Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދުނިޔެ ހޫނުވުން

ދުނިޔެ ހޫނުވަމުންދާ މައްސަލާގައި 6 ޒުވާނަކު 32 ގައުމަކާ ދެކޮޅަށް ދައުވާކޮށްފި

ދުނިޔެ ހޫނުވުން އިތުރުވާ ރޭޓް، 3 ޑިގްރީއަށް އަރާނެ ކަމަށާއި އެހެންވެއްޖެނަމަ ދުނިޔެއަށް ވަރަށް ނުރައްކާވާނެ ކަމަށް މި ކުދިން ބުނޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2023 | ބުދަ 16:45
ޕޯޗުގަލުގެ ޖަންގަލީގައި ރޯވެފައި

ޕޯޗުގަލުގެ ޖަންގަލީގައި ރޯވެފައި

ދުނިޔެ ހޫނުވަމުން ދިއުމުގެ ސަބަބުން ގަސްކަރައިގައި ރޯވުމުގެ ހާދިސާތަކުން ބޮޑެތި ގެއްލުންތައް ތަހައްމަލްކުރަމުންދާ ޕޯޗުގަލުގެ 6 ޒުވާނަކު ގުޅިގެން، ދުނިޔޭގެ 32 ގައުމަކާ ދެކޮޅަށް ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްގައި ދައުވާ އުފުލައިފިއެވެ. މި ގައުމުތަކުގެ ތެރޭގައި އީޔޫގެ ހުރިހާ މެމްބަރު ގައުމަކާއި، އިގިރޭސިވިލާތް، ނޯވޭ، ރަޝިޔާ، ސްވިޒަލޭންޑް އަދި ތުރުކީ ހިމެނެއެވެ. ޒުވާނުން ތުހުމަތު ކޮށްފައިވާ ގޮތުގައި ޖަންގަލިތަކުގައި ރޯވެ، ބޮޑެތި ސަރަހައްދުތައް އަނދައިގެން ދިއުމުގެ ބޮޑެތި ހާދިސާތައް ހިނގަން މެދުވެރިވަނީ ޕެރިސް އެގްރީމަންޓުގައި ކަނޑައަޅާފައިވާ ޓާގެޓާ އެއްގޮތަށް މި ގައުމުތަކުން އަމަލުކޮށްފައި ނުވާތީއެވެ. އަދި ދުނިޔެ ހޫނުވުން އިތުރުވާ މިންވަރު 1.5 ޑިގްރީގައި ބެހެއްޓުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން، ގްރީން ހައުސް ގޭސް ޖައްވަށް ދޫކުރުން މަދުކޮށްފައި ނުވާތީއެވެ.

މިއީ ސްޓްރެސްބަރގްގައި ހުންނަ ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްގައި މިފަދަ ދައުވާއެއް އުފުލި ފުރަތަމަ ފަހަރެވެ. މައްސަލަ ކާމިޔާބުވެގެން ނިމިއްޖެނަމަ އެ ގައުމުތަކުން ގާނޫނީގޮތުން ތަބާވާންޖެހޭ ކަންތައްތަކެއް ކަނޑައެޅިގެން ދާނެއެވެ.

މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ ބުދަ ދުވަހު ބާއްވާފައެވެ.

އުމުރުން 11 އަހަރާ 24 އަހަރާ ދެމެދުގެ މި ކުދިން ހުށަހެޅި ދައުވާގައި ބުނެފައިވާ ގޮތުގައި، 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޕޯޗުގަލުގެ ޖަންގަލިތަކުގައި އަލިފާން ރޯވާއިރު، މިއީ ދުނިޔެ ހޫނުވަމުން ދިއުމުގެ ސަބަބުން ދިމާވާ ކަމެކެވެ. އެކުދިން ފައިސާގެ ބަދަލަކަށް އެދިފައި ނުވާއިރު، ބުނެފައިވަނީ، އަސާސީ އިންސާނީ ހައްގުތައް ކަމުގައިވާ ދިރިތިބުމުގެ ހައްގާއި އާއިލީ ދިރިއުޅުމެއް ލިބުމުގެ ހައްގުފަދަ ކަންކަމުން ކުދިން މަހުރޫމްވަމުން ދަނީ، މޫސުމަށް ބަދަލު އައުމާ ދެކޮޅަށް އެ ގައުމުތަކުން އަމަލީ ފިޔަވަޅު އަޅަމުން ނުދާތީއެވެ.

މޫސުމަށް އަންނަ ބަދަލުގެ ސަބަބުން (ޚާއްސަކޮން ދުނިޔެ ހޫނުވަމުން ދިއުމުގެ ސަބަބުން) މިހާރުވެސް އެކުދިންގެ ހަޔާތަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފައެވެ. މިގޮތުން އަބަދު ގޭތެރޭގައި ތިބެން ޖެހުމާއި ބޭނުންވާ ވަރަށް ނިދި ނުލިބުމާއި އަދި ހަށިގަނޑަށް ބޭނުންވާ ކަސްރަތު ނުލިބުން ހިމެނެއެވެ. މީގެ އިތުރުން "އެންގްޒަޔަޓީ" މައްސަލަތަކާއި ނޭވާހިއްލުން ފަދަ ބަލިތަކަށް ހުށަހެޅުން ހިމެނެއެވެ.

އުމުރުން 11 އަހަރުގެ މަރިއާނާ ބުނީ އޭނާ ބޭނުންވަނީ ވެށި ތަޣައްޔަރުވެފައި ނުވާ ފެހި ދުނިޔެއެއް ކަމަށާއި، ސިއްހަތު ސަލާމަތުން ހުރެގެން ބޮޑުވުމަށް ކަމުގައެވެ. މިހާރު ކަންތައް ވާގޮތުން، މުސްތަގްބަލުގައި ދުނިޔެއަށް ވެދާނެ ގޮތަކާމެދު ބިރުގަންނަ ކަމަށާއި، އުޅޭ ވެށި ބަދަލުވެގެން ހިނގައިދާނެ ގޮތަކާމެދު ބިރުގަންނަ ކަމަށެވެ.

އުމުރުން 24 އަހަރުގެ ކްލޯޑިއާ ބުނީ ހެލިކޮޕްޓަރުގެ އަޑުއިވުމުން މަރިއާނާ މިހާރުވެސް ބިރުގަންނަ ކަމަށާއި، އެހެން ވަނީ 2017ގައި ޖަންގަލީގައި އަލިފާން ރޯވިއިރު މީހުން ސަލާމަތް ކުރުމަށް ހެލިކޮޕްޓަރު ހަރަކާތްތެރިވި ހަނދާންތައް އާވާތީ ކަމުގައެވެ. އެފަހަރު ރޯވި އަލިފާންގަނޑުގައި ވެސް 50 ހާސް އޭކަރުގެ ގަސްކަރައިގެ ސަރަހައްދެއް ވަނީ އަނދައިގެން ގޮސްފައެވެ. އަދި އެތައް މޭލެއްގެ ދުރުގައި ހުންނަ އެކުދިންގެ ގެޔަށް އަޅިތައް ބުރަމުންދާކަމަށް އެކުދިން ބުނެފައި ވެއެވެ. އިތުރަށް އެކުދިން ބުނިގޮތުގައި، މަރިއާނާގެ އުމުރުގެ ކުދިންނަކީ ރައްޓެހި ކުދިންނާއެކީ ޓިކްޓޮކް ކުޅެ، ނަށައިހަދާވަރުގެ ކުދިން ކަމަށްވާއިރު، މަރިއާނާ މިފަދަ މައްސަލަތަކާމެދު ވިސްނައި، މިކަމުގައި ބައިވެރިވާކަމީ ވަރަށް ހައިރާންވާވަރު ކަމެއް ކަމަށެވެ.

މައްސަލަ ހުށަހެޅި ކުދިންގެ ފަރާތުން މަސައްކަތްކުރާ ގާނޫނީ ވަކީލުން ވަކާލާތުކުރާނީ އެ 32 ގައުމުގެ ޕޮލިސީތައް މިހާރު ހުރިގޮތުން، ދުނިޔޭގެ ހޫނުމިން މަތިވާ މިންވަރު މި ގަރުނު ނިމެންވާއިރަށް ތިން ޑިގްރީއަށް އަރާނެކަމަށެވެ. އެފަދަ ބަދަލަކީ ދުނިޔެއަށް ވަރަށްވެސް ނުރައްކާތެރި ބަދަލަކަށް ވާނެކަމަށް، އެކުދިންނަށް ތާއީދުކޮށްފައިވާ ގްލޯބަލް ލީގަލް އެކްޝަން ނެޓްވަރކުގެ ޑިރެކްޓަރުވެސް ވިދާޅުވިއެވެ. ސަރުކާރުތަކުން އަރޖެންޓް އެކްޝަން ނުނަގައިފިނަމަ މި މައްސަލާގައި ހިމެނޭ ޒުވާނުންނާ އެހެންވެސް ޒުވާނުންގެގެ ހަޔާތުގައި ކެތްކުރަން އުނދަގޫހާ ހޫނުކަން ކުރިމަތިވެ، އެމީހުންގެ ސިއްހަތަށް ނުރައްކާވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމުގެ ގާބިލުކަން ސަރުކާރުތަކުގެ ކިބައިގައި ހުރެމެ، ފިޔަވަޅު ނާޅަން ނިންމައިގެން ތިބީކަމަށް، ގްލޯބަލް ލީގަލް އެކްޝަން ނެޓްވަރކުގެ ޑިރެކްޓަރު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީގެ ރަނުގެ ދުނިޔެ

ނަޝީގެ ރަނުގެ ދުނިޔެ

06 މެއި 2019
ޓެރަރިސްޓުން މުޅި ދުނިޔެއަށް ދަތުރުކުރާއިރު، އިއްޒަތްތެރި މެމްބަރު ނިހާނަށް އަވަށްޓެރި އިންޑިއާއަށްވެސް ނޭރުނު

ޓެރަރިސްޓުން މުޅި ދުނިޔެއަށް ދަތުރުކުރާއިރު، އިއްޒަތްތެރި މެމްބަރު ނިހާނަށް އަވަށްޓެރި އިންޑިއާއަށްވެސް ނޭރުނު

05 ޖޫން 2018
ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

15 ފެބުރުއަރީ 2018
އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

26 ނޮވެމްބަރު 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު