Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގައި ފެތުރޭ ރޯގާތައް

މިދިޔަ މަހު ބޭރަށް ހިންގުމުގެ 5357 ކޭސް، މިދިޔަ ހަފްތާގައި ކޭސްތައް އިތުރު: އެޗްޕީއޭ

ބޭރަށް ހިންގައިގެން އޮގަސްޓު މަހު 7313 ކޭސް ރިޕޯޓުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2023 | ހުކުރު 06:55
ހެލްތް ޕްރޮޓެކްޝަން އެޖެންސީ ހިންގަމުންދާ އިމާރާތް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ ހިންގަމުންދާ އިމާރާތް

ސެޕްޓެންބަރު މަހު ބޭރަށް ހިންގުމުގެ 5357 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި، މިދިޔަ ހަފްތާގައި ކޭސްތައް އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެޗްޕީއޭގެ އޮފިޝަލް ވިދާޅުވީ އޮގަސްޓް މަހާއި ބަލާފައި ސެޕްޓެންބަރުގައި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ވަނީ ދަށްވެފައިވާ ކަމަށެވެ. އޮގަސްޓު މަހު 7313 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި، ސެޕްޓެންބަރު މަހު 5357 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ފާއިތުވި 3 ހަފްތާއާ އަޅާބަލާއިރު މިދިޔަ ހަފްތާގައި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލޭގެ އިތުރުން ބޭރަށް ހިންގުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހދ އަތޮޅުންނާއި، ކ އަތޮޅުން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ހދ.އަތޮޅުން 2153 ކޭސް ރިޕޯޓުކޮށްފައިވާއިރު، ކ.އަތޮޅުން 2225 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

އަރިދަފުސް ރޯގާއަށް އިޝާރާތް ކުރައްވައި އޮފިޝަލް ވިދާޅުވީ އޮގަސްޓް މަހާ އަޅާބަލާއިރު، ސެޕްޓެންބަރު މަހުގައި އަރިދަފުސް ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު ކަމަށެވެ.

އެގޮތުން އޮގަސްޓު މަހު 30082 ކޭސް، ސެޕްޓެންބަރު މަހު 30568 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް ފާއިތުވި 3 ހަފްތާއާ އަޅާބަލާއިރު ނިމުނު ހަފްތާ ވަނީ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ މިންވަރު ދަށްވެފައެވެ. އޮފިޝަލް ވިދާޅުވީ މާލޭގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން މިއަހަރު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހއ، ލ، ގދ އަދި އައްޑޫ ސިޓީންނެވެ.

އެއީ ހއ. 13410 ކޭސް، ލ. 12072 ކޭސް، ގދ. 12177 ކޭސް އަދި އައްޑޫ ސިޓީން 14606 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ވައިރަލް ހުން އިތުރުނުވާ ކަމަށެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސްދުވަރެކެވެ. އާއްމު ގޮތެއްގައި މޫސުން ގޯސްވުމާއި ގުޅިގެން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުމާއި، ރޯގާތައް ފެތުރިގެން ދެއެވެ. އެހެންކަމުން އާއްމު ރައްޔިތުން މިފަދަ ރޯގާތަކުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. މި ދަނޑިވަޅުގައި މި ބަލިތަކުން ރައްކާތެރިވެތިބުމަށް ކުރެވޭނެ ކަންކަން ކުރުމަށް އެދިފައިވެއެވެ. އަދި މަދިރި އުފެދޭ ތަންތަން ނައްތާލުމާއި، ބޮޑަށް ހަށިގަނޑު ނިވާ ކުރުމާއި، މަދިރި ލޯޝަން ފަދަތަކެތި ބޭނުންކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ރޯގާ ޖެހިއްޖެނަމަ ނުވަތަ ހުން އަންނަނަމަ އަރާމު ކުރުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި، ހުން މަޑުކުރުމާއި ހުޅުހުޅުގައި ރިއްސުމަށް ޕެރަސިޓަމޯލް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ބަލީގައި މާ ބޮޑުވަރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.

އެޗްޕީއޭރޯގާ

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު