Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިއެމްޓީއެމް ފެއާ 2023

މި އަހަރުގެ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓް (އައިއެމްޓީއެމް) ފެއާރ އާދިއްތަ ދުވަހު ފަށައިފި

މި އަހަރުގެ ފެއާ އަކީ އައިއެމްޓީއެމްގެ ހަވަނަ ފެއާ

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް | 8 އޮކްޓޯބަރު 2023 | އާދީއްތަ 13:03
އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓް (އައިއެމްޓީއެމް)

އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓް (އައިއެމްޓީއެމް)

މި އަހަރުގެ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓް (އައިއެމްޓީއެމް) ފެއާ އާދިއްތަ ދުވަހު ފަށައިފިއެވެ.

އާދިއްތަ ދުވަހު މަންހަޓަން ބިޒްނަސް ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. މި އަހަރުގެ ފެއާ އަކީ އައިއެމްޓީއެމްގެ ހަވަނަ ފެއާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިއެމްޓީއެމްގެ މެނޭޖިން ޑިރެކްޓަރު ޝިއުނާ ޚާލިދު ވިދާޅުވެފައިވަނީ މި މަސައްކަތަކީ މީގެ ފަސް އަހަރު ކުރިން ފެށުނު މަސައްކަތެއްކަމަށެވެ. އަދި މި މަސައްކަތުގެ ކާމިޔާބުކަން ފާހަގަކުރައްވާ ޝިއުނާ ވިދާޅުވީ، މަސައްކަތް ފެށުނު އިރު މިހާބޮޑު ކާމިޔާބީއަކާއި ހިސާބަށް ވާސިލްވެވިދާނެކަމާއިމެދު ހީވެސް ނުކުރައްވާކަމަށާއި، ނަމަވެސް މިއަދު ނުހަނު ގިނަ ކާމީޔާބީތަކެއް ލިބިފައިވާކަމަށެވެ.

އައިއެމްޓީއެމް އިން ބޭނުންވަނީ ރާއްޖެއަކީ ހަމައެކަނި ޗުއްޓީ ދަތުރުފަތުރު ކުރާ ގައުމެއްގެ ގޮތުގައި އޮތުން ނޫންކަމަށާއި، މުސްތަގުބަލުގައި ގްލޯބަލް ކޮންފަރެންސް ތަކާއި، ވިޔަފާރި ބައްދަލުވުންތަކާއި، މައުރުޒުތައް ބާއްވާ ޕްރިމިއާ މަންޒިލެއްގެ ގޮތުގައިވެސް ރާއްޖެ ފާހަގަ ކުރެވެން ބޭނުންވާކަމަށް ޝިއުނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ނައުޝާދު މުހައްމަދު ވިދާޅުވީ، ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތްކުރެވޭނެ ވަރުގެ ފެންވަރު ހުރި ގާބިލް ދިވެހިން ނެތްކަމަށާއި، ފަތުރުވެރިކަމާއި ގުޅުން ހުރި އެހެނިހެން ދާއިރާތައް ތަރައްގީކުރުން މުހިއްމުކަމަށެވެ.

އައިއެމްޓީއެމް ފެއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެކޮމަޑޭޝަން ޕްރޮވައިޑަރުންނާއި، ޓްރެވަލް އޮޕަރޭޓަރުންގެ އިތުރުން އެޖެންޓުން ބޭރުގެ މާކެޓު ތަކާއި ގުޅުވާލަދޭ ފެއާއެކެވެ. އަދި މި ފެއާއިން ރިސޯޓުތަކުގެ އިސްބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާއި ބައްދަލުކުރުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

މި ފެއާ ކުރިއަށްދާނީ އާދިއްތަ އަދި ހޯމަ ދުވަހު މަންހަޓަން ބިޒުނަސް ހޮޓެލްގައެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު