Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފްލެޓް ލިސްޓު ކެންސަލްވުން

ލިޔުން ދީފައިވާ މީހެއްގެ އަތުން ފްލެޓް އަތުނުލާނެ ކަމަށްވީ ވައުދު ކެންސަލް؟ މުޅި ލިސްޓް އަލުން އިވެލުއޭޓް ކުރަނީ!

ސަރުކާރުން ލިޔުން ދީފައިވާ ކޮންމެ މީހަކަށް ފްލެޓް ލިބޭނެ ކަމަށް ކުރިން ޑރ މުއިއްޒު ވެވަޑައިގެންނެވި ވައުދަކީ މިހާރު މި ސަރުކާރުން ބަލައިގަންނަ އެއްޗެއް ނޫން ކަން ހައުސިންގ މިނިސްޓަރ ހައިދަރު މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ދެއްކެވި ވާހަކަފުޅުތަކުން ވަރަށް ސާފުވެއެވެ. އޭގެ ބަދަލުގައި ސަރުކާރުން އުޅެނީ ފްލެޓް ލިބޭ މީހުންގެ އައު ލިސްޓެއް ހަދާ ގެޒެޓް ކުރުމުގެ މަސައްކަތުގައެވެ.

ރާއްޖެ އެމްވީ | 29 ޖުލައި 2024 | ހޯމަ 17:30
ޑރ. މުއިއްޒު ރިޔާސީ ކެމްޕޭންގައި ވިދާޅުވަމުން ގެންދެވީ ގޯހުން ވިޔަސް ފެއިލްވެފައިވާ ސިޔާސަތެއްގެ ދަށުން ވިޔަސް ރައްޔިތަކަށް ދީފައިވާ ފްލެޓްކަށްވެސް ގޯއްޗަކަށް ވެސް ހުރަސް ނާޅުއްވާނެ ކަމަށް

ޑރ. މުއިއްޒު ރިޔާސީ ކެމްޕޭންގައި ވިދާޅުވަމުން ގެންދެވީ ގޯހުން ވިޔަސް ފެއިލްވެފައިވާ ސިޔާސަތެއްގެ ދަށުން ވިޔަސް ރައްޔިތަކަށް ދީފައިވާ ފްލެޓްކަށްވެސް ގޯއްޗަކަށް ވެސް ހުރަސް ނާޅުއްވާނެ ކަމަށް

ރައީސް ސާލިޙް ގެ ސަރުކާރުން ކަނޑައެޅި ހަތަރު ހާސް ފްލެޓްގެ ހައްގުވެރިންގެ ތެރެއިން ގެޒެޓް ކުރެވުނު ލިސްޓުގައި ހިމެނޭ އެކަކުވެސް ފްލެޓް ލިސްޓުން ބާތިލް ނުކުރުމަށް އެދި ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަން އާ ބެހޭ ގޮތުން ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒު ފުލެޓް ދޫކުރުމުގައި އަމަލު ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި ގޮތަކީ މިހާރު ސަރުކާރުން އަމަލު ކުރާނެ އެއްޗެއް ނޫންކަން ހައުސިން މިނިސްޓަރ އަލީ ހައިދަރުގެ ވާހަކަ އިން ހާމަ ވެއްޖެއެވެ.

ކޮމިޓީގައި މެމްބަރުން ފާހަގަ ކުރެއްވީ ރިޔާސީ އިންތިޚާބުގައި އެއްތަނަށް ވުރެ ގިނަ ތަންތާނގައި، ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ އެއްވެސް ފަރާތެއްގެ އަތުން ފްލެޓް އަތުނުލާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

ދައުލަތުން ލިޔުން ދީފައި އޮތް އެއްވެސް މީހެއްގެ އަތުން ފްލެޓް އަތު ނުލައްވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވިދާޅުވި ވިދާޅުވުން މެމްބަރުން ތަކުރާރު ކޮށް ފާހަގަ ކުރެއްވި ނަމަވެސް އެއީ މިނިސްޓަރ މާބޮޑަށް ފަރުވާލެއް ބެހެއްޓެވި ވާހަކަ އެއް ކަމަކަށް ކޮމިޓީ ބައްދަލުވުމުގެ ތެރޭގައި ފާހަގަ އެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި މިނިސްޓަރ ފާހަގަ ކުރައްވަނީ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން "އަހާ ޕްރޮގްރާމް" ގައި ފްލެޓް ލިބޭނެ ފަރާތްތަކާ ބެހޭ ގޮތުން ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅަކަށެވެ.

"އެހެންވެ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި އެއްޗަކާ އަޅުގަނޑުމެން މިކުރާ މަސައްކަތަކާ އެއްވެސް ތައާރުޒް ވުމެއް ނެތް،" ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ހައިދަރު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސަރުކާރުގެ ނިޝާން ޖެހި ކޮންޓްރެކްޓް ހެދިފައި ހުރި ލިޔުންތަކަށް ފްލެޓެ ލިބެން ޖެހޭނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ އެކަމުގައި މިނިސްޓަރ ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ އައްސަވާ ސުވާލު ކުރެއްވުމުންނެވެ.

މެމްބަރު އައްބާސް ވިދާޅުވީ، ދައުލަތުން ދީފައިވާ ލިޔުމަކަށް އިހްތިރާމް ނުކުރުމުން ގާނޫނޫ އަރާ ހަމަ ކޮށް ހަމަ އެ ލިޔުން ހިފައިގެން ބަދަލު ހޯދަން ދިއުމުގެ ފުރުސަތު ލިބިދާނެ ކަމުގައެވެ.

މިނިސްޓަރ ހައިދަރު ޕެޓިޝަން ކޮމިޓީގައި މިހެން ވިދާޅުވި އިރު ޑރ. މުއިއްޒު ރިޔާސީ ކެމްޕޭންގައި އެތައް ބައެއްގެ ކުރިމަތީގައި ވިދާޅުވަމުން ގެންދެވީ ގޯހުން ވިޔަސް ފެއިލްވެފައިވާ ސިޔާސަތެއްގެ ދަށުން ވިޔަސް ރައްޔިތަކަށް ދީފައިވާ ފްލެޓްކަށްވެސް ގޯއްޗަކަށް ވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ހުރަސް ނާޅުއްވާނެ ކަމަށެވެ.

ތަކުރާރު ކޮށް ޑރ މުއިއްޒު ވިދާޅުވެފައިވަނީ ގެދޮރުވެރިކަމުގެ ޕްރޮގްރާމެއްގެ ދަށުން ރައްޔިތަކަށް އެއްވެސް އުއްމީދެއް ލިބިފައި އޮތް ކަމެއް އޭނާގެ ސަރުކާރަކުން ބާތިލް ނުކުރައްވާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ޑރ މުއިއްޒު ވެވަޑައިގެންނެވި ވައުދާ މުޅިން ޚިލާފަށް ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ކުރިން ފްލެޓް ލިބުނު މީހުން ކަމަށް ކަނޑައެޅި ލިސްޓަކީ ކެންސަލް ވެފައިވާ އެއްޗެއް ކަމަށް ހަދާ، އެޕްލައި ކުރި އެންމެންގެ އިވެލުއޭޝަން އަލުން ހަދާ ފްލެޓް ލިބޭ މީހުން އަލުން ކަނޑައެޅުން ކަން ހައުސިންގ މިނިސްޓަރ ހޯދަ ދުވަހު ޕެޓިޝަން ކޮމިޓީގައި ދެއްކެވި ވާހަކަފުޅުން ވަރަށް ސާފުވެއެވެ.

އަލުން އިވެލުއޭޝަން ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަން ހާމަ ކޮށްދެއްވަމުން ހައިދަރުގެ ވާހަކަފުޅުގައި ދިރިއުޅުމުގެ ހާލަތުގެ ވަޒަން ކުރުމުގެ ބަޔަކީ އެންމެ ބޮޑަށް އޮޅުވާލައިގެން ޕޮއިންޓް ހޯދާ ބައި ކަމަށް ވިދާޅުވިއެވެ. އިތުރަށް އެކަމަށް ބާރު ލިބޭ މޭރުމުން އޭނާ ވިދާޅުވީ އޮޅުވާލާފައިވަނީ އެކަން އެގޮތައް ކުރުމަށް ފުރުސަތު ދީފައި އޮތުމުން ކަމަށެވެ. އެހެން ކަމުން ލިބެން ހުރި މައުލޫމާތުގެ މައްޗަށް ބަލައި ދިރިއުޅުމުގެ ހާލަތު އަލުން ވަޒަން ކުރަން ޖެހޭނަމަ އެކަން އެ މިނިސްޓްރީން ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުން އޭސީސީ އިން ހެދި ރިޕޯޓަކީ ވެސް މިހާރު މާ ބޭނުންތެރި އެއްޗަކަށް ނުވެއެވެ. މެމްބަރުން ސުވާލު ކުރުމުން ސީދާ އެ ރިޕޯޓްގައި ޝަރުތު ހަމަވާ ކަމަށް ބުނާ 825 މީހުންނަށް ވެސް އަދި ފްލެޓް ލިބޭނެ ކަމެއް ކަށަވަރެއް ނުކުރެވެއެވެ.

ސަރުކާރުގެ މުޅި ވިސްނުމަކީ އަލުން ލިސްޓް އިވެލުއޭޓް ކޮށް ފްލެޓް ލިބޭނެ މީހުންގެ އައު ލިސްޓެއް އެކުލަވާލާ އެމީހުންގެ ޒާތީ މައުލޫމާތު ނުހިމެނޭ ގޮތައް ގެޒެޓް ކުރުމެވެ.

ފްލެޓް ލިބޭ ފަރާތްތަތައް ކަނޑައަޅަން ސަރުކާރުން ނިންމާފައިވާ ގޮތް ސާފުކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވިއެވެ.

ޕެޓިޝަން ކޮމިޓީގައި ހަތަރު ހާސް ފްލެޓާ މެދު އަމަލު ކުރަން ޑރ. މުއިއްޒުގެ ސަރުކާރުން އަމަލު ކުރަން ވިސްނާފައި މި އޮތީ ކުރިން މިކަމުގައި އަމަލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި ގޮތާ މުޅިން ތަފާތު އެހެން ގޮތަކަށެވެ. މިއާއެކު، އަލުން ލިސްޓް އިވެލުއޭޓް ކޮށް ހަތަރުހާސް ފްލެޓް ލިބޭ މީހުން މި ސަރުކާރުން މުޅިން އަލަށް ކަނޑައަޅާ ގޮތައް މި އޮތީ ހަމަޖައްސާފައެވެ. އޭސީސީ އިން ހެދި ދިރާސާ އަކުން އަދި ފްލެޓްތަކާ ބެހޭ ގޮތުން ލަފާ ދިނުމަށް އުފެއްދި ކޮމިޓީ ތަކުން ކުރި މަސައްކަތުގެ ބޭނުމެއްވެސް މިހާރު އޮތް ކަމަކަށް ނުފެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޮޅީގައި ދަންޖެހެން މަސައްކަތް ކުރި މީހެއްގެ ވާހަކަ، ޒިންމާ ނަގާނީ ކޮންބައެއް؟

ގޮޅީގައި ދަންޖެހެން މަސައްކަތް ކުރި މީހެއްގެ ވާހަކަ، ޒިންމާ ނަގާނީ ކޮންބައެއް؟

10 އޮކްޓޯބަރު 2018
ސީލައިފް ގްލޯބަލްގެ ފްލެޓްތައް: ފްލެޓެއް ވެސް ނުލިބުނު، ދެއްކި ފައިސާ ވެސް ނުލިބުނު!

ސީލައިފް ގްލޯބަލްގެ ފްލެޓްތައް: ފްލެޓެއް ވެސް ނުލިބުނު، ދެއްކި ފައިސާ ވެސް ނުލިބުނު!

16 ސެޕްޓެމްބަރު 2018
"އަލަތު ކައިވެނީގެ ފްލެޓް" ހުވަފެނީ ބިލާހަކަށް!

"އަލަތު ކައިވެނީގެ ފްލެޓް" ހުވަފެނީ ބިލާހަކަށް!

24 ޖުލައި 2018
ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

28 ޖެނުއަރީ 2018
ޓާޓާ ފްލެޓް ވިއްކާ ކަމަށް ބުނެ އަޑިނޭނގޭ ބޮޑު ޖަރީމާ އެއް ހިންގަނީ!

ޓާޓާ ފްލެޓް ވިއްކާ ކަމަށް ބުނެ އަޑިނޭނގޭ ބޮޑު ޖަރީމާ އެއް ހިންގަނީ!

24 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު