Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިމާވި ކަންކަން ދެވަނަ ބުރަށް ވާނީ ހައްލުކޮށްފައި - ޚުޒައިމާ

29 ސެޕްޓެމްބަރު 2023 | ހުކުރު 07:58

12 ފޮށި އިތުރުކުރެވިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ސެޕްޓެމްބަރު 2023 | ހުކުރު 07:58
އިލެކްޝަންސް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް ޕޮލިޓިކަލް ޕާޓީ އެންޑް ރެގިއުލޭޝަންސް، ޚުޒައިމާ ތައުފީގު

އިލެކްޝަންސް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް ޕޮލިޓިކަލް ޕާޓީ އެންޑް ރެގިއުލޭޝަންސް، ޚުޒައިމާ ތައުފީގު

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިމާވި ކަންކަން ފާހަގަކޮށް، ދެވަނަ ބުރު ބާއްވާއިރު އެކަންކަން ހައްލުކުރެވިފައިވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް ޕޮލިޓިކަލް ޕާޓީ އެންޑް ރެގިއުލޭޝަންސް، ޚުޒައިމާ ތައުފީޤު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޚުޒައިމާ ވިދާޅުވީ ފުރަތަމަ ބުރުގެ ކަންކަން ނިމިގެންދިޔައީ އުއްމީދުކުރިވަރަށްވުރެ ރަނގަޅަށް ކަމަށެވެ. ދެވަނަ ބުރަށް ވެސް އުއްމީދުކުރަނީ އެގޮތަށް ކަމަށާއި، ފުރަތަމަ ބުރުގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރެއިން ރަނގަޅުކުރަން ޖެހޭ ކަންކަން ބަލާފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ތާށިކަން ހުރި މަރުކަޒުތަކާއި، ކިއުގައި ގިނައިރުވި މަރުކަޒުތަކާއި އޮފިޝަލުންގެ މައްސަލަތައްވެސް ހައްލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވޯޓު ފޮށިތައް ވެސް އިތުރުކޮށްފައިވާނެ ކަމަށާއި، 1 ފޮށި ހުރިތަނަށް 2 ފޮށި އިތުރުކޮށް 12 މަރުކަޒަކަށް ބަދަލު ގެނެވިފައިވާ ކަމަށާއި މީގެ އިތުރުން ވިލާކޮލެޖުގައި ކުރިން ވޯޓު ފޮއްޓެއް ބެހެއްޓިފައި ނެތް ނަމަވެސް ދެވަނަ ބުރުގައި އެތަނުގައި މަރުކަޒެއް ގާއިމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚުޒައިމާ ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގައި އުއްމީދުކުރިވަރަށްވުރެ ގިނަ ބަޔަކު ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅި ކަމަށެވެ. ސަބަބަކީ ބަންދު ދުވަސްތަކެއް އަންނާތީ އަތޮޅުތަކުން މާލެއަށް އަދި މާލެއިން އަތޮޅުތަކަށް ރީ-ރަޖިސްޓްރީވެފައިވާ ކަމަށެވެ.

ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ރީ-ރަޖިސްޓްރީކުރަން އެދިފައިވީ ނަމަވެސް ފުރުސަތު ދެވި ފައިނަލް ރަޖިސްޓްރީ އާންމުކޮށް ކޮމިޝަންގެ ފަރާތުން ރަޖިސްޓްރީގައި ސޮއިކޮށް، ކެންޑިޑޭޓުންގެ ފަރާތުން ވެސް ރަޖިސްޓްރީގައި ސޮއިކުރައްވާފައިވާ ކަމަށް ޚުޒައިމާ ވިދާޅުވިއެވެ.

ޚުޒައިމާ ވިދާޅުވީ ބޭރުގައި ބަހައްޓާފައި ފޮށިތަކުގެ ތެރެއިން އިތުރު ފޮއްޓެއް ބަހައްޓާފައިވަނީ އިންޑިއާގައި ކަމަށެވެ. އިންޑިއާގައި މިހާރު 3 ފޮށި ހުންނާނެ ކަމަށާއި، ބޭރު ގައުމުތަކުގެ ފޮށިތަކަށް ވޯޓުލާ ގަޑިއަކީ، މާލެ ގަޑިން ހެނދުނު 8:00ން 5:00ށް ދިމާވާ އެ ގައުމެއްގެ ގަޑިއާ ދިމާވާ ވަގުތާއި ކަމަށެވެ. ނަމަވެސް ބަދަލު އަންނަނީ އެންމެ ގައުމެއްގައި ކަމަށާއި، އެއީ ލަންޑަންގައި ކަމަށް ޚުޒައިމާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
12 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން ފަސްކޮށްފި

12 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން ފަސްކޮށްފި
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް