Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ތިމާވެއްޓަށް ހޭލުންތެރިވުން

ސޫދާން ހަމަނުޖެހުމުން ނުކުމެ، ތިމާވެއްޓަށް ހޭލުންތެރިވުމުގެ ތައުލީމު ފޯރުކޮށްދިނުމުގައި

ގަސްތައް މަދުވުމުގެ ސަބަބުން، ލަކުޑި ހޯދަންވެސް ދަތިވާން ފެށި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2022 | ހޮނިހިރު 06:31
 ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލައި، ކްލައިމެޓް އެކްޓިވިޒަމްއެއް ހިންގުމަށް އޭނާ ނިންމި

ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލައި، ކްލައިމެޓް އެކްޓިވިޒަމްއެއް ހިންގުމަށް އޭނާ ނިންމި

އޮޕީރާ ބޮސްކޯ އޮކޮޓަކީ މީގެ 5 އަހަރު ކުރިން ދެކުނު ސޫދާންގެ ހަމަނުޖެހުމުން ސަލާމަތްވުމަށް އެ ގައުމު ދޫކޮށް ނުކުތް މީހެކެވެ. އޭނާ އިރުމަތީ ޔުގެންޑާއަށް ދިއުމުން، އެތަނުގެ ރެފިއުޖީ ސެޓްލްމަންޓުގެ ދަށުން، ކުޑަ ބިން ކޮޅަކާއި ދަނޑުވެރިކަން ކުރާނެ ކުޑަ ޖާގައެއް ލިބުނެވެ.

އެ ސަރަހައްދުގެ އެހެނިހެން ރެފިއުޖީންނެކޭ އެއްގޮތަށް އޮކޮޓްވެސް ބޯހިޔާކޮށްލާނެ ތަނެއް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއެވެ. އަދި ގެ އެޅުމަށް ބޭނުންވާ ލަކުޑި ހޯދުމާއި، ކެއްކުމަށް ދަރު ހޮވުމާއި، މިފަދަ ކަންކަމުގައި މަސްއޫލުވެ އުޅެން ފެށިއެވެ.

އޭރު އެތަނުގެ ބިންގަނޑުގައިވެސް ނުހަނު ފަސޭހައިން ގަސްހެދެއެވެ. މުޅި އެ ސަރަހައްދަކީވެސް ގަސް ގިނަ، ޖަންގަލިކޮށް އޮތް ސަރަހައްދަކަށް ވާތީއެވެ. އެކަމުގެ ސަބަބުން އޭނާއަށް ދަނޑުވެރިކަން ކުރުމަށް ވަރަށް ފަސޭހަވިއެވެ. ގެ އެޅުމަށް ބޭނުންވާ ލަކުޑިއާއި ސާމާނު ހޯދުމަށްވެސް އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވެއެވެ.

އެހެންނަމަވެސް، އޭގެ އަހަރުތަކެއް ފަހުން، ވާރޭ ވެހުން މަދުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދަނޑުތައް ހަލާކުވާން ފެށިއެވެ. އަދި ގަސްތައް މަދުވުމުގެ ސަބަބުން، ލަކުޑި ހޯދަންވެސް ދަތިވާން ފެށިއެވެ.

އޭގެ އިތުރުން، ހަނަފަސްކަންވެސް ކުރިމަތިވުމާއެކު، ރެފިއުޖީންގެ މެދުގައިވެސް އެކަމުގެ ގޮންޖެހުންތައް ތަހައްމަލުކުރަން ޖެހުނެވެ. ސަބަބަކީ ދަނޑުވެރިކަމަށް އެމީހުން އޭރު ވަރަށް ބޮޑަށް ބަރޯސާވެފައިވާތީއެވެ.

މި ހުރިހާ ކަމެއް ގާތުން ފެނުނު މީހެއްގެ ހައިސިއްޔަތުން އޮކޮޓް ނުހަނު ކަންބޮޑުވިއެވެ. އަދި ދެކުނު ސޫދާނާއި، ޔުގެންޑާގެ ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލައި، ކްލައިމެޓް އެކްޓިވިޒަމެއް ހިންގުމަށް އޭނާ ނިންމިއެވެ. އެގޮތުގެމަތިން އޭނާ ކުރި މަސައްކަތްތަކުގެ ތެރޭގައި "ދަ ލީޑްސް" ކިޔާ އޮގަނައިޒޭޝަނެއް އުފެއްދުން ހިމެނެއެވެ. އޭނާ ކުރާ މައިގަނޑު މަސައްކަތަކީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާގުޅޭ ތައުލީމު ފޯރުކޮށްދިނުމެވެ.

އެ އޮގަނައިޒޭޝަންގެ ސަބަބުން ރެފިއުޖީ ކުޑަކުދިންނާއި ޒުވާނުންނަށް ތައުލީމު ހާސިލްކުރުމުގެ މަގުފަހިގެން ދިޔައެވެ. އޮކޮޓްވެސް ގަވާއިދުން ތިމާވެއްޓާބެހޭ މައުލޫމާތުތައް ދަރިވަރުންނަށް ފޯރުކޮށްދެމުން ގެންދިޔައެވެ.

އޮކޮޓް ގެންދަނީ ރެފިއުޖީންނާއި އެމީހުން ދިރިއުޅޭ ގައުމުތަކުގެ މީހުންނާ ގުޅިގެން އުޅެވޭނެ ގޮތްތަކާއި، ގުދުރަތީ ވަސީލަތްތައް ހިއްސާކޮށްގެން އުޅެވޭނެ ގޮތްތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ވީޑިއޯވެސް ތައްޔާރުކުރަމުންނެވެ. އޭނާގެ އުއްމީދަކީ އެކި ސަބަބުތަކާހުރެ އަމިއްލަ ވަޒަން ދޫކޮށް އެކި ތަންތަނުގައި ތިބެން ޖެހިފައިވާ ރެފިއުޖީންނަށް ދުނިޔޭގެ ގައުމުތަކުންވެސް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ތިމާވެށިސޫދާން

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
ތިމާވެށީގެ ގޮތުން ރާއްޖެ މިއޮތީ އުދަނގޫ ފައްތަރެއްގައި، ބިން ހިއްކާތީ ކަންބޮޑުވޭ: އ.ދގެ ސްޕެޝަލް ރެޕަޓުއަރ

ތިމާވެށީގެ ގޮތުން ރާއްޖެ މިއޮތީ އުދަނގޫ ފައްތަރެއްގައި، ބިން ހިއްކާތީ ކަންބޮޑުވޭ: އ.ދގެ ސްޕެޝަލް ރެޕަޓުއަރ

26 އެޕްރީލު 2024
ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

21 މާރިޗު 2024
ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި 11 މީހުން މަރުވެ 90 މީހުން ޒަޚަމްވެއްޖެ

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި 11 މީހުން މަރުވެ 90 މީހުން ޒަޚަމްވެއްޖެ

07 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު