Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބަންގްލަދޭޝްގައި ޑެންގޫ ފެތުރުން

ބަންގްލަދޭޝްގައި ރެކޯޑް މިންވަރަކަށް ޑެންގޫ މަރުގެ ކޭސްތައް އިތުރު ވަނީ!

ނިމިގެން މިދާ 2023 ވަނަ އަހަރަށް ފެށުނު ފަހުން އެކަނިވެސް، އެ ޤައުމުގައި ޑެންގޫ ޖެހިގެން 1000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 06:05
ބަންގްލަދޭޝްގައި ރެކޯޑް މިންވަރަކަށް ޑެންގޫ ފެތުރުން

ބަންގްލަދޭޝްގައި ރެކޯޑް މިންވަރަކަށް ޑެންގޫ ފެތުރުން

މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގޫ ހުމުގެ ނުރައްކަލުން މި ދުނިޔެއަށް އަދިވެސް ސަލާމަތެއް ހޯދިފައެއް ނެތެވެ. ދޭތެރެ ދޭތެރެއިން، އެކި ޤައުމުތަކުގައި ޑެންގޫ ހުމުގެ ބަލިމަޑުކަން، އިންތިހާއަށް ކަންބޮޑުވާ ދަރަޖައަކަށް ފެތުރިގެން ދެއެވެ. ޞިއްޙީ ޚިދުމަތުގެ ރޮނގުން ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ބަޔަކު، ޑޮކްޓަރީ ސަނަދު ފުރިހަމަ ކުރުމަށް އެ ޤައުމަކަށް ދަތުރު ކުރާ ބަންގްލަދޭޝްގެ ޙާލަކީވެސް ހަމަ އެއީއެވެ.

އޮކްޓޯބަރ 1 ވީ އާދީއްތަ ދުވަހު އާންމު ކުރި، ބަންގްލަދޭޝްގެ ޞިއްޙީ ޚިދުމަތްތަކާ ބެހޭ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ނިމިގެން މިދާ 2023 ވަނަ އަހަރަށް ފެށުނު ފަހުން އެކަނިވެސް، އެ ޤައުމުގައި ޑެންގޫ ޖެހިގެން 1000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއީ ބަންގްލަދޭޝްގައި ރެކޯޑް ކުރެވިފައިވާ ތާރީޚަށް ބަލާއިރު، އެ ޤައުމު ދުށް، ޑެންގޫ ބަލިމަޑުކަމުގެ އެންމެ ނުރައްކާ ބޮޑު އެޕިސޯޑްވެސްމެއެވެ.

ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާންމު ކޮށްފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޑެންގޫ ޖެހިގެން މަރުވި މީހުންގެ ޢަދަދު، 1006 އަށް އަރައެވެ. ޑެންގޫ ޖެހިގެން ރިޕޯޓްކޮށްފައި ވާ ކޭސްތަކުގެ ޢަދަދު 2 ލައްކައަށް ވުރެ މައްޗަށް އަރައެވެ. މި އަހަރުގެ މިހާ ހިސާބަށް، ޑެންގޫ ޖެހިގެން ބަންގްލަދޭޝްއިން މަރުވި މީހުންގެ ޢަދަދަކީ، 2022 ވަނަ އަހަރު އެ ބަލީގައި މަރުވި މީހުންގެ ޖުމުލަ ޢަދަދަށް ވުރެވެސް 4 ގުނަ އިތުރު ޢަދަދެކެވެ. ޑެންގޫ ޖެހިގެން މިދިޔަ އަހަރު ބަންގްލަދޭޝްއިން މަރުވި ކަމަށް ރެކޯޑް ކޮށްފައި ވަނީ 281 މީހެކެވެ.

ވެރިކަން ކުރާ ޑާކާގައި ހިންގާ މުގްދާ ޖެނެރަލް ހޮސްޕިޓަލުގެ ޑެންގޫ ވޯޑު، އޮކްޓޯބަރު 2 ވަނަ ދުވަހު އޮތީ ފުރިފައެވެ. ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި ހުންނެވި ނިއަތުއްޒަމާން ފާހަގަ ކުރެއްވި ގޮތުގައި، ޑާކާއިން ޚިދުމަތް ހޯދަން އަންނަ ޕޭޝަންޓުންގެ ޢަދަދު، މިދިޔަ ދުވަސްތަކުގައި ދަށަށް ގޮސްފައި ވީ ނަމަވެސް، ރަށްފުށު ހިސާބުތަކުން އަންނަ ޕޭޝަންޓުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. އަދި އެއީ، ކަންބޮޑުވާން ޖެހޭ ވަރުގެ ނިޝާނެއް ކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ބަންގްލަދޭޝްގެ ޞިއްޙީ ދާއިރާގެ ކަމާ ބެހޭ ފަރާތްތަކާއި، ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މި އަހަރުގެ ޑެންގޫ ކޭސްތަކުގެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ، ޑާކާއިން ބޭރު ސަރަޙައްދުތަކުގެ ޕޭޝަންޓުންނެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހި، އެކަށީގެން ވާ ގޮތެއްގައި އަވަސް ފަރުވާއެއް ނުދެވިއްޖެ ނަމަ ފުރާނައަށް އިންތިހާއަށް ނުރައްކާވެ، ބައެއް ޙާލަތްތަކުގައި ފުރާނަ ގެއްލި ދިއުމަށްވެސް މަޖުބޫރު ކުރާ ޑެންގޫ ހުން ޖެހުމުގެ ފުރުޞަތު ކުޑަ ކޮށްދޭ ވެކްސިނެއް އަދި އެއްވެސް ބަޔަކަށް އުފެއްދިފައެއް ނެތެވެ. އަދި ޑެންގޫ ހުމަށް ޚާއްޞަ ކޮށްގެން ވަކި ބޭހެއް ނުވަތަ ބޭސްތަކެއްވެސް އުފައްދާފައެއް ނެތެވެ.

ދެކުނު އޭޝިއާ ސަރަޙައްދަށް އެންމެ ގަދައަށް މޫސުމީ ވިއްސާރައިގެ އަސަރު ކުރާ، ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ހޭދަވާ މުއްދަތުގައި ޑެންގޫ ކޭސްތައް ފެންނަ މިންވަރު އިތުރުވެގެން ދެއެވެ. އެކި ތަންތަނުގައި ހަރުލާ، ގުޑުމެއް ނާރާ ހުންނަ ފެންގަނޑުތަކުގައި އުފެދޭ އީޑީޒް މަދިރިން ޖެހޭ ޑެންގޫ ހުމުގެ ކޭސްތައް، ދޭތެރެ ދޭތެރެއިން މި ރާއްޖެއިންވެސް ދަނީ ފެންނަމުންނެވެ.

ދުނިޔެބަންގްލަދޭޝްޑެންގީ ހުން

ކޮމެންޓް

އިތުރަށް ކިޔާލަން

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު