Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާން ހަނގުރާމަ

ސޫދާންގައި 7 ދުވަހަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

އެއްބަސްވުމުގެ ދަށުން އާންމުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދީ ޒަރޫރީ ޚިދުމަތްތައް އާންމުންނަށް ލިބޭނެ މަގުފަހިކޮށްދިނުން ހިމެނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 21 މެއި 2023 | އާދީއްތަ 07:28
ސޫދާންގައި 7 ދުވަހަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

ސޫދާންގައި 7 ދުވަހަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

ސޫދާންގައި މިހާރު ކުރަމުންދާ ދާހިލީ ހަނގުރާމާގައި ހަތް ދުވަހަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.

ސޫދާންގެ އަސްކަރިއްޔާ އާއި އެގައުމުގެ ހަނގުރާމަވެރި ޖަމާއަތް، ރެޕިޑް ސަޕޯޓް ފޯރސެސް (އާރްއެސްއެފް) އާދެމެދު ހަނގުރާމަ ފަށާފައި ވަނީ އޭޕްރިލް 15 ވަނަ ދުވަހުއެވެ. ހަނގުރާމަ ހުއްޓުމެއްނެތި ކުރިއަށްދާތާ އެއް މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔަ އިރުވެސް، ހަނގުރާމަ އެއްކޮށް ހުއްޓާލުމުގެ މަޝްވަރާތަކެއް ނުކުރެވެއެވެ. ނަމަވެސް މިހޮނިހިރު ދުވަހު ސޫދާން އަސްކަރިއްޔާ އާއި އާރްއެސްއެފް އާ ދެމެދު ވަނީ ހަތް ދުވަހަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއެއްބަސްވުމަށް އަމަލުކުރަން ފަށާނީ ހޯމަ ދުވަހުގެ ރޭ ސުދާންގެ ގަޑިން 09:45ން ފެށިގެން ކަމަށް މިއެއްބަސްވުމުން އެކުލަވާލުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ އެމެރިކާ އާއި ސައުދީ އަރަބިއާ ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެކުރިން މިގޮތަށް އެއްބަސްވެ ސޮއިކުރެވުނު އެއްބަސްވުންތަކާ ހިލާފުވިތަން ފެނިގެން ދިޔަނަމަވެސް، މިފަހަރުގެ އެއްބަސްވުމާ އެއްގޮތަކަށް އަމަލުކުރޭތޯ ބެލުމުގެ މަސައްކަތް އެމެރިކާ އާއި ސައުދި އަރަބިއާ ބައިނަލްއަގުވާމީ އެހެން ފަރާތްތަކާއެކު ކުރާނެކަމަށް އެމެރިކާ އާއި ސައުދީ އަރަބިއާ ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު ސޮއިކުރެވިގެންދިޔަ އެއްބަސްވުމުގެ ދަށުން އާންމުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދީ ޒަރޫރީ ޚިދުމަތްތައް އާންމުންނަށް ލިބޭނެ މަގުފަހިކޮށްދިނުން ހިމެނެއެވެ. އަދި ހޮސްޕިޓަލްތަކާއި އާންމުންނަށް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ އެހެނިގެން ތަންތަނުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރިން އެތަންތަނުން ދިއުމަށްވެސް އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

ސޫދާން

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި
05 ޖޫން 2025

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
07 އޮކްޓޯބަރު 2023

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި 11 މީހުން މަރުވެ 90 މީހުން ޒަޚަމްވެއްޖެ

07 އޮކްޓޯބަރު 2023
ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި 11 މީހުން މަރުވެ 90 މީހުން ޒަޚަމްވެއްޖެ
20 ސެޕްޓެމްބަރު 2023

ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ ބުރުހާން، އދ.ގެ އާންމު މަޖިލީހަށް ވަޑައިގަންނަވަނީ

20 ސެޕްޓެމްބަރު 2023
ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ ބުރުހާން، އދ.ގެ އާންމު މަޖިލީހަށް ވަޑައިގަންނަވަނީ
01 ޖޫން 2023

ގަދަވަމުންދާ ސޫދާން ހަނގުރާމައިގެ ތެރޭގައި ސޫދާން ޑޮކްޓަރުންގެ ޚިދުމަތް ހިލޭ ސާބަހަށް!

01 ޖޫން 2023
ގަދަވަމުންދާ ސޫދާން ހަނގުރާމައިގެ ތެރޭގައި ސޫދާން ޑޮކްޓަރުންގެ ޚިދުމަތް ހިލޭ ސާބަހަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު