Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑޮލަރުގެ މައްސަލަ

ޑޮލަރުގެ މައްސަލައަށް ރައީސްގެ ދެ ހައްލެއް، އެންމެ ރަނގަޅު ހައްލު އަންނަ އަހަރު ތަންފީޒުކުރަން ފަށާ ޑޮލަރު ބޭނުންވަރަކަށް ލިބެން ފަށާނެ

ރާއްޖޭގެ އެތެރޭގެ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ކުރާގޮތަށް ހަމަޖެއްސުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ސެޕްޓެމްބަރު 2023 | ބުދަ 13:09
ރައީސް އައްޑޫސިޓީއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ރައީސް އައްޑޫސިޓީއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދެ ހައްލެއް ހުށަހަޅުއްވައި އެންމެ ރަނގަޅު ހައްލު އަންނަ އަހަރު ތަންފީޒުކުރަން ފަށާނެކަމަށާ އޭރުން ޑޮލަރު ބޭނުންވަރަކަށް ލިބެން ފަށާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ވިޔަފާރިވެރިންނާއި، އާންމުންނަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ވިޔަފާރިވެރިންނާއި އާންމުން އެދެމުންދާ ކަމަށެވެ. އަދި މެނިފެސްޓޯގައި ކުރިއަށް އޮތް ދައުރުގައި އެކަމަށް ހައްލު ގެނައުމަށް ކަންކުރައްވާނެ ގޮތް ހިމަނުއްވާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ދެގުނަކޮށް، 82 ބިލިއަން ރުފިޔާއިން 170 ބިލިއަން ރުފިޔާއަށް ރާއްޖޭގެ އިގްތިސާދު އިތުރުވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރުގައި ރާއްޖޭގެ އިގްތިސާދުގެ ދެގުނަވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. މީގެ ތެރެއިން ބޮޑުބަޔަކީ ޑޮލަރު ކަމަށާއި، އެއީ ޑޮލަރުން ވަންނަ އާމްދަނީ އިތުރުވެގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއާއެކު ރާއްޖޭގެ ރައްޔިތުން ބޭނުންވާ ވަރަށް ބޭންކުތަކުން ޑޮލަރު ހިފެހެއްޓޭނެ ކަމަށެވެ. އަދި މި މަސައްކަތް ޓޫރިސްޓް އިންޑަސްޓްރީގައި އުޅުއްވާ ބޭފުޅުންނާއެކީގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

ރައީސް ވިދާޅުވީ ދެވަނަ އޮޕްޝަނަކަށް ވާހަކަދެކެވުނީ ރާއްޖެއަށް އެތެރެވާ ޑޮލަރުގެ ވަކި އިންސައްތައެއް ރާއްޖޭގައި ހިފެހެއްޓުން ކަމަށެވެ. 30 އިންސައްތަ ނަމަވެސް ވަކި މުއްދަތަކަށް ރާއްޖޭގައި ބަހައްޓަންޖެހުން ކަމަށާއި، އެކަމަށް ގާތްގަނޑަކަށް އެއްބަސްވުމަކަށް އާދެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި، އިންތިހާބުވުމަށްފަހުގައި އަހަރު ދުވަހުގެ ތެރޭގައި ޑޮލަރާއި ގުޅޭ ކޮންމެވެސް އެއް ސިޔާސަތެއް ތަންފީޒުކުރަން ފައްޓަވާނެ ކަމަށެވެ. އެއާއެކު ރައްޔިތުންނަށް ދަތިވެގެން އުޅޭ ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މާލޭގައި ހުންނަ ޑޮލަރު އޭޓީއެމްއިން ޑޮލަރު ނެގޭ އުސޫލުން އައްޑޫ ސިޓީންވެސް އެކަން ކުރެވުމަކީ ރަށުގެ ޒުވާނުންނާއި، އާންމުންނާއި ވިޔަފާރިވެރިން އެދޭ އެދުމެއް ކަމަށެވެ. އަދި ބީއެމްއެލްއާއެކު މަޝްވަރާކޮށް އޭޓީއެމް މެދުވެރިކޮށް އައްޑޫއިން އެކަން ކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު