Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޚަންޖަރާއި ކަނޑީގެ ފަންނުވެރިކަން

ތާރީޚީ ފަޚްރާއި ޝަރަފަށް ޒުވާނުންގެ ޝަޢުޤު ގެއްލި، ފަންނުވެރިކަން ނެތި ދިއުމުގެ ބިރެއްގައި!

ޚަންޖަރާއި ގެވެހިކަންވާރު ހެދުމުގެ ފަންނުވެރި މަސައްކަތް، ޖިޒީންގައި ފެށިގެން އައީ މީލާދީން 17 ވަނަ ޤަރުނުގެ ތެރޭގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2023 | އާދީއްތަ 05:48
ލުބްނާންގައި އޮތް ފަންނުވެރި ވެއްޓަށް ކުރިމަތިލާން ޖެހިފައި ވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެ ޤައުމަށް މިއަދު ކުރިމަތި ވެފައި އޮތް މާލީ ކާރީޘާ

ލުބްނާންގައި އޮތް ފަންނުވެރި ވެއްޓަށް ކުރިމަތިލާން ޖެހިފައި ވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެ ޤައުމަށް މިއަދު ކުރިމަތި ވެފައި އޮތް މާލީ ކާރީޘާ

ލުބްނާންގެ ވެރިކަން ކުރާ ބެއިރޫތުގެ 40 ކިލޯމީޓަރު ދެކުނުން އޮންނަ ޖިޒީންއަކީ ޤުދުރަތީ ރީތިކަން، އޭގެ އެންމެ އިންތިހާއަށް ލިބިފައި އޮތް އަވަށެކެވެ. ފަރުބަދައިގެ ވާދީތަކާއި ހިތްގައިމު ގަސްތަކުން ފެހިކަމާއި އަރޯކަން ގެނެސްދީފައި ވާ ޖިޒީންއަކީ ލުބްނާންގެ ދެކުނުގައި އޮތް ފަތުރުވެރި މަންޒިލްތަކުގެ ތެރެއިން އެންމެ މަޤުބޫލު މަންޒިލު ކަމުގައި ވެސް ދެންނެވިދާނެއެވެ. އަދި މި ވަރުން ފުއްދާލެވޭކަށް ނެތެވެ. ޖިޒީންއަކީ ލުބްނާންގެ ޒަމާންވީ ތާރީޚާއި ތަރިކައާއި ގުޅިފައި ވާ ޚަންޖަރާއި ގެވެހިކަންވާރު ހެދުމުގެ މަސައްކަތުގައިވެސް އަރާ އޮތް އަވަށެކެވެ. އެތައް ޤަރުނެއް ވީ އެ ސިނާޢަތް ފަނޑުވެ ދިއުމާ ދިމާއަށް މިޞްރާބު ޖަހާފައި އޮތް ނަމަވެސް، އެ ޘަޤާފަތް ދެމެހެއްޓުމަށް މަސައްކަތް ކުރާ މަދު ފަންނުވެރިންތަކެއް ޖިޒީންގައި އަދިވެސް އެބަ ތިއްބެވެ.

އެންޓުއައިން ޝައީން ކިޔައިދިން ގޮތުގައި ޚަންޖަރާއި ގެވެހިކަންވާރު ހެދުމުގެ ފަންނުވެރި މަސައްކަތް، ޖިޒީންގައި ފެށިގެން އައީ މީލާދީން 17 ވަނަ ޤަރުނުގެ ތެރޭގައެވެ.

ޖިޒީންގައި މިހާރުވެސް އެ މަސައްކަތްތައް ކުރިއަށް ދާ އިރު، އެންމެ އިހުގެ އުކުޅުތައް އަދިވެސް ބޭނުން ކުރެއެވެ. ނަމަވެސް، އެ ހުނަރުތަކާއި ފަންނުވެރިކަން މުޅިން ނެތި ދިއުމުގެ ބިރު، އޭގެ އެންމެ އިންތިހާއަށް ބޮޑުވެފައި އޮތްކަން، ޝައީންގެ ވާހަކަތަކުން އެނގެއެވެ.

ޖިޒީންއަކީ ޚަންޖަރާއި ކަނޑީގެ އިތުރުން ގެވެހިކަންވާރު އުފެއްދުމަށް މަޝްހޫރު އަވަށެކެވެ. ރަސްރަސްކަލުންނާއި، ޤައުމުތަކުގެ ރައީސުންނަށް ޚާއްޞަކޮށްގެންވެސް ޖިޒީންއިން އެފަދަ ސާމާނުތައް އުފައްދާފައި އެބަހުއްޓެވެ.

ލުބްނާންގައި އޮތް ފަންނުވެރި ވެއްޓަށް ކުރިމަތިލާން ޖެހިފައި ވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެ ޤައުމަށް މިއަދު ކުރިމަތި ވެފައި އޮތް މާލީ ކާރީޘާއެވެ. ޚަންޖަރާއި ގެވެހިކަންވާރު އުފެއްދުމުގެ މަސައްކަތުގައި އުޅޭ މާރޫން ޢައޫން ފާހަގަ ކުރި ގޮތުގައި، މާލީ ކާރިޘާގެ ސަބަބުން، އެ މީހުންނަށް ލިބެމުން ދާ ވިޔަފާރީގެ ފައިދާ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ހަދިޔާގެ ގޮތުގައި އެފަދަ އުފެއްދުންތައް ގަތުމަކީ ލުބްނާނުގެ ދޭސީންނަށް މިއަދު ދަތި ކަމަކަށް ވާ އިރު، ޖިޒީޏްއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޢަދަދު ދަށަށް ދިއުމަކީ ޢައޫން ފަދަ މީހުންގެ އާމްދަނީއަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ފޯރާ ކަންކަމެވެ.

ލުބްނާންގެ ރަމްޒެއް ކަމުގައި ބަލާ ގެވެހިކަންވާރު އުފެއްދުމުގެ މަސައްކަތް ޖިޒީންގައި އެންމެ ފުރަތަމަ ފެށި ކަމަށް ވަނީ ހައްދާދު ޢާއިލާއިންނެވެ. އެއީ 1700 ގެ އަހަރުތަކުގެ ތެރޭގައި ކަމަށްވެސް ބުނެވެއެވެ. ހައްދާދު ޢާއިލާއިން އެ މަސައްކަތުގައި އުޅުނު އެންމެ ފަހު މީހާ މި ދުނިޔެއާއި ވަކިވެ ދިޔައީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

ލެބަނަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

27 ޖޫން 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު