Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ - ޔޫކްރެއިން ހަނގުރާމަ

ޔޫކްރޭންގެ ޑްރޯން ހަމަލާއެއް ރަޝިޔާގެ ޕަވަރ ސަބްސްޓޭޝަނަކަށް އަރައިފި

ޔޫކްރޭންގެ 10 ޑްރޯން އެއް ރެއެއްގެ ތެރޭގައި ކަރސްކް ސަރަހައްދުގެ މައްޗަށް ވައްޓާލާފައިވޭ

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2023 | ހުކުރު 13:40
ޔޫކްރޭން، ރަޝިޔާ ހަނގުރާމައިގައި ބޭނުންކުރާ އުޅަނދެއް

ޔޫކްރޭން، ރަޝިޔާ ހަނގުރާމައިގައި ބޭނުންކުރާ އުޅަނދެއް

ޔޫކްރޭންގެ އެންމެ ފަހުގެ ޑްރޯން ހަމަލާއެއް ރަޝިޔާގެ ޕަވަރ ސަބްސްޓޭޝަނަކަށް އަރައިފިއެވެ.

ޔޫކްރޭންގެ ބޯޑަރު ކައިރީގައި އޮންނަ ރަޝިޔާގެ އަވަށެއްގެ ކަރަންޓް ސަބްސްޓޭޝަނަކަށް ކޮމްބެޓް ޑްރޯނަކުން ގޮވާތަކެތި ވައްޓާލިއިރު، ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ވަނީ ރަޝިޔާގެ ބެލްގްރޭޑް، ހަރސްކް އަދި ކަލޫގާ ސަރަހައްދުތަކުގެ މައްޗަށް ޔޫކްރޭންގެ ދިހަވަރަކަށް ޑްރޯން ވައްޓާލާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

ބޯޑަރާ 25 ކިލޯމީޓަރަށް ވުރެ ދުރުގައި އޮންނަ ރަޝިޔާގެ އަވަށެއް ކަމަށްވާ ބެލާޔާގައި ޔޫކްރޭންގެ ޑްރޯނެއް ސަބްސްޓޭޝަނަކަށް ދެ ގޮވާތަކެތި ވައްޓާލި ކަމަށް ހަރސްކްގެ ސަރަހައްދީ ގަވަރުނަރު ރޯމަން ސްޓާރޮވޮއިޓް ހުކުރު ދުވަހުގެ ވަގުތެއްގައި ވިދާޅުވެފައިވާކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެެވެ.

މޮސްކޯގައި ހުންނަ ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ފުރަތަމަ ޑްރޯން ނާކާމިޔާބު ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 5 ޖަހާ އެހާކަންހާއިރު (ޖީއެމްޓީ 14:00) ކަމަށެވެ. އޭގެ ހަތަރު ގަޑިއިރު ފަހުން ދެވަނަ ޑްރޯނެއް ވައްޓާލިކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ރަޝިޔާގެ ހަބަރުތައް ބުނާގޮތުގައި، ރަޝިޔާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ޔޫކްރޭންގެ 10 ޑްރޯން، އެއް ރެއެއްގެ ތެރޭގައި ހަރސްކް ސަރަހައްދުގެ މައްޗަށް އަދި އެއް ޑްރޯން ކަލޫގާ ސަރަހައްދުގެ މައްޗަށް ވައްޓާލިކަމަށެވެ.

ފާއިތުވި ހަފްތާތަކުގައި ޔޫކްރޭނުން ރަޝިޔާގެ ސަރަހައްދަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އެގައުމުގެ ސަރަހައްދުތަކަށް މިހާރު ގަވާއިދުން ޔޫކްރޭންގެ ޑްރޯން ހަމަލާތަކުގެ ރާޅުތައް ކުރިމަތިވެ، މޮސްކޯ ހިމެނޭ ގޮތަށް އިމާރާތްތަކަށް ދޭތެރެ ދޭތެރެއިން ގެއްލުން ލިބޭކަމަށް ރިޕޯޓުތައް ބުނެއެެވެ.

ރަޝިޔާގެ އޮފިޝަލުން އެމީހުންގެ މުހިންމުކަން ކުޑަކޮށްފައިވާއިރު، ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ ރަޝިޔާގެ އަމާޒުތަކަށް ދޭ ހަމަލާތައް އިތުރުވާނެ ކަމަށް މި ހަފްތާގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
11 މާރިޗު 2017

ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި

11 މާރިޗު 2017
ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު