Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެސިޓީ ބައިއިލެކްޝަން

މަހުލޫފު މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވަނީ

މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަށް މަހުލޫފު ވަނީ އެދިވަޑައިގެންފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 އޮކްޓޯބަރު 2023 | ބުދަ 05:44
ޔޫތު މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި އަހުމަދު މަހުލޫފު

ޔޫތު މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި އަހުމަދު މަހުލޫފު

ޔޫތު މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި އަހުމަދު މަހުލޫފު މާލެ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވަން ނިންމަވައިފިއެވެ.

މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ހާމަ ކުރައްވާފައެވެ. އެގޮތުން 17 ނޮވެމްބަރު 2023 ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ނިންމަވާފައިވާކަމަށް މަހުލޫފު ވިދާޅުވިއެވެ.

ވުމާއެކު، މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަށް މަހުލޫފު ވަނީ އެދިވަޑައިގެންފައެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް މަހުލޫފު ވާދަ ކުރައްވަނީ މޭޔަރުކަމުގެ މަޤާމުގައި ހުންނެވި ޑރ މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެންނެވެ.

މަޚްލޫފް އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އަންނަނީ އެމްޑީޕީގެ އެކި އެކި ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެމްޑީޕީގެ މެދުއުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން އަންނަ މަހުލޫފަކީ، އެ ޕާޓީގެ ބައި އިލެކްޝަން ކޮމެޓީގެ ޗެއާ އެވެ.

މަހުލޫފު ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައިވެސް އެމްޑީޕީއަށް ކެމްޕޭނު ކޮށްދެއްވުމުގައި ކުރީ ސަފުގައި މަސައްކަތް ކުރައްވާފައެވެ.

އަދި އޭނާއަކީ ސަރުކާރުގެ އެންމެ ހިންގުންތެރި އެއް ވަޒީރުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. އެގޮތުން ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހުވެސް ފުރަތަމަ ދޮޅު އަހަރުގެ ތެރޭގައި 100 ވަރަކަށް ރަށަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ކައުންސިލާއި ޒުވާނުންނާ ބައްދަލުކުރައްވާ ރަށަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ޔޫތު މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން މަހުލޫފް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރަކަށެވެ.

އަހުމަދު މަހުލޫފުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
04 ޑިސެމްބަރު 2025

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
03 ޑިސެމްބަރު 2025

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

03 ޑިސެމްބަރު 2025
މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު