Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރޯމާ

ސައުދީން ލިބުނު ބޮޑު ހުށަހެޅުމަށް މޮރީނިއޯ ބުނީ ނޫނެކޭ!

އޭނާ ބުނީ ފުޓުބޯޅައިގެ ތާރީޚުގައި ކޯޗަކަށް ލިބޭނެ އެންމެ ބޮޑު ހުށަހެޅުމެއް ލިބުނީ އޭނާ އަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2023 | ހޮނިހިރު 15:30
ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ

ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ

ސައުދީ ޕްރޯ ލީގުގެ ކުލަބަކުން ބޮޑު ހުށަހެޅުމެއް ލިބުނު ކަމަށާއި، އެހެން ނަމަވެސް އެކަމަށް ނޫނެކޭ ބުނެފައިވާނެ ކަމަށް ރޯމާ އަށް އިރުޝާދު ދެމުން އަންނަ ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯ މިހެން ބުނީ ސައުދީ ލީގުން އޭނާ އަށް ލިބިފައިވާ ހުށަހެޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ފުޓުބޯޅައިގެ ތާރީޚުގައި ކޯޗަކަށް ލިބޭނެ އެންމެ ބޮޑު ހުށަހެޅުމެއް ލިބުނީ އޭނާ އަށް ކަމަށެވެ. ނަމަވެސް އެކަމަށް އޭނާ ބުނެފައިވާނީ ނޫނެކޭ ކަމަށާއި، ސަބަބަކީ ރޯމާގައި ހުންނަން ބޭނުންވާތީ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. މޮރީނިއޯ ބުނީ އެ ވާހަކަތައް އޭނާ ރޯމާގެ އިސްވެރިންނާ ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން އެ ހުށަހެޅުމަށް ނޫނެކޭ ބުނީ ރޯމާ ދޫކޮށްލަން ބޭނުންނުވާތީ ކަމަށާއި، ކުލަބުގެ ވެރިންނަށް ދީފައިވާ ބަހުގެ އިތުބާރު ދަމަހައްޓަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ބެންފީކާ އިން 2000 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި މޮރީނިއޯ އަކީ ތަޖުރިބާކާރު މޮޅު ކޯޗެކެވެ. ރޯމާ އަކީ މިހާތަނަށް އޭނާ އިރުޝާދު ދޭ ނުވަ ވަނަ ކުލަބެވެ. މޮރީނިއޯ އިރުޝާދު ދިން ކުލަބުތަކުގެ ތެރޭގައި ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑު، އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑު، ޓޮޓެންހަމް، ޗެލްސީ، އިޓަލީގެ އިންޓަ މިލާން ފަދަ ކުލަބުތައް ހިމެނެ އެވެ. މީގެ ތެރެއިން ޗެލްސީގެ ކޯޗުކަމާ އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ހަވާލުވެފަ އެވެ. ދާދި ފަހުން ޕޯޗުގަލް ޤައުމީ ޓީމުގެ ކޯޗަަކަށް ވެސް މޮރީނިއޯ ހަމަޖައްސަން މަސައްކަތް ކޮށްފައިވާ ކަމަށް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ މަގާމާ ހަވާލުވާން މޮރީނިއޯ އެއްބަސްވެފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު