Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ރާއްޖެ ކަޓުވާލާ ނޭޕާލް ސެމީއަށް

25 ސެޕްޓެމްބަރު 2023 | ހޯމަ 13:58

ރާއްޖެއަށް ލިބުނީ އެއް ޕޮއިންޓް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 25 ސެޕްޓެމްބަރު 2023 | ހޯމަ 13:58
ލަނޑުޖެހުމަށްފަހު ނޭޕާލް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ސާފް

ލަނޑުޖެހުމަށްފަހު ނޭޕާލް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ސާފް

19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކަޓުވާލުމަށްފަހު ނޭޕާލް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

ރާއްޖެއަށް ސެމީފައިނަލްގައި ފުރުޞަތު ގެއްލުނު މެޗު ނޭޕާލުން ކާމިޔާބުކުރީ 4-1 ނެވެ. މެޗު އެއްވަރުކޮށްލައިގެންވެސް ސެމީއަށް ދިއުމުގެ ފުރުޞަތު އޮތް މެޗުގެ ފުރަތަމަ ހާފްގައިވެސް ނޭޕާލުން ދެ ލަނޑު ޖަހާ ލީޑެއް ނެގިއެވެ. ފުރަތަމަ ހާފްގައި ނޭޕާލްގެ ދެ ލަނޑު ޖެހީ ޕްރަޝާންތް ލަކްސަމްއާއި, ސާމިރު ތަމަންގއެވެ. ދެވަނަ ހާފް ފަށައިގެން 13 ވަނަ މިނިޓްގައި ރާއްޖެއިން ލަނޑެއް ޖަހާ އުއްމީދު ހޯދިއެވެ. ރާއްޖެއަށް ލަނޑު ޖަހައިދިނީ އާދަމް ލަޔާން ރަޝީދެވެ. އެކަމަކު ރާއްޖެއަށް އިތުރު ފުރުޞަތެއް ނުދީ ނޭޕާލްގެ ނިރާޖަމް ދަމީ 88 ވަނަ މިނިޓްގައި ލަނޑުޖަހާ ލީޑް އަލުން ފުޅާކުރިއެވެ. ނޭޕާލްގެ ހަތަރުވަނަ ލަނޑު އިތުރުވަގުތުގައި ޖެހީ ދެވަނަ ލަނޑުވެސް ޖެހި ސާމިރު ތަމަންގއެވެ. މެޗުގެ ބޮޑުބައި ދެޓީމުންވެސް ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ ކުޅުމުން ބޭރުގައި ހިނގި ކަމެއްގައި ރާއްޖޭގެ މުހައްމަދު އިޔާން ހަސަންއާއި, ނޭޕާލްގެ ސުޖަން ޑަންގޯލްއަށް ރަތްކާޑް ދެއްކުމުނެވެ.

ނޭޕާލް ސެމީފައިނަލަށް ދަތުރުކުރީ ރާއްޖެ އަތުން މޮޅުވެގެން ހޯދި ތިން ޕޮއިންޓާއެކުއެވެ. ޕާކިސްތާން އަތުންވީ ބައްޔެވެ. ގްރޫޕްގެ އެއްވަނަ ޕާކިސްތާން ހޯދީ ހަތަރު ޕޮއިންޓާއެކުއެވެ. ރާއްޖެ ނިންމާލީ ޕާކިސްތާން އަތުން ހޯދި ޕޮއިންޓާއެކުއެވެ. ޕާކިސްތާނާ ވާދަކޮށް ރާއްޖެ އެއްވަރުވީ 1-1 ނެވެ. އަނެއް ގްރޫޕުން ސެމީއަށް ދަތުރުކުރީ އިންޑިޔާއާއި ބޫޓާނެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް