Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުމަރު އަލް ބަޝީރު

ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރު ޖަލުން ހޮސްޕިޓަލަށް

އޭނާ ހޮސްޕިޓަލަށް ބަދަލުކޮށްދިނުން އެދި ކޯޓަށް ޕެޓިޝަނެއްވެސް ހުށައަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޑިސެމްބަރު 2022 | ހޯމަ 04:49
ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރު

ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރު

ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރު ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

ބަޝީރުގެ ޤާނޫނީ ވަކީލު ހާޝިމް އަބޫބަކުރާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ބަދަލުކޮށްފައިވަނީ ސިއްޙީ ފަރުވާތަކެއް ދޭން ޖެހޭތީއެވެ.

ބަޝީރުގެ ޤާނޫނީ ވަކީލުން މިދިޔަ އަންގާރަ ދުވަހު އޮތީ އޭނާ ހޮސްޕިޓަލަށް ބަދަލުކޮށްދިނުން އެދި ކޯޓަށް ޕެޓިޝަނެއްވެސް ހުށައަޅާފައެވެ. އެގޮތުން ލޭގެ ޕްރެޝަރާއި ގުޅޭ މައްސަލަތަކެއްގެ އިތުރުން، ކިޑްނީ މައްސަލަތަކެއްގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެކަމަށް ބަޔާންކޮށް، އަވަހަށް ފަރުވާ ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެ ޕެޓިޝަންގައި އޮތީ އެދިފައެވެ.

އުމުރުފުޅުން 78 އަހަރުގެ އުމަރު އަލް ބަޝީރު ޖަލަށްލީ 1989 ވަނަ އަހަރު ބަޣާވާތަކުން ވެރިކަމަށް ވަޑައިގެންނެވިކަމަށް ބުނާ މައްސަލައިގައެވެ.

30 އަހަރު ވެރިކަން ކުރައްވާފައިވާ އުމަރު އަލް ބަޝީރު ވެރިކަމުން ދުރުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އެގޮތުން އުމަރު އަލް ބަޝީރުގެ ވެރިކަން ވައްޓާލާފައިވަނީ ސޫދާނުގައި ކުރިޔަށްދިޔަ ދިގުދެމިގެންދާ މުޒާހަރާތަކަކަށްފަހު އެވެ.

އެއަށްފަހު އޭނާ ހައްޔަރު ކުރުމަށްފަހު ބަހައްޓާފައި ހުންނެވީ އޭނާގެ ވެރިކަމުގައި ސިޔާސީ އިދިކޮޅު ފަރާތްތައް ހައްޔަރުކުރުމަށްފަހު ބަހައްޓާފައިވާ ކޮބާރު ޖަލުގަ އެވެ.

1989 ވަނަ އަހަރު އޭނާ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު އޭރު އޮތް ވެރިކަން ވައްޓާލިގޮތާއި ގުޅޭގޮތުން ދައުވާތަކެއް އުފުލާފައިވާއިރު، އޭނާގެ ވެރިކަމުގައި އެންމެފަހުން ކުރި މުޒާހަރާތަކާއި ގުޅިގެން މީހުން މަރާފައިވާތީ އެކަމާ ގުޅޭގޮތުންވެސް އޭނާގެ މައްޗަށް ވަނީ ތަހުގީގުތަކެއް ހިންގިފައެވެ.

މީގެއިތުރުން އުމަރު އަލް ބަޝީރަކީ ދަ ހޭގްގައި ހުންނަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށްވެސް ބޭނުންވެފައިވާ މީހެކެވެ. އެއީ ސޫދާންގެ ދާފޫރުގައި ހިނގާދިޔަ ލާއިންސާނީ ޢަމަލުތަކާއި ގުޅިގެންނެވެ.

2019 ވަނަ އަހަރު ސޫދާންގައި ބަޣާވާތްކޮށް ވެރިކަން ފުރޮޅާލި ފަހުން އެގައުމު ހިންގަމުން އަންނަނީ ސަރުކާރާއި އަސްކަރިއްޔާ އާ ދެބައިންނެވެ.

ސޫދާން

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި
05 ޖޫން 2025

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
07 އޮކްޓޯބަރު 2023

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި 11 މީހުން މަރުވެ 90 މީހުން ޒަޚަމްވެއްޖެ

07 އޮކްޓޯބަރު 2023
ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި 11 މީހުން މަރުވެ 90 މީހުން ޒަޚަމްވެއްޖެ
20 ސެޕްޓެމްބަރު 2023

ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ ބުރުހާން، އދ.ގެ އާންމު މަޖިލީހަށް ވަޑައިގަންނަވަނީ

20 ސެޕްޓެމްބަރު 2023
ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ ބުރުހާން، އދ.ގެ އާންމު މަޖިލީހަށް ވަޑައިގަންނަވަނީ
01 ޖޫން 2023

ގަދަވަމުންދާ ސޫދާން ހަނގުރާމައިގެ ތެރޭގައި ސޫދާން ޑޮކްޓަރުންގެ ޚިދުމަތް ހިލޭ ސާބަހަށް!

01 ޖޫން 2023
ގަދަވަމުންދާ ސޫދާން ހަނގުރާމައިގެ ތެރޭގައި ސޫދާން ޑޮކްޓަރުންގެ ޚިދުމަތް ހިލޭ ސާބަހަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު