Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ގައުމީ މަޖިލިސް

މަޖިލީހުގެ ކޮމިޓީތަކަށް ނަންތައް ނުފޮނުވާ އޮތީ ހަމައެކަނި އެމްޑީޕީއެއް ނޫން: އަސްލަމް

އަސްލަމް ވިދާޅުވީ އެހެން ތިން ޕާޓީއަކުންވެސް، ކޮމިޓީތަކަށް އައްޔަނުކުރާ މެމްބަރުންގެ ނަންތައް ފޮނުވާފައި ނުވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 އޮކްޓޯބަރު 2023 | އަންގާރަ 17:54
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު، މުހައްމަދު އަސްލަމް

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު، މުހައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ކޮމިޓީތަކަށް އެ ޕާޓީން އައްޔަންކުރާނެ މެންބަރުންގެ ނަންތައް ނުފޮނުވައިގެން ދާއިމީ ކޮމިޓީތައް އެކުލަވައިލުން އަނެއްކާވެސް މަޑުޖެހިފައި ވާކަމަށް ވިދާޅުވި ވާހަކަފުޅަކީ ރަނގަޅަށް ނުބައްލަވައި ދެއްކެވި ވާހަކަފުޅެއްކަމަށް، އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ، އެހެން ތިން ޕާޓީއަކުންވެސް ރިޔާސަތުން އެހެން އިއުލާންކުރެއްވިއިރު، ކޮމިޓީތަކަށް އައްޔަނުކުރާ މެމްބަރުންގެ ނަންތައް ފޮނުވާފައި ނުވާކަމަށެވެ. އެހެންކަމުން ހަމައެކަނި އެމްޑީޕީގެ ނަން ފާހަގަކުރެއްވުން އެއީ މުޅިން ރަނގަޅަށް ނުބައްލަވައި ރިޔާސަތުން ވިދާޅުވި ވާހަކަފުޅެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ، މެއި މަހުން ފެށިގެން މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ނުދާކަމަށެވެ. ސަރުކާރުން ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް މަޖިލީހުގެ ތަޅުމުގައާއި ކޮމިޓީތަކުގައި އެބަހުރިކަމަށް އަސްލަމް ވިދާޅުވިއެވެ. އެ މަސައްކަތްތައް ކުރިއަށްނުގެންދެވި އޮތީ ކޮމިޓީތައް އެކުލަވާނުލެވިގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީން ބައެއް މެމްބަރުން ވަކިވެވަޑައިގެންނެވި ހިސާބުން ކޮމިޓީތަކުގެ މަސައްކަތްތައް ވަނީ މަޑުޖެހިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅުމާއެކު މަސައްކަތްތައް ހުއްޓުމަކަށް އައުމަށްފަހު އެ ދެ މައްސަލަ އެމްޑީޕީން ނެގި ހިސާބުން، 20 ސެޕްޓެމްބަރުގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލްކުރާ ގޮތް ވަނީ ފާސްކޮށްފައެވެ.

މިހާރު މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް މެމްބަރުން ނިސްބަތްވާ ގޮތަކީ:

ރައްޔިތުންގެ މަޖިލިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު