Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ޚުދުމުހުތާރު ވެރިޔަކާއި، އޯގާތެރި ވެރިޔެއްގެ ތަފާތު ފެނިއްޖެ!

ރައީސް ޞާލިޙު ވަނީ ބަލި ޤަބޫލު ކުރައްވާ ވަގުތުން މުއިއްޒު އަށް މަރުހަބާ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2023 | އަންގާރަ 04:48
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަދި މިހާރުގެ ރައީސް ޞާލިޙު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަދި މިހާރުގެ ރައީސް ޞާލިޙު

ފެހި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރާނީ ރައްޔިތުންގެ ވޯޓުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ ވޯޓާއެކު ހަތަރު ރައީސަކު އިންތިޚާބު ކޮށްފި އެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު އަދި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މާޒީ އަށް ޖެހިލާއިރު، 2013 އިން 2018 އަށް ހޭދަވި މުއްދަތަކީ ދިވެހިން އެތައް ތަޖުރިބާއެއް ކޮށްފައިވާ ދުވަސްތަކެކެވެ. ޚުދުމުހުތާރު ވެރިޔެއްގެ ކިބައިން ދިވެހިންނަށް ފެނުނީ އަނިޔާވެރިކަމެވެ. ވައްކަމާއި، ކޮރަޕްޝަން ޤައުމުގައި މޫލާފައި އޮތް މިންވަރެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި، ޢަބްދުﷲ ޔާމީން ވެރިކަން ކުރައްވަމުން ގެންދިޔައީ އަނިޔާވެރިކަން ކުރިއަށް ނެރެގެންނެވެ. ރައްޔިތުންނާ ގުޅުންހުރި ވެރިކަމެއް ކުރުމުގެ ބަދަލުގައި އިސްކުރެއްވީ އަމިއްލަ އެދުމާއި، އަމިއްލަ ޖީބަށް ބޮޑު ކުރުމެވެ. ފާޅުގައި ދައުލަތުގެ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ހަތަރެސް ފައި އޮތީ ބާނާފަ އެވެ. މިއީ އޭރު ވެސް، މިހާރު ވެސް ގިނަ ދިވެހިން ދައްކާ ވާހަކަ އެކެވެ.

އަނިޔާވެރި ވެރިޔަކު ބަދަލު ކުރަން ދިވެހިންނަށް ލިބުނު ފުރުސަތަކީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބެވެ. އެ އިންތިޚާބުގައި ދިވެހިން ރައީސް ޔާމީނަށް ނޫނެކޭ ބުނެ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް އިސް ކުރެއްވި އެވެ. ރައްޔިތުންގެ ބަސް ވަރަށް ސާފުކޮށް އިއްވި އެވެ. ރައީސް ޔާމީންގެ ވެރިކަމެއް ދެން އިތުރަށް ދެކެން ބޭނުން ނޫން ކަމަށް ގިނަ ދިވެހިން ނިންމި އެވެ. އެހެން ނަމަވެސް، ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނުނީ އުންމީދު ކުރި މަންޒަރެއް ނޫނެވެ. ރިޔާސީ އިންތިޚާބުގެ ބަލި ޤަބޫލު ކުރައްވަން ދެކޮޅު ހެއްދެވި އެވެ. ރައްޔިތުންގެ ބަސް، އަނބުރާ ބޮލާލައި ޖަހަން މަސައްކަތް ކުރެއްވި އެވެ. ރައްޔިތުންގެ ބަސް ޤަބޫލު ކުރުމެއްނެތި، ވަޑައިގެންނެވީ ސުޕްރީމް ކޯޓަށެވެ. ރައްޔިތުން އިއްވާފައި އޮތް ބަސް ބާތިލް ކުރުމަށެވެ. އެހެން ނަމަވެސް، މިފަހަރު ވެސް ރައީސް ޔާމީންގެ މައްޗަށް ގަދަވީ ރައްޔިތުންގެ ބަހެވެ.

ދެން އޮތީ ވަދާއީ މެސެޖުގެ ވާހަކަ އެވެ. ދެ ފަހަރެެއްގެ މަތިން ރައީސް ޔާމީން ވަދާއި މެސެޖެއް ދެއްވި އެވެ. އެއް މެސެޖު ދެއްވީ އިންތިޚާބާ ޖެހިގެން އައި ދުވަހު އެވެ. އެ ދުވަހު ސްޓޭޓްމަންޓެެއް ދެއްވި އެވެ. ވެރިކަން ފެށުނީއްސުރެ އެމަނިކުފާނުގެ ފަރާތްޕުޅުން ފެންނަމުން އައި މައިކާ ދުރު މިޒާޖުގަ އެވެ. ސްޓޭޓްމަންޓު ދެއްވުމަށްފަހު ވަޑައިގެންނެވީ އެވެ. ދެ ވަނަ ސްޓޭޓްމަންޓެއް ދެއްވީ ސުޕްރީމް ކޯޓުގެ ޙުކުމުގެ ކުރިން، އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު އެވެ. މިފަހަރު ވެސް ކުޑަ މެސެޖެއް ދެއްވާފައި ވަޑައިގެންނެވީ އެވެ. ކުށްވެރިވީ ރައްޔިތުންނެވެ. އެމަނިކުފާނަށް ވޯޓު ނުދެއްވީތީ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު ވެސް، ރައީސް ޔާމީން އުޅުއްވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ނެއްޓެން ނޭންގިގެންނެވެ. ބައެއް ފަހަރު ހީވާ ކަހަލަ އެވެ. ލޯބިވެރިޔަކު ދިން ކަހަލަ ދޯކާއެއް، ރިޔާސީ އިންތިޚާބުން ރައީސް ޔާމީނަށް ލިބިވަޑައިގެންހެނެވެ. އެހާ ވެސް އިންތިޚާބާ ޒާތީވެވަޑައިގެންފި އެވެ.

ފަސް އަހަރު ފަހުން މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން އަނެއްކާ ވެސް ބަހެއް އިއްވައިފި އެވެ. ރައީސް ޞާލިޙުގެ ބަދަލުގައި ރައްޔިތުން ނިންމެވީ ޑރ.މުއިއްޒުއާއެކު ކުރިއަށް ދިޔުމަށެވެ. ނަމަވެސް މިފަހަރު ތަފާތެއް ފެނުނެވެ. ރައީސް ޞާލިޙު ދެއްކެވީ ޑިކޮމްރަސީގެ ރިވެތި ނަމޫނާ އެވެ. ހޮނިހިރު ދުވަހުގެ ރޭ ބަލި ޤަބޫލު ކުރައްވާ މުޢިއްޒު އަށް މަރުހަބާ ވިދާޅުވި އެވެ. އެއަށްފަހު ޖެހިގެން އައި ދުވަހު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އިންތިޚާބީ ރައީސާ ބައްދަލުކުރެއްވި އެވެ. އިންތިޚާބީ ރައީސް އެދިވަޑައިގެން ފަދައިން، ޚިޔާނާތުގެ ކުށް ސާބިތުވެ ޖަލުގައި ހުންނެވި ރައީސް ޔާމީން ގެކޮޅަށް ވެސް ބަދަލު ކުރެއްވި އެވެ. އޭގެ އެއް ދުވަސް ފަހުން، ހޯމަ ދުވަހު ރައީސް ޞާލިޙު ވަދާއީ މެސެޖެއް ދެއްވި އެވެ. ރައީސް ޔާމީން ކަން ކުރެއްވި ގޮތަށް، ސްޓޭޓްމަންޓަކުން ނޫނެވެ. ނޫސްވެރިންގެ ބައްދަލުވުމަކުންނެވެ.

އެ ބައްދަލުވުމުގައި ރައީސް ޞާލިޙު ވަނީ ރައްޔިތުންގެ ބަސް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ރައްޔިތުންގެ ނިންމުން ބޮލާލައި ޖައްސަވަން ބޭނުންފުޅެއް ނުވި އެވެ. އެއަށްފަހު ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވި އެވެ. ދެންނެވި ކޮންމެ ސުވާލަކަށް ރައީސް ޞާލިޙު ޖަވާބު ދެއްވަމުން ގެންދެވީ ހިނިތުންވެ ހުންނަވާ، ވަރަށް ހަމަޖެހިވަޑައިގެންނެވެ. ޒާތީ ސުވާލުތަކަށް ވެސް ޖަވާބު ދެއްވީ، ރިވެތި ގޮތަކަށެވެ. ބޮޑާކަމާއި، ކިބުރުވެރިކަން އެމަނިކުފާނުގެ ފަރާތްޕުޅުންނެއް ނުފެނެ އެވެ. ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން އެންމެ ފުރިހަމަ އަށް، އޮމާންކަމާއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވި އެވެ. ޙަޤީޤަތުގައި ވެސް އެ ދެއްކެވީ ޑިމޮކްރަސީގެ ރިވެތި މިސާލެކެވެ.

މިއަދު އަޅުގަނޑުމެންނަށް ތަފާތެއް އިޙުސާސްކުރެއްވިއްޖެ އެވެ. ޚުދުމުހުތާރު ވެރިޔެއްގެ ކިބުރުވެރިކަމެވެ. އޯގާތެރި ވެރިޔެއްގެ މަޑުމައިތިރި ކަމާއި، ހިތްތިރި ކަމެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްރައީސް އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު