Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ވިސްނުން

މިހާރު މަސައްކަތް މި ފެށީ އެމްޑީޕީ ވަރުގަދަ އޮޕޮޒިޝަން ޕާޓީއަކަށް ހެދުމަށް: ރައީސް

2 އޮކްޓޯބަރު 2023 | ހޯމަ 06:51

ހުންނަވާނެ މަޤާމަކަށްވުރެ މިވަގުތު މުހިއްމީ ހަރުދަނާ އޮޕޮޒިޝަން ޕާޓީއަކަށް އެމްޑީޕީ ހެއްދެވުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އޮކްޓޯބަރު 2023 | ހޯމަ 06:51
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

މިވަގުތުގެ މައި އަމާޒަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ވަރުގަދަ އޮޕޮޒިޝަން ޕާޓީއަކަށް ހެއްދެވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙު ވިދާޅުވީ، މިހާރު ކުރިއަށްދަނީ އޮމާންކަމާއެކު ސަރުކާރު ބަދަލުކުރުމުގެ މަރުޙަލާ ކަމަށާއި، އެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

އުއްމީދަކީ އޮމާންކަމާއެކު އެ މަރުޙަލާ ނިމި، އައު ރައީސަށްވެސް ވެރިކަމުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޖާގަ ފަހިވެގެން ދިއުންކަމަށް ރައީސް ވިދާޅުވިއެވެ.  

ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެވިފައިވާކަމުގެ އުފާ މިއަދު އިހުސާސް ކުރެވޭކަން ފާހަގަ ކުރައްވައި ރައީސް ސާލިޙު ވަނީ އެމަނިކުފާނަށް އެހީތެރިކަން ވެދެއްވި ހުރިހާ ފަރާތްތަކަށްވެސް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން ކެބިނެޓާއި، މީޑިއާތަކާއި އެކި ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ވެރިކަން ކުރެއްވުމަށް 5 އަހަރު ދެއްވިކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާކަަމަށެެވެ.

ރައީސް ވިދާޅުވީ، މިވަގުތު ކުރައްވަމުން ގެންދަވާނެ މަސައްކަތްޕުޅަކީ އެމްޑީޕީ ވަރުގަދަ އޮޕޮޒިޝަން ޕާޓީއަކަށް ހެއްދެވުން ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އެމްޑީޕީ ވަރުގަދަކޮށް، މަޖިލީހަށް ތައްޔާރުވުމުގެ މަސައްކަތް އެމްޑީޕީން ފަށައިގެންފައިވާކަމަށެވެ.

އެ މަސައްކަތުގައި އެމަނިކުފާނު ހުންނަވާނެ މަޤާމަކަށްވުރެ މިވަގުތު މުހިއްމީ ހަރުދަނާ އޮޕޮޒިޝަން ޕާޓީއަކަށް އެމްޑީޕީ ހެއްދެވުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ޕާޓީގެ ލީޑަރޝިޕްގެ ޙައިސިއްޔަތުން މިވަގުތު އިސްކަންދެއްވާނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުންކަމަށެވެ.

އިންތިޚާބުން ބަލިވި ސަބަބުތަކުގެ ގޮތުގައި ރައީސް ވިދާޅުވީ، ފުރަތަމަ ބުރުގައި އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވުމާއި، އެމްޑީޕީން ވަކިވެގަނެގެން ބަޔަކު ދިއުމާއި، ސަރުކާރާ ގުޅޭގޮތުން ފަތުރަމުން ދިޔަ ދޮގު ވާހަކަތައް އޭގެ ތެރޭގައި ހިމެނޭކަމަށެވެ. އެހެންނަމަވެސް މިހާރު އެ ވާހަކަތައް ދެއްކެވުން މުހިއްމު ނޫންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އުއްމީދަކީ އެމްޑީޕީ އިތުރަށް ވަރުގަދަކުރުންކަމަށެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް