Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އަނެއްކާ ވެސް ސިވިލް ކޯޓުގެ ޙުކުމެއް އެފްއޭއެމަށް، މިފަހަރު ވެލިގާ ހާޑްވެއާ އަށް ފައިސާ ދައްކަން

28 ސެޕްޓެމްބަރު 2023 | ބުރާސްފަތި 07:27

އެއީ އެ ފިހާރަ އިން އެފްއޭއެމަށް ވިއްކާފައިވާ މުދަލުގެ އަަގަށްވާ 171،757.10 ރުފިޔާ ހޯދުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ސެޕްޓެމްބަރު 2023 | ބުރާސްފަތި 07:27
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވެލިގާ ހާޑްވެއާ އަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކައި އޮވެގެން، އެ ފައިސާ ދައްކަން ސިވިލް ކޯޓުން ޙުކުމް ކޮށްފި އެވެ.

އެފްއޭއެމާ ދެކޮޅަށް ވެލިގާ ހާޑްވެއާ އިން ސިވިލް ކޯޓުގައި ކޮށްފައި ވަނީ މަސައްކަތާއި، މުދަލާއި، ޚިދުމަތުގެ އަގު ހޯދުމަށެވެ. އެއީ އެ ފިހާރަ އިން އެފްއޭއެމަށް ވިއްކާފައިވާ މުދަލުގެ އަަގަށްވާ 171،757.10 (އެއް ލައްކަ ހަތްދިހަ ހާސް، ހަތް ސަތޭކަ ފަންސާސް ހަތް ރުފިޔާ ދިހަ ލާރި) އެވެ. އެ ފައިސާގެ އިތުރުން ޝަރީއަތުގެ ޚަރަދަށްވާ ފައިސާ ނަގައިދިނުމަށް ވެސް ވެލިގާ ހާޑްވެއާ އިން ވަނީ ކޯޓުގައި އެދިފަ އެވެ.

ވެލިގާ ހާޑްވެއާ އިން ޝަރީއަތުގައި އެދިފައި ވަނީ މުދަލުގެ އަގަށްވާ ފައިސާ އާއި ޝަރީއަތުގެ ޚަރަދަށްވާ ފައިސާ އެކީ އެއް ފަހަރާ އެފްއޭއެމްގެ ކިބައިން ނަގައިދިނުމަށެވެ. ޝަރީއަރުގެ ޚަރަދުގެ ގޮތުގައި ވެލިގާ ހާޑްވެއާ އިން އެދިފައި ވަނީ 15،000 (ފަނަރަ ހާސް) ރުފިޔާ ނަަގައިދިނުމަށެވެ. އެހެން ނަމަވެސް، މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައި ވަނީ ޝަރީއަތުގެ ޚަރަދުގެ ގޮތުގައި އެންމެ އެކަށީގެންވާ އަދަދަކީ 5000 (ފަސް ހާސް) ރުފިޔާ ކަމަށެވެ.

އެކަމާ ގުޅިގެން އެފްއޭއެމުން ޝަރީއަތުގައި ބުނެފައި ވަނީ، އެ ފައިސާ ދެއްކިފައި ނުވަނީ އެ އިދާރާގެ މާލީ ދަތިކަމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެ ފައިސާ އެކީ އެއް ފަހަރާ ދެއްކުމަކީ އެ އިދާރާ އަށް ދަތިކަމަކަށްވާނެތީ، އެ ފައިސާ މީލާދޯ ގޮތުން އެއް އަހަރަށް ބަހާލައިގެން ދެއްކޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ވަނީ އެދިފަ އެވެ.

ސިވިލް ކޯޓުގެ ޤާޟީ މުޙައްމަދު ޢީސާފުޅު ކުރެއްވި ޙުކުމުގައި ވިދާޅުވެފައި ވަނީ، މި ހިނގާ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށް، މަހަކު 14،729.76 (ސާދަ ހާސް، ހަތް ސަތޭކަ ނަވާވީސް ރުފިޔާ، ހަތްދިހަ ހަ ލާރި) އެ ކޯޓަށް ދައްކާ ޚަލާސް ކުރުމަށެވެ.

މީގެ ކުރިން ސިވިލް ކޯޓުން ވަނީ އެފްއޭއެމްގެ މައްޗަށް އިތުރު ޙުކުމެއް ވެސް ކޮށްފަ އެވެ. އެއީ އެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުމަކާ ޚިލާފުވެގެން ދައްކަން ޖެހޭ ފައިސާ ދެއްކުމަށެވެ. ސިވިލް ކޯޓުގެ ޤާޟީ ޒުލައިޚާ ޝީޒާ ކުރެއްވި ޙުކުމުގައި ބުނެފައި ވަނީ އެފްއޭއެމް އިން އެލް އަށް ދައްކަން ޖެހޭ 200،000 (ދެ ލައްކަ) ޑޮލަރާއި، ޝަރީއަތުގެ ޚަރަދަށްވާ 5000 (ފަސް ހާސް) ރުފިޔާ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު، އެފްއޭއެމް އިން އެ ފައިސާ ދައްކާފައިވާ ކަމެއް އެނގެން ނެތެވެ. އެކަމާ ގުޅިގެން ސުވާލު ކުރުމުން އެފްއޭއެމް އިން ވަކި ޖަވާބެއް ވެސް ދީފައެއް ނުވެ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
21 މެއި 2017

ދަގަނޑޭ އަނެއްކާވެސް ނިއުރޭޑިއަންޓާ ގުޅިއްޖެ

21 މެއި 2017
ދަގަނޑޭ އަނެއްކާވެސް ނިއުރޭޑިއަންޓާ ގުޅިއްޖެ
09 މެއި 2017

ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް

09 މެއި 2017
ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް
01 މެއި 2017

ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް

01 މެއި 2017
ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް
20 އެޕްރީލު 2017

ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

20 އެޕްރީލު 2017
ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ
18 އެޕްރީލު 2017

ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި

18 އެޕްރީލު 2017
ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް