާއީލާ އެކު އެމެރިކާއިން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ގުޅުން ތައް ހުއްޓާލުމަށެވެ.

ބުރާސްފަތި ދުވަހު ކުރި މި މުޒާހަރާ އިންތިޒާމްކޮށްފައިވަނީ ޔަހޫދީ އެކްޓިވިސްޓް ޖަމިއްޔާއެއް ކަމަށްވާ ނެވާ އެގެއިން އެކްޝަން އިންނެވެ.

އިސްރާއީލުން ވައިގެ މަގުން ވަރުގަދަ ހަމަލާތައް ދޭން ފެށިތާ މިހާރު ފަސް ވަނަ މަހަށް ފެށިފައިވާއިރު، ޣައްޒާގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެ ޖަމާޢަތުން ވަނީ ހިތާމަކުރާ ކަމަށް ބުނެފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލުގެ ސިޔާސަތުތަކަކީ ޖަރީމާއެއް ކަމަށް ބުނެ ބެނާތައް އުފުލާފައެވެ. އަދި އެހަނގުރާމަ އިސްރާއީލުން ކުރިއަށް ގެންދަނީ ޔަހޫދީންގެ ނަމުގައި ނޫންކަމަށް ވަނީ ގޮވާފައެވެ.

"ޔަހޫދީންގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ޖަރީމާތަކުގައި ދުވަހަކުވެސް މަޑުމައިތިރިވެ ނުތިބުމަށް، އެހެންނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާ އަށް ހަތިޔާރާއި، މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، ޣައްޒާގައި މީހުން މެރުމާއި ލޭއޮހޮރުވުމުގެ ފުރުސަތު އަޅުގަނޑުމެންގެ ދައުލަތާއި ގައުމުން ދަނީ ދެމުން،" މުޒާހަރާގެ ބައިވެރިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. 

މުޒާހަރާގެ ބައިވެރިން ދުރަށް ދިއުމަށް ދިން އިންޒާރުތަކަށް އެއްވެސް ސަމާލުކަމެއް ނުދީ، ބައިވެރިން އަޑުއުފުލަމުން ގެންދިއުމުން ސިފައިން އެތަނަށް ވަދެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހައްޔަރުކުރި މީހުން ޕްރޮސެސް ކުރުމަށް ކައިރީގައި ހުރި ޑިޓެންޝަން ސެންޓަރަކަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ބޭނުންކުރާ ހަތިޔާރު ސަޕްލައިކުރާ، ލޮކްހީޑް މާޓިން އާއި ނޯތުރޮޕް ގްރޫމަން ފަދަ ކޯޕަރޭޝަންތަކުން އެމެރިކާ ސަރުކާރާއި އެކު ހަދާފައިވާ އެއްބަސްވުންތައް ވަގުތުން ހުއްޓާލުމަށް "ނޭވާ އެގެއިން އެކްޝަން" އިން ވަނީ ގޮވާލައިފައެވެ. 

ޣައްޒާގެ މައްސަލައިގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމުންގެ ނުރުހުން އުފެދިފައިވާއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އޮބްޒާވަރުންގެ ފަރާތުން ވަނީ ނުހައްގު ބާރާއި ހަނގުރާމައިގެ ޖަރީމާތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 27،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެ ހަމަލާތައް ހުއްޓުމަކަށް އަންނާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެއެވެ. 

އެމެރިކާޕެންސިލްވޭނިއާޣައްޒާފަލަސްތީނު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް