Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒުގެ ދޮން މަންމައަށް ހެދިގޮތް

މުއިއްޒުގެ ދޮންމަމާފުޅާއި ގުޅޭގޮތުން އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގައި ދެއްކީ ތެދުވާހަކަތަކެއް ކަމަށް މުއިއްޒުގެ ދޮންމަންމާފުޅު ވިދާޅުވެއްޖެ

29 ސެޕްޓެމްބަރު 2023 | ހުކުރު 09:28

އިއްދައިގައި އިންދާ ގަދަބާރުން ކޯޓަށް ގެންދިޔަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ސެޕްޓެމްބަރު 2023 | ހުކުރު 09:28
ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއު

ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއު

އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު، ޖީ ސްކީލާން ހުސެއިން އާއި ގުޅޭގޮތުން އަދަދުން ގެނެސްދިން އިންޓަރވިއުގައި ދެއްކީ ތެދުވާހަކަތަކެއް ކަމަށް މުއިއްޒުގެ ދޮންމަންމާފުޅު ވިދާޅުވެއްޖެއެވެ.

އަދަދުން ގެނެސްދިން ޑޮކިއުމެންޓްރީގައި ޖީ ސްކީލާން ހުސެއިން ދެއްކެވި ވާހަކަތަކާއި ގުޅިގެން ތަފާތު އެކި ވާހަކަތައް ދައްކާ އެއީ ދޮގެއްކަމަށް ބުނަމުން ދަނިކޮށް، ހުކުރު ދުވަހު ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުގައި ސްކީލާން ވިދާޅުވީ، މުއިއްޒު އޭނާއާއި ދޭތެރެގައި ކަންކުރި ގޮތުގެ ވާހަކަ ދައްކަން އެއްވެސް މީހަކު ފައިސާ ދީފައި ނުވާ ކަމަށެވެ. އަދި އެ ވާހަކަތަކީ ހަގީގަތް ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އިންޓަރވިއު ދިނުމަށް ދުވަހަކުވެސް ފައިސާއެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އަދި ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއަކީ، މުއިއްޒުއަކީ ކިހާވަރެއްގެ މީހެއްކަން ދުނިޔެއަށް ދައްކާލުމަށް ލިބިވަޑައިގެންނެވި ރަނގަޅު ފުރުސަތެއް ކަމަށެވެ.

އާންމުވި އިންޓަވިއުއަށްފަހު މުއިއްޒު އޭނާގެ މަރުޙޫމް ބައްޕާފުޅުގެ މުދަލުގެ ތެރެއިން، ލަންކާގައި ހުރި ފްލެޓާއި ގޯތި ސްކީލާންއަށް ދެއްވާފައިވާކަމުގެ ޚަބަރުތައް ދައުރުވަމުންދިއުމާއި ގުޅިގެން އެއީ ތެދެއްތޯ އަދި މުއިއްޒު ބައްޕާފުޅުގެ މުދަލުން ހާލާލު ބައިން ކިހާވަރެއް ލިބިފައިވޭތޯ ސުވާލުދެންނެވުމުން އޭނާ ވިދާޅުވީ މުއިއްޒު ބައްޕަގެ އެއްވެސް ބިމެއް ލަންކާގައި ނެތް ކަމަށެވެ. ލަންކާގައި އޮތީ އޭނާގެ އަމިއްލަފުޅު ބިމެއް ކަމަށާއި، މުއިއްޒު ބައްޕަގެ ބޭންކް އެކައުންޓުގައި 1.5 މިލިއަން ރުފިޔާ ހުރި ކަމަށެވެ.

ވިސާ އައުކުރުމުގެ ވާހަކަ މުއިއްޒު އަރިހުގައި އެއްގޮތަކަށް ވެސް ދެންނެވުނުތޯ އަދި ރާއްޖެއިން ވަޑައިގެންނެވުމަށްފަހު، މުއިއްޒު އާއި އެއްވެސް ގުޅުމެއް އޮންނެވިތޯ ސުވާލުދެންނެވުމުން ސްކީލާން ވިދާޅުވީ ލަންކާއަށް ވަޑައިގެންނެވި ފަހުން މުއިއްޒުއާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ހުރިހާ މެސެޖަކާއި ފޯން ކޯލެއް ބްލޮކްކޮށްފައިވާ ކަމަށާއި، މުއިއްޒުއާއި ގުޅައިގެން މައްސަލަތަކުގެ ވާހަކަ ދައްކަވާނެ ގޮތެއްނެތް ކަމަށެވެ. އެއީ ހަގީގަތް ކަމަށާއި، ލަންކާއަށް ވަޑައިގެން ދުވަހުން ފެށިގެން އޭނާއަށް މެސެޖުންނާއި ފޯނު ކޯލު ކުރައްވަން މަސައްކަތްކުރެއްވި ނަމަވެސް އޭނާ ޖަވާބެއް ނުދެއްވާ ހުރިހާ މަގެއް ބަންދުކުރެއްވި ކަމަށެވެ.

ސްކީލާން ވިދާޅުވީ އޭނާ ދެން ދައްކަވާނެ ވާހަކައެއް ނެތް ކަމަށާއި، މުއިއްޒު ޒިންމާ ނުނެންގެވި ކަމަށެވެ. އަދި ކޮންމެ މަހަކު ފައިސާ ފޮނުއްވާނެ ކަމަށް ކޯޓުގައި މުއިއްޒު ވިދާޅުވި ނަމަވެސް އެންމެ ރުފިޔާއެއްވެސް އޭނާ ނުފޮނުއްވާ ކަމަށެވެ. އަދި އިއްދައިގައި އިންނަވަނިކޮށް ކޯޓަށް ވަޑައިގަންނަވާން ދެކޮޅު ހެއްދެވުމުން ގަދަބާރުން ކޯޓަށް ގެންދެވި ކަމަށާއި، އެކަމާ ވަރަށް ދެރަވެވަޑައިގަންނަވާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް