Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަހުސު އޮޅުވާލުން

ޝަޚުސު އޮޅުވާލި މީހަކު 6 މަހަށް ގޭބަންދުކޮށްފި

އޭނާގެ ޖަލު އަދަބު ވަނީ 6 މަހާއި 4 ދުވަހުގެ ގޭބަންދުގެ އަދަބަކަށް ބަދަލުކޮށްދީފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ސެޕްޓެމްބަރު 2023 | ހޯމަ 10:37
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ޝަހުސު އޮޅުވާލުމުގެ މައްސަލައެއްގައި މީހަކު 6 މަހަށް ގޭބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ މ މެކޯނާގެ މުޙައްމަދު ޝާހީންގެ މައްޗަށެވެ.

އޭނާގެ މައްޗަށް މި ދައުވާކޮށްފައިވަނީ، ހުއްދަނެތި ގެއަކަށް ވަން މައްސަލައެއްގައި ފުލުހުން އޭނާ ހުއްޓުވައި ސުވާލުކުރުމުން، އޭނާގެ މައުލޫމާތުގެ ބަދަލުގައި އެހެން މީހެއްގެ ނަމާއި އައިޑީ ކާޑު ނަންބަރު ދީފައިވާތީއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ޝަހުސު އޮޅުވާލުމުގެ ކުށުގެ ދައުވާއެވެ.

އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ވުމާއެކު، ދައުލަތުން ވަނީ ދައުވާ ސާބިތު ކުރުމަށް ހެކި ހުށަހަޅާފައެވެ.

ޝަރީއަތުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކި ޤަރީނާތަކަށް ބަލާއިރު، މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއްކަމަށް ނިންމަވާފައެވެ.

އެހެންނަމަވެސް، މި މައްސަލައިގައި ޝަރީއަތް ފަށައި، އިފްތިތާޙީ ބަޔާންވެސް އިއްވާފައިވަނިކޮށް އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެގޮތުން ޝަހުސު އޮޅުވާލާފައިވާނެ ކަމަށާއި، އެކަން ކުރެވުނީ އޭރު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ހުރުމުންކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައިވާތީއާއި، އެއީ ސައްޙަ އަދި ފުރިހަމަ އިއުތިރާފެއްކަމަށްވާތީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނުނެގުމަށް ޝަރީއަތުން ނިންމިއެވެ.

ޝަރީއަތުން ވަނީ މިއީ އޭނާގެ އިއުތިރާފުގެ މައްޗަށް ބަލައި، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ މައްސަލައެއްކަމަށް ނިންމާފައެވެ.

މި ކުށުގެ އުޤޫބާތެއްގެ ގޮތުން އޭނާ 3 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށް، އޭގެ ތެރެއިން އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ 3 މަހާއި 2 ދުވަހުގެ ޖަލު އަދަބެއްކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.

އެއަށްފަހު، ޤާނޫނުލްއުޤޫބާތުގެ 1005 ވަނަ މާއްދާގެ ދަށުން އޭނާގެ ޖަލު އަދަބު ވަނީ 6 މަހާއި 4 ދުވަހުގެ ގޭބަންދުގެ އަދަބަކަށް ބަދަލުކޮށްދީފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު