Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޞާލިހުގެ ވެރިކަން

ރައީސް ޞާލިހުގެ ލެގަސީ އަކީ މުޅި ރާއްޖެ އަށް ފެނާއި ނަރުދަމާ ފޯރުކޮށްދެއްވުން - ޖީހާން

އެ ފަޚުރު ރައީސާއި މެދު އަބަދުވެސް އޮންނާނެ ކަމަށް ޖީހާން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ސެޕްޓެމްބަރު 2023 | އަންގާރަ 03:33
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު

ރައީސް އިބްރާޙީމް މުހައްމަދު ޞާލިހުގެ ލެގަސީ އަކީ މުޅި ރާއްޖެ އަށް ފެނާއި ނަރުދަމާ ފޯރުކޮށްދެއްވުންކަމަށާއި އެ ފަޚުރު ރައީސާއި މެދު އަބަދުވެސް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޖީހާން ވަނީ މި ސަރުކާރަށް ވުރެ ބޮޑަށް ހައްގުތައް ކަށަވަރުކޮށްދިން ސަރުކާރެއް ނެތް ކަަމަށް ފާހަގަކުރައްވާފައެވެ. އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެ ކަމަނާ ޤަބޫލުކުރައްވާ ގޮތުގައި ހައްގުތައް ހޯދައިދިނުމުގައި އެންމެ މުހިންމު، އަދި ފުރަތަމަ ކަމަކީ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުން ކަމަށް ޖީހާން ވިދާޅުވިއެވެ. އެއްވެސް ޤައުމެއްގެ އެއްވެސް ރައްޔިތަކު އުފަލުގައި ނުވަތަ ގަދަރުވެރިކޮށް އުޅުމުގެ މައި ތަނބަކީ އެ މީހުންގެ އަސާސީ ހައްގުތައް ކަށަވަރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނާއި ނަރުދަމާ ފޯރުކޮށްދިނުމަކީ އާދައިގެ ކަމެއް ކަމަށާއި އެއީ ބޮޑު މަޝްރޫޢުތަކެއް ކަމަށް ނުބެލެވޭނެ ކަމަށް ބުނެ ސަރުކާރަށް ބައެއް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ޖީހާން ވިދާޅުވީ މިހާތަނަށް އައި އިރު ފެނާއި ނަރުދަމާގެ ހައްގުތައް އާއްމުންނަށް ފޯރުކޮށް ނުދީ ވަނީ އިދިކޮޅު ފަރާތްތަކަށް އެއީ އާއްމުންނަށް ކިހާ ބޭނުންތެރިކަމެއްކަން އިހުސާސް ނުކުރެވޭތީ ކަމަށެވެ. ނަމަވެސް އެއީ އާއްމުން ވަރަށް ބޮޑަށް އެދިގެން ތިބި ކަމެއްކަން ޖީހާން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މަދަނީ އަދި އެހެނިހެން ހައްގުތައް ހޯދާދިނުމުގައި ވެސް މި ސަރުކާރަކީ މިސާލެއް ކަމަށް ޖީހާން ވިދާޅުވިއެވެ. ސިޔާސީ ހައްގުތަކާއި ޚިޔާލުފާޅުކުރުމުގެ ހައްގުތައް ވެސް މި ސަރުކާރުން ފޯރުކޮށްދިން ވަރަށް ފޯރުކޮށްދިން ސަރުކާރެއް ނެތް ކަމަށް ޖީހާން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު