Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ނަޞްރު

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފެލިކްސް އަލް ނަޞްރަށް ބަދަލުވެއްޖެ

ފެލިކްސް ވަނީ އަލް ނަޞްރާ އެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެހެންކަމުން، 2027 ވަނަ އަހަރާ ހަމަ އަށް އޭނާ އެ ކުލަބުގައި ކުޅޭނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2025 | ބުދަ 05:34
އަލް ނަޞްރުގެ އެއްބަސްވުމުގައި ފެލިކްސް ސޮއި ކުރަނީ

އަލް ނަޞްރުގެ އެއްބަސްވުމުގައި ފެލިކްސް ސޮއި ކުރަނީ

ޗެލްސީ އަށް ކުޅެމުން އައި ޕޯޗުގަލްގެ ޔާއޯ ފެލިކްސް، ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ބަދަލު ވެއްޖެ އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ 2024 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އޭގެ ފަހުން މިއަހަރުގެ ފެބްރުވަރީ މަހު ފެލިކްސް ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ވެސް ބަދަލުވެފަ އެވެ.

ފެލިކްސް ހޯދުމުގެ މަސައްކަތް އޭނާގެ ކުރީގެ ކުލަބު ބެންފީކާ އިން ކުރަމުން އަންނަނިކޮށް، ވަކި ހިސާބަކުން އެ ޑީލްގެ ތެރެއަށް ވަދެ އަލް ނަޞްރު އިން ވަނީ އެ ޑީލް ހައިޖެކް ކޮށްފަ އެވެ. އަދި ފެލިކްސް ހޯދުމުގެ ޑީލް އެ ކުލަބުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

ފެލިކްސް ވަނީ އަލް ނަޞްރާ އެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެހެންކަމުން، 2027 ވަނަ އަހަރާ ހަމަ އަށް އޭނާ އެ ކުލަބުގައި ކުޅޭނެ އެވެ. އަލް ނަޞްރު އިން ވަނީ ފެލިކްސް އެ ކުލަބަށް ބަދަލުވެފައިވާކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ފެލިކްސް ހޯދުމަށް އަލް ނަޞްރު އިން ވަނީ 43.7 މިލިއަން ޕައުންޑު ހޭދަ ކޮށްފަ އެވެ.

އަލް ނަޞްރުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ވާހަކަ ދައްކަމުން ފެލިކްސް ބުނެފައި ވަނީ، އޭނާ އެ ކުލަބަށް ބަދަލުވީ ކާމިޔާބީތަކެއް ހޯދުމުގެ މަޤުސަދުގައި ކަމަށެވެ. އަދި ނަޞްރާ އެކު އޭނާ ފަށާ ދަތުރުގައި ގިނަ ކަންތައްތަކެއް ޙާސިލު ކުރަން ކެތް މެދުވެފައިވާ ކަމަށާއި، އަލް ނަޞްރަކީ ފެންވަރު ރަނގަޅު ޓީމެއް ކަމަށް ވެސް ފެލިކްސް ވަނީ ބުނެފަ އެވެ.

ޗެލްސީ އަށް ބަދަލުވީ ފަހުން ފެލިކްސް ވަނީ އެ ކުލަބަށް ކުޅެދިން 20 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން އޭސީ މިލާނަށް ބަދަލުވެ އޭނާ ވަނީ އެ ކުލަބަށް 21 މެޗު ކުޅެދީ ތިން ލަނޑު ޖަހައިފަ އެވެ. ބެންފީކާ އިން ސީނިއާ ކެރިއަރު ފެށި ފެލިކްސް ވަނީ ޗެލްސީ އާއި އޭސީ މިލާންގެ އިތުރުން، އެތުލެޓިކޯ މެޑްރިޑު އަދި ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ.

ފެލިކްސް އަކީ ޕޯޗުގަލްގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ. ޕޯޗުގަލްގެ ޤައުމީ ޓީމަށް އޭނާ ވަނީ 45 މެޗު ކުޅެދީ ނުވަ ލަނޑު ޖަހައިފަ އެވެ. ޕޯޗުގަލް އާއެކު އޭނާ ވަނީ ޔުއެފާ ނޭޝަންސް ލީގު ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ޗެލްސީ ދޫކޮށް ފެލިކްސް އަލް ނަޞްރު އަށް ބަދަލުވެފައިވާއިރު، ޤައުމީ ޓީމުގައި ފެލިކްސް އާއެކު ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކުޅެމުން އަންނަނީ އެ ކުލަބަށެވެ. ބައެއް މީޑިއާ ތަކުން ބުނެފައިވާ ގޮތުގައި އަލް ނަޞްރުން ފެލިކްސްގެ ސޮއި ހޯދުމުގައި ރޮނާލްޑޯ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު