Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޑަބްލިއުއެޗްއޯ

މެލޭރިއާއިން ރައްކާތެރިވުމަށް އިތުރު ވެކްސިނެއް އުފެއްދުމަށް ޑަބްލިއުއެޗްއޯއިން ލަފާދީފި

އަލަށް އުފައްދާ ވެކްސިނަކީ އާރް21/މެޓްރިކްސް-އެމް ކަމަށް ހެދުމަށް ޑަބްލިއު އެޗްއޯއިން ވަނީ ލަފާދީފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2023 | އަންގާރަ 17:04
މެލޭރިއާއަށް އިތުރު ވެކްސިނެއް އުފެއްދުން

މެލޭރިއާއަށް އިތުރު ވެކްސިނެއް އުފެއްދުން

މެލޭރިއާއިން ރައްކާތެރިވުމަށް އާ ވެކްސިނެއް އުފެއްދުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ލަފާދީފިއެވެ.

ޑަބްލިއުއެޗްއޯގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަން (ސޭޖް) އާއި މެލޭރިއާ ޕޮލިސީ އެޑްވައިޒަރީ ގްރޫޕް (އެމްޕީއޭޖީ)ގެ ލަފަޔާ އެއްގޮތަށް މި ރެކޮމެންޑޭޝަނަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ތާއީދުކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25-29ށް ބޭއްވި، ޑަބްލިއުއެޗްއޯގެ ރެގިއުލާ ބައިއެނުއަލް ބައްދަލުވުމަށްފަހުއެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ޑެންގީއާއި މެނިންޖައިޓިސްއަށް އާ ވެކްސިން ދިނުމަށް ސޭޖްގެ ލަފާގެ އިތުރުން، ކޮވިޑް-19އަށް ވެކްސިން ދިނުމުގެ ޝެޑިއުލާއި ޕްރޮޑަކްޓް ރެކޮމެންޑޭޝަންތައްވެސް ނެރެފައެވެ. 

އަލަށް އުފައްދާ ވެކްސިނަކީ އާރް21/މެޓްރިކްސް-އެމް ކަމަށް ހެދުމަށް ޑަބްލިއު އެޗްއޯއިން ރެކޮމެންޑްކޮށްފައި ވާއިރު، އާރް21 ވެކްސިނަކީ 2021 ވަނަ އަހަރު ޑަބްލިއުއެޗްއޯގެ ރެކޮމެންޑޭޝަނެއް ލިބުނު އާރްޓީއެސް، އެސް/އޭއެސް01 ވެކްސިނަށްފަހު ޑަބްލިއުއެޗްއޯއިން ލަފާދިން ދެވަނަ މެލޭރިއާ ވެކްސިނެވެ. މި ދެ ވެކްސިނަކީވެސް ކުޑަކުދިން މެލޭރިއާއިން ރައްކާތެރިވުމަށްޓަކައި، ރައްކާތެރި އަދި ކާމިޔާބު ވެކްސިނެއްކަން ފާހަގަކުރެވިފައި ވާކަމަށާއި، ފުޅާ ދާއިރާއެއްގައި މި ދެ ވެކްސިން ބޭނުންކުރަން ފެށުމުން އާންމު ސިއްހަތަށް ވަރަށް ބޮޑު އަސަރެއް ކުރާނެކަމަށް ޑަބްލިއު އެޗްއޯއިން ބުނެއެވެ.

މެލޭރިއާގެ ވެކްސިނަށް އޮތް ޑިމާންޑަކީ ހީވެސް ނުކުރާ ވަރުގެ ޑިމާންޑެކެވެ. އެހެންނަމަވެސް، ޑަބްލިއުއެޗްއޯއިން ލަފާދީފައިވާ މެލޭރިއާ ވެކްސިންގެ ލިސްޓަށް އާރް21 އިތުރުކުރުމުން، އާންމު ސިއްހަތުގެ ނުރައްކަލެއް އޮތް ސަރަހައްދުތަކުގައި ދިރިއުޅޭ ހުރިހާ ކުދިންނަށްވެސް ލިބޭ މިންވަރަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށްވެސް ޑަބްލިއު އެޗްއޯއިން ބުނެއެވެ.

ޑަބްލިއުއެޗްއޯއިން އެފްރިކާއަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރ ޑރ. މަޓްޝިޑިސޯ މޮއެޓީ އެ ކޮންޓިނެންޓަށް މި ރެކޮމެންޑޭޝަންގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، މި ދެވަނަ ވެކްސިނަކީ ޑިމާންޑާއި ސަޕްލައިގެ ބޮޑު ފަރަގު ނައްތާލުމުގެ ހަގީގީ ގާބިލުކަން ލިބިފައިވާ ވެކްސިނެއް ކަމަށެވެ.

މެލޭރިއާ ނައްތާލެވިފައިވާ ދުނިޔޭގެ މަދު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭއިރު، ރާއްޖެއިން މެލޭރިއާ ނައްތާލެވިފައިވަނީ 1970ގެ އަހަރުތަކުގައެވެ. އޭގެ ފަހުން މެލޭރިއާގެ އެއްވެސް އައުޓްބްރޭކެއް ނައިސް 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވުމުން، ރާއްޖެއަކީ "މެލޭރިއާ ފްރީ" ގައުމެއްކަން ފާހަގަކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ 2015 ވަނަ އަހަރު ރާއްޖެއަށް ހަނދާނީ ފިލައެއް ދީފައެވެ.

ޑަބްލިޔުއެޗްއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

08 ޖުލައި 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު