Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސުދާންގެ ހަމަނުޖެހުން

ހިނިތުންވެލައިގެން ހުއްޓެއް ކަމަކު މި ކުޑަކުޑަ ހިތާއި ސިކުނޑީގައި ވަނީ ބިރުވެރިކަން!

އޭޕްރިލް 15 ވަނަ ދުވަހު ފެށި ހަމަލާ ބަދަލު ކުރުންތައް އެތައް ހަފުތާއަކަށް ދިގުލާ ގޮސް، އެތައް ސަތޭކަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 02:05
ހަނގުރާމަ މަތީ މަތިންދާބޯޓެއްގެ އަޑު އިވޭ ހިސާބުން ކުޑަކުދިންނަށް އަސަރު ކުރަން ފަށާ

ހަނގުރާމަ މަތީ މަތިންދާބޯޓެއްގެ އަޑު އިވޭ ހިސާބުން ކުޑަކުދިންނަށް އަސަރު ކުރަން ފަށާ

ސޫދާންގެ ވެރިރަށް ޚާރްތޫމްގައި އޮތް ތަޅާފޮޅުންގަނޑުގެ ތެރެއިން ޢާއިލާ ގޮވައިގެން ނުކުމެ، ސަނާ މަޙްމޫދު، މިޞްރުގައި ހިންދެމިލިއެވެ. ނަމަވެސް، އެއީ ދާއިމީ ހަމަޖެހުމެއް ނޫނެވެ. ހަނގުރާމައާއި ތަޅާފޮޅުންގަނޑުގެ ތެރެއިން ވަޒަނެއް ނޭރިއެއް ކަމަކު، ސަނާގެ އަންހެން ދަރިފުޅަށް ލިބިފައިވާ ނަފްސާނީ އަނިޔާތަކުން މިންޖުވެވޭނެ ދުވަހެއް ބުނާކަށް ނޭނގެއެވެ. ރޭގަނޑުގެ އަރާމު ނިދި ނިދަންވީ ވަޤުތު، އެކުއްޖާފުޅަށް ސިއްސައިގެން ގޮސް ހޭލެވެއެވެ. ބަޑީގެ އަޑުފަށްގަނޑާއި، ވައިގެ ހަމަލާތަކުގެ އަޑު، އަދިވެސް އެ މައުސޫމު ނަފްސަށް އިވޭ ކަހަލައެވެ.

މިޞްރުގެ ވެރިރަށް ޤާޚިރާގައި، އޭނާގެ 2 އަންހެން ދަރިންނާއެކު ވަޤުތީ ހިޔާވައްސެއްގައި އިން ސަނާ ބުނި ގޮތުގައި އޭނާގެ ޢާއިލާއިން ވަނީ ހުރިހާ ކަމެއް ހަމަލޮލުން ދެކިފައެވެ. ބަޑީގެ ހަމަލާތައް އަމާޒުވަމުން ދިޔައީ އެމީހުން ދިރިއުޅެމުން ދިޔަ ގެއަށް ކަމަށާ، ފެނިގެން ނުވާނެ ބިރުވެރި އެތައް މަންޒަރެއް އޭނާގެ ދަރިންނަށް ފެނިފައި ވާ ކަމަށް ސަނާ ކިޔައިދިނެވެ.

ޚާރްތޫމްގެ ތަޅާފޮޅުންގަނޑުގެ ތެރޭގައި ހޭދަކުރަން ޖެހުނު ދުވަސްތަކުގެ ތަޖުރިބާ ހިއްސާ ކުރަމުން ސަނާ ބުނީ، ހަނގުރާމަ މަތީ މަތިންދާބޯޓެއްގެ އަޑު އިވޭ ހިސާބުން ދަރިފުޅަށް އަސަރު ކުރަން ފަށާ ކަމަށެވެ. ނުރައްކަލެއް ކުރިމަތިވެއްޖެ ކަމުގެ ބިރަށް، އެކުއްޖާ ދުވެފައި އަންނަނީ ސަނާ ގާތަށެވެ.

މިއީ ސަނާގެ ދަރިފުޅުގެ ހާލު އެކަންޏެއް ނޫނެވެ. ސޫދާންގައި ތިބި އެތައް ސަތޭކަ ހާސް ކުޑަކުދިންނެއް މިއަދު ތިބި ހާލަކީވެސް މިއީއެވެ. ސޫދާންގެ އަސްކަރިއްޔާއާއި ޕެރާމިލިޓްރީ ރެޕިޑް ސަޕޯރޓް ފޯސަސްއާއި ދެމެދު އޭޕްރިލް 15 ވަނަ ދުވަހު ފެށި ހަމަލާ ބަދަލު ކުރުންތައް އެތައް ހަފުތާއަކަށް ދިގުލާ ގޮސް، އެތައް ސަތޭކަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް)އިން ބުނާ ގޮތުގައި ސޫދާންއިން 368000 ކުއްޖަކަށް ވަނީ އަމިއްލަ ގެދޮރު ގެއްލިފައެވެ. އިތުރު 82000 ކުދިން ވަނީ އަވަށްޓެރި ޤައުމުތަކަށް ބަދަލުވެފައެވެ. ތަޅާފޮޅުންތަކުގެ ފުރަތަމުގެ 10 ދުވަހުގެ ތެރޭގައި އެކަނިވެސް 190 ކުއްޖެއްގެ ފުރާނަ ގެއްލި، 1700 ކުދިން ޒަޚަމްވި ކަމަށްވެސް ޔުނިސެފްއިން އަންދާޒާ ކުރެއެވެ.

ޔުނިސެފްއިން ސޫދާންއަށް ކަނޑައަޅާފައި ހުންނަވާ ޑައިރެކްޓަރ، މަންދީޕް އޯބްރާޔަން ފާހަގަ ކުރެއްވި ގޮތުން ހަމަނުޖެހުންތައް ގަދަވުމުގެ ކުރިންވެސް ސޫދާންގައި ސްކޫލަށް ނުދާ ގިނަ ޢަދަދެއްގެ ކުދިން ތިއްބެވެ.

ހަނގުރާމައާއެކު ސްކޫލްތަކާއި ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތައް ބަންދު ކުރުމުގެ އަސަރު، މުޅި ޤައުމަށް ފެތުރިގެން ދިޔައެވެ.

ސޫދާންގެ ހަމަނުޖެހުންތަކުން ސަލާމަތްވެ، އެހެން މަންޒިލްތަކަށް ދިރިއުޅުން ބަދަލު ކުރުމުގެ ޢުއްމީދުގައި އެތައް ހާސް ބަޔަކު ޖަމާވީ ރެޑް ސީއާ ގުޅިފައި ވާ ޕޯރޓް ސޫދާން ސަރަޙައްދަށެވެ. އެ ސަރަޙައްދުގައި ތިބި ކުޑަ ކުދިންނަށް ކުރިމަތިވެފައިވާ ނަފްސާނީ ނުތަނަވަސްކަމަށް ލުޔެއް ހޯދާ ދިނުމަށް މަސައްކަތް ކުރަމުންދަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ގުރޫޕަކުންނެވެ.

ސޫދާންގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ނަފްސާނީ ޞިއްޙަތާ ބެހޭ ޑިވިޜަންގެ އިސްވެރިޔާ، ރަޝާ މުޙައްމަދު ޠާހިރު ވިދާޅުވީ ނަފްސާނީ ބަލި މީހުންނަށް ފަރުވާ ދޭ ސައިކޭޓްރިކް ހޮސްޕިޓަލަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބަދަލުކޮށްފައި ވާ ކަމަށެވެ.

ސޫދާން

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި 11 މީހުން މަރުވެ 90 މީހުން ޒަޚަމްވެއްޖެ

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި 11 މީހުން މަރުވެ 90 މީހުން ޒަޚަމްވެއްޖެ

07 އޮކްޓޯބަރު 2023
ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ ބުރުހާން، އދ.ގެ އާންމު މަޖިލީހަށް ވަޑައިގަންނަވަނީ

ސޫދާނުގެ އަސްކަރިއްޔާގެ ވެރިޔާ ބުރުހާން، އދ.ގެ އާންމު މަޖިލީހަށް ވަޑައިގަންނަވަނީ

20 ސެޕްޓެމްބަރު 2023
ގަދަވަމުންދާ ސޫދާން ހަނގުރާމައިގެ ތެރޭގައި ސޫދާން ޑޮކްޓަރުންގެ ޚިދުމަތް ހިލޭ ސާބަހަށް!

ގަދަވަމުންދާ ސޫދާން ހަނގުރާމައިގެ ތެރޭގައި ސޫދާން ޑޮކްޓަރުންގެ ޚިދުމަތް ހިލޭ ސާބަހަށް!

01 ޖޫން 2023

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު