Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިއުޕޯޓު ކުލީގެ މައްސަލަ

ނިއުޕޯރޓްގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކަން ކޮށްފައި އޮތް ހުކުމް ދައުލަތުން އެދިގެން ބާތިލުކޮށްފި

ނިއުޕޯޓް ރެސްޓޯރަންޓުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ ދެއްކުމަށް ހައިކޯޓުން ވެސް ތާއިދުކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 އޯގަސްޓު 2025 | ހޯމަ 14:35
ސްޓްރާޑާގެ ވެރިއަކަށް އެއިރު ހުރި ޒާހިދު ރަމީޒުއާއި އެއިރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު މުއިއްޒު ބިން ހަވާލުކުރަނީ

ސްޓްރާޑާގެ ވެރިއަކަށް އެއިރު ހުރި ޒާހިދު ރަމީޒުއާއި އެއިރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު މުއިއްޒު ބިން ހަވާލުކުރަނީ

ބްރިޖް ވިއު ޕްލެޓްފޯމް ސަރަހައްދުގައި ހުންނަ ނިއުޕޯޓު ރެސްޓޯރަންޓު ހިންގި ސްޓްރާޑާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމާ ގުޅިގެން ސިވިލް ކޯޓުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން އެދިގެން ބާތިލުކޮށްފި އެވެ.

ސަރުކާރުން އެ ތަން އަތުލުމާ ހަމައަށް ނުދައްކާ އޮތް ކުލީގެ ފައިސާއަށްވާ 1.1 މިލިއަން ރުފިޔާ ދެއްކުމަށް ސްޓްރާޑާ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މި ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ވަނީ ސިވިލް ކޯޓުގެ ހުކުމް ދައުލަތުން މުރާޖަޢާ ކުރަން ބޭނުންވާތީ، ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލު ކުރުމަށް އެދިފަ އެވެ. އެ އެދުމުގެ މަތިން ކޯޓުން ވަނީ މައްސަލަ ބާތިލުކޮށްފަ އެވެ.

ނިއުޕޯޓް ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ޕްލެޓްފޯމް ސަރަހައްދު ދޫކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. ނަމަވެސް ތިން މަސް ވަންދެން ކުލި ނުދެއްކުމުން އެއްބަސްވުން ވަނީ ބާތިލުކުރެވިފަ އެވެ.

މި މައްސަލަ ސްޓްރާޑާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކާފައި ނުވާކަން ކުންފުނީގެ އަމިއްލަ ބަހުން ވެސް ސާބިތުވާ ކަމަށެވެ. އަދި އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ސްޓްރާޑާއަށް ދޫކުރި ބިމުން ބައެއް ދައުލަތަށް ނެގުމާ ގުޅިގެން ބަދަލު ހޯދުމަށް އެ ކުންފުނިން އެދުނު ނަމަވެސް، އެފަދަ ބަދަލެއް ނަގައިދެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެވުނު ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކަނޑައަޅާފައެވެ.

މިތަން ނިއު ޕޯޓް ހިންގާ ސްޓްރާޑާ ކުންފުންޏަށް ދޫކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ހައުސިންގ މިނިސްޓަރު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެންނެވެ. ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއް ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނީ ޕްލެޓްފޯމާއި ރެސްޓޯރަންޓާއި ކުޑަކުދިން ކުޅޭނެ ސަރަހަދެއްގެ އިތުރުން ޕާކިން ޒޯން ހަދާގޮތަށެވެ.

އޭގެފަހުން 2019 ވަނަ އަހަރު ސަރުކާރުން އެއްބަސްވުން ބާތިލްކޮށް އެތަން އަތުލިއެވެ. އަދި ނުދައްކާ ހުރި ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ހޯދުމަށާއި އެތަން ހުސްކުރުމުގެ އަމުރަކަށް ދައުލަތުން ކޯޓަށް ހުށަހެޅުމުން އެ ފައިސާ ދެއްކުމަށާއި އެތަން ހުސްކުރަން ސިވިލް ކޯޓުން އަމުރުކުރިއެވެ. އެ މައްސަލަ ސްޓްރާޑާއިން އިސްތިއުނާފް ކުރުމުން 2021 ވަނަ އަހަރު ހައި ކޯޓުން ވެސް އެ ހުކުމަށް ތާއީދުކުރިއެވެ.

ތަނުގެ ކުލީގެ ގޮތުގައި އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަމުން އައި ނިއުޕޯޓް ވިއު ކުއްޔަށް ދިނީ 8 އަހަރަށެވެ.

ނިއުޕޯޓްސްޓްރާޑާ ކުންފުނިސިވިލް ކޯޓުސުޕްރީމް ކޯޓުރައީސް ޔާމިންބްރިޖް ވިއު ޕްލެޓްފޯމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު