Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޗަކް ނޯރިސް

އަންހެނުންގެ އެމްއާރުއައި ހެދުމުގެ ކުރިން ވަނީ ވިހަ އިންޖެކްޝަނެއް ޖަހާފައި: ޗަކް ނޯރިސް

ވިހަ އިންޖެކްޝަނެއް ޖެހިކަމުގެ ދައުވާ މިހާރު ވަނީ އުފުލާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2017 | ބުދަ 09:37
ޗަކްނޯރިސް އަދި ޖީނާ

ޗަކްނޯރިސް އަދި ޖީނާ

ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޗަކް ނޯރިސް ގެ އަންހެނުންގެ ގަޔަށް ވިހަ އިންޖެކްޝަނެއް ޖަހާފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ނޯރިސް ބުނީ އެމްއާރުއައި ހެދުމުގެ ކުރިން އޭނާގެ އަންހެނުން ޖީނާ ނޯރިސްގެ ގަޔަށްވިހަ އިންޖެކްޝަނެއް ޖަހާފައިވާކަން ހާމަވެފައިވާ ކަމަށެވެ. ވިހަ އިންޖެކްޝަން ޖެހިފަހުން އޭނާގެ އަންހެނުން ޖީނާ ނޯރިސްއަށް ސިއްހީ އެތައް މައްސަލަތަކާއި ކުރިމަތިވެފައިވާ ކަމަށް ޗަކް ނޯރިސް ބުންޏެވެ. އޭގެ ތެރޭގައި ނާރުތަކުގައި ރިއްސުމާއި ކިޑްނީގެ މައްސަލަތައް ދިމާވެފައިވާކަމަށް އޭނާ ބުންޏެވެ.

ޖީނާ މީގެ 4 އަހަރު ކުރިން އެމްއާރު އައި ހަދާފައި ވަނީ ހުޅުހުޅުގައި ރިއްސާތީ ޓެސްޓު ކުރުމަށްޓަކައި ކަމަށް ނޯރިސް ބުންޏެވެ.

ޖީނާ ގަޔަށް ޖެހި އިންޖެކްޝަނުގައި ހަށިގަނޑުގެ ޓިޝޫތައް ހަލާކުކޮށްލާ ދަގަނޑުގެ ބާވަތްތައް ކަމަށްވާ ގަޑޮލޮނިއަމްގައި ވިހަ އެކުލެވިގެންވާކަން ހާމަވެފައިވާކަމަށް ޗަން ނޯރިސް ބުންޏެވެ.

ޗަކްނޯރިސް ބުނީ ޖީނާ ބަލިވާން ފެށުމުން އޭނާ ފިލްމު ކުޅުމާއި ދުރަށްގޮސް އޭނާއަށް އެހީވުމަށް މިހާރު ދިރިއުޅުމުގެ ހުރިހާކަމެއް ހުއްޓާލާފައިވާ ކަމަށެވެ. އަދި އެހުރިހާ ކަމަކަށްވުރެ އޭނާގެ އަންހެނުންގެ ހާލު މާ މުހިއްމު ކަމަށް ޗަން ނޯރިސް ބުންޏެވެ.

އުމުރުން 54 އަހަރުގެ ޖީނާ ބުނީ 2013 ވަނަ އަހަރު އެމްއާރުއައި ހެދުމުގެ ކުރިން އޭނާގެ ގަޔަށް އިންޖެކްޝަން ޖެހުމުން ހީވީ މުޅި ހަށިގަނޑުގައި އަލިފާން ހިފާފައިވާހެން ކަމަށެވެ. އެހާ ވަރަށް އޭނާ ގައިން ދިލަ ނެގި ކަމަށާއި އެ އެސިޑް ހަށިގަނޑުގެ ތެރެއަށް ދައުރުވަމުން ދިޔަހެން އޭނާގެ ނާރުތައް ހީވީ ބުރިބުރި ވެގެން ދިޔަހެން ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން ފަސް މަސް ދުވަސް ވަންދެން އޭނާ އައިވީ ގުޅާފައި އޮންނަން ޖެހުނު ކަމަށް ޖީނާ ބުންޏެވެ. އޭނާގެ ދަރިން ބޮޑުވަންދެން ދުނިޔޭގައި ހުންނާނެ ނަމައޭ ހިތަށް އެރި ކަމަށް ޖީނާ ބުންޏެވެ. ޖީނާ ބުނީ މި ވޭތުވެދިޔަ 4 އަހަރުތެރޭގައި އޭނާގެ ބައްޔަށް ބޭސްކުރުމަށް ދެ މިލިއަން ޑޮލަރަށް ވުރެ ގިނައިން ހޭދަވެފައިވާ ކަމަށެވެ.

އެ ދެމަފިރިން މިހާރު ވަނީ އެ ދައުވާ ގަޑޮލިނިއަމް ކޮންޓްރަސްޓް އެޖެންޓް އާއި ދެކޮޅަށް މިހާރު އުފުލާފައެވެ. ޑެއިލީ މެއިލުން ބުނާގޮތުގައި ގަޑޮލިނިއަމް ކޮންޓްރަސްޓް އެޖެންޓް އަކީ ތިންވަނައަށް އެންމެ ގިނައިން އެމްއާރުއައި ސްކޭން ހަދާ އެއް ތަނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމް މާ ކުރިން ސިންގަޕޫރަށް ވަޑައިގަތީ!!

ކިމް މާ ކުރިން ސިންގަޕޫރަށް ވަޑައިގަތީ!!

08 ޖޫން 2018
ވަކިން ލޯބިން ރިލީޒް ކުރުމުގެ ކުރިން ރާއްޖެއެމްވީން ފިލްމުގެ ރިވިއު ގެނެސްދޭނެ!

ވަކިން ލޯބިން ރިލީޒް ކުރުމުގެ ކުރިން ރާއްޖެއެމްވީން ފިލްމުގެ ރިވިއު ގެނެސްދޭނެ!

02 މާރިޗު 2018
މަރުވިތާ 10 ދުވަސް ފަހުން މީހަކު ވިހައިފި!

މަރުވިތާ 10 ދުވަސް ފަހުން މީހަކު ވިހައިފި!

19 ޖެނުއަރީ 2018
އަނަންދު އެލް ރާއި ފިލްމުގެ ކުރިން އެއްވެސް ފިލްމަކަށް މަސައްކަތެއް ނުކުރާނަން: ޝާހު ރުކް ޚާން

އަނަންދު އެލް ރާއި ފިލްމުގެ ކުރިން އެއްވެސް ފިލްމަކަށް މަސައްކަތެއް ނުކުރާނަން: ޝާހު ރުކް ޚާން

27 ޑިސެމްބަރު 2017
ހަތަރު އަންހެނުން ހަ ގަޑިއިރުގެ ތެރޭގައި އަށް ކުދިން ވިހައިފި

ހަތަރު އަންހެނުން ހަ ގަޑިއިރުގެ ތެރޭގައި އަށް ކުދިން ވިހައިފި

01 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު