Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އާސެނަލް ބަލިކޮށް ލެންސް އެއް ވަނަ އަށް

މޮޅާއެކު ލެންސް އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 އޮކްޓޯބަރު 2023 | ބުދަ 06:19
ޔުއެފާ ޗެމްޕިއަންސް ލީގުގައި ލެންސް އަދި އާސެނަލް ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލެންސް އަދި އާސެނަލް ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ބީގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލެންސް އިން ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އާސެނަލް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެފައި އޮތުމުން، ލެންސް ބަލިކޮށް އެއް ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު އޮތެވެ. ލެންސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ އެއްވަރުވެފަ އެވެ. އަންގާރަ ދުވަހުގެ ރޭ ލެންސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ.'

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އާސެނަލް އިންނެވެ. މެޗު ފަށައިގެން 14 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ގަބްރިއަލް ޖީސޫސް އެވެ. އޭނާ އެ ލަނޑު ޖެހީ ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެންސް އިން ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޑްރިއެން ތޮމަސަން އެވެ. އޭނާ އެ ލަނޑު ޖެހީ އެލްޔޭ ވަހީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ލެންސް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުން މޮޅުވެފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ވަހީ އެވެ.

މޮޅާއެކު ލެންސް އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ބައްޔާއެކު ވެސް އާސެނަލް އޮތީ ގްރޫޕްގެ ދެ ވަނައިގަ އެވެ. އެއީ ދެ މެޗުން ތިން ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި އޮތް ސެވިއްޔާ އަށް ލިބެނީ ދެ މެޗުން ދެ ޕޮއިންޓެވެ. ފުލުގައި އޮތް ޕީއެސްވީ އަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއާސެނަލްލެންސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު