Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބާސެލޯނާގެ އަމާޒަކީ ޔޫރަޕުގައި އެ ޓީމުގެ ފޯމު ރަނގަޅު ކުރުން

ޒަވީ ބުނީ ޔޫރަޕުގައި ބާސެލޯނާ އަށް ޔޫރަޕުގައި ފެންވަރު ރަނގަޅު ފުޓުބޯޅައެއް ކުޅެވެމުން އަންނަކަން ސާބިތު ކޮށްދޭން ޖެހޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 އޮކްޓޯބަރު 2023 | ބުދަ 09:33
ބާސެލޯނާގެ ފަރިތަކުރުމެއްގައި ޒަވީ ހެނާންޑޭޒް ބައިވެރިވަނީ

ބާސެލޯނާގެ ފަރިތަކުރުމެއްގައި ޒަވީ ހެނާންޑޭޒް ބައިވެރިވަނީ

ބާސެލޯނާގެ އަމާޒަކީ ޔޫރަޕުގައި އެ ޓީމުގެ ފޯމު ރަނގަޅު ކުރުން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ޕޯޓޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ބާސެލޯނާ ހިމެނޭ ގްރޫޕް ސީ ގައި ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ އަދި ޕޯޓޯ ވެސް ވަނީ މޮޅުވެފަ އެވެ. އެހެންކަމުން ބުދަ ދުވަހުގެ ރޭ ޕޯޓޯގެ ދަނޑުގައި ކުޅޭ މެޗުން މޮޅުވާ ޓީމަކަށް އެއް ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.

ޒަވީ ބުނީ ޔޫރަޕުގައި ބާސެލޯނާ އަށް ޔޫރަޕުގައި ފެންވަރު ރަނގަޅު ފުޓުބޯޅައެއް ކުޅެވެމުން އަންނަކަން ސާބިތު ކޮށްދޭން ޖެހޭ ކަމަށެވެ. އޭނާ ބުނީ ފާއިތުވި ދެ އަހަރެއްގެ ތެރޭގައި ބާސެލޯނާ އަށް އެކަން ކުރެވިފައި ނުވާ ކަމަށާއި، އެހެން ނަމަވެސް އަލުން އަނބުރާ އެކަމުގެ ތެރެއަށް އާދެވެމުން އަންނަ ކަމަށެވެ. ޒަވީ ބުނީ ބާސެލޯނާ އިން އަންނަނީ އެކި އެކު ގޮތްގޮތުން ކުރިއެރުންތަކެއް ހޯދަމުން ކަމަށާއި، އެ ޓީމަށް ޔޫރަޕުގައި ފައި ސާބިތު ކުރެވޭނެ ކަމަށެވެ.

އިތުރަށް ޒަވީ ބުނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އަކީ އަބަދު ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ އަބަދު ވެސް ލެވަންޑޯސްކީއާ ވަރަށް ގާތުން ވާހަކަ ދެކެވޭ ކަމަށާއި އޭނާގެ ކުޅުމާމެދު ވެސް ހިތްހަމަ ޖެހޭ ކަމަށެވެ. ޒަވީ ފާހަގަ ކުރި ގޮތުގައި އަބަދު ވެސް ލެވަންޑޯސްކީ އަކީ އަމިއްލަ އަށް ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ކުޅުންތެރިޔެކެވެ. އެހެންކަމުން ބާސެލޯނާ އިން ކުރިއަށް ދާން ކުރާ މަސައްކަތުގައި އޭނާ އަކީ މުހިންމު ކުޅުންތެރިޔެއް ކަމަށް ބުންޏެވެ.

ބާސެލޯނާ އާއި ޕޯޓޯ ބައްދަލު ކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ދަންވަރު، ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބާސެލޯނާޒަވީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު