Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ

ރަޝިޔާގެ ޒުވާން ޓީމުތަކަށް ފުރުސަތު ދޭން ޔުއެފާ އިން ވިސްނަނީ

ބޮޑެތި މީހުން ކުރާ ނޭދެވޭ އަމަލުތަކުގެ ސަބަބުން، އެކަމުގެ ޒިންމާ ކުޑަކުދިން ނަގަން ނުޖެހޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2023 | ބުދަ 07:10
ޔުއެފާގެ އިދާރާ

ޔުއެފާގެ އިދާރާ

ރަޝިޔާގެ ޤައުމީ ޓީމުތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން، އެ ޤައުމުގެ ޒުވާން ޤައުމީ ޓީމުތަކަށް ލުއި ދޭން ޔުއެފާ އިން މަޝްވަރާ ކުރަން ފަށައިފި އެވެ.

ރަޝިޔާ އިން ޔޫކްރެއިންނަށް ދެމުން އައި ހަމަލާތަކުގެ ސަބަބުން، ޔުއެފާ އިން ވަނީ އެ ޤައުމުގެ އެންމެހައި ފުޓުބޯޅަ ޓީމުތަކެއް ސަސްޕެންޑުކޮށްފަ އެވެ. އެއާއެކު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވެސް ވަނީ ރަޝިޔާ އަށް ފިޔަވަޅު އަޅައިފަ އެވެ. އެއާއެކު ބައިނަލްއަޤުވާމީ އެއްވެސް ކުޅިވަރެއްގައި ރަޝިޔާ އަށް ބައިވެރިވެވޭ ގޮތެއް ނުވި އެވެ. އެ ފިޔަވަޅުތަކާއެކު މިިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު ރަޝިޔާ އަށް ގެއްލުނެ އެވެ. އަނެއްކޮޅުން ރަޝިޔާގައި ކުޅެން އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ވެސް ވަނީ އެހެން ތަނަކަށް ބަދަލުކޮށްފަ އެވެ.

ޔުއެފާއާ ހަވާލާދީ ބައިނަލްއަޤުވާމީ އެކި އެކި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ބޮޑެތި މީހުން ކުރާ ނޭދެވޭ އަމަލުތަކުގެ ސަބަބުން، އެކަމުގެ ޒިންމާ ކުޑަކުދިން ނަގަން ނުޖެހޭނެ އެވެ. އެހެންކަމުން މިހާރު ޔުއެފާ އިން އަންނަނީ ރަޝިޔާގެ ޒުވާން ޤައުމީ ޓީމުތަކަށް އަދަބު ލުއި ކުރަން ނުވަތަ އުވާލަން ވިސްނަމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން އެކަމާ މެދު ޔުއެފާ އިން ރަސްމީ ނިންމުމެއް ކުރިއަށް އޮތް ތަނުގައި ނިންމާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރަޝިޔާގެ އެ އަމަލުތަކާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ދުނިޔޭގެ އެކި އެކި ޤައުމުތަކުން ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާ އަދި އިނގިރޭސިވިލާތް ހިމެނެ އެވެ. މިހާރު ވެސް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް އަންނަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. އަދި އަބަދު ވެސް އެ ޤައުމު އޮންނާނީ ޔުކްރެއިންނާ އެއްކޮށް ކަމަށް އަންނަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު