Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

"ވިސްނާނުލައި މިކުރެވުނީ ކީއްހެއްޔެވެ. އަދިވެސް މިގޮތުގައި ހުންނާންވީ ހެއްޔެވެ"

އިބޫ ނުހޮވިއްޖެ ނަމަ އަނބުރާ އެއަނިޔާވެރިކަމަށް ވެއްޓޭނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 ސެޕްޓެމްބަރު 2023 | ހޯމަ 08:31
ފުރަތަމަ ބުރުގައި ވޯޓުލެވުނު ގޮތާމެދު ބައެއް މީހުން ދެރަވޭ

ފުރަތަމަ ބުރުގައި ވޯޓުލެވުނު ގޮތާމެދު ބައެއް މީހުން ދެރަވޭ

އަހަރެން ރުޅިއައީ އެކަމާއެވެ.

އުމުރު ހުސްވިއިރުވެސް ނުލިބުނު ގޯތިގެ ފަތް އަތަށްއެރިއިރު ހުޅުމާލެއިން ނުލިބި ގުޅީފަޅުން ލިބުނީތީއެވެ.

މުއިއްޒަށް ވޯޓުދިނީ އެހެންވެގެން އެ ރުޅީގައެވެ. ކުރިން ލިބުނު ފްލެޓް އަތުލީ މުއިއްޒުކަން ހަނދާން ނައްތާލާފައެވެ.

އެކަމަކު މިހާރު ހިތަށް އެބައަރައެވެ. ވިސްނާ ނުލައި މިކުރެވުނީ ކީއްހެއްޔެވެ. އަދިވެސް މިގޮތުގައި ދެމިހުންނާންވީ ހެއްޔެވެ.

މުޅި އާއިލާވެސް ނުރުހުނީ އެކަމާއެވެ.

ފްލެޓާއި ގޯއްޗަށް ފޯމުލި 9 ކުދިންގެ ތެރެއިން 8 ކުދިންގެ ނަން ކަށަވަރުވިއަސް އެއް ކުއްޖަކު ޝަރުތު ހަމަނުވީތީއެވެ.

މުއިއްޒަށް ވޯޓުދިނީ އެހެންވެގެން އެއުދާސްގަނޑުގައެވެ. ދަންވަރު ހޭލާތިބެ ޖެހުނުކިއޫގައިތިބެގެންލީ އެއްވެސް ފޯމެއް ޝަރުތު ހަމަނުވިކަން ހަންދާން ނައްތާލާފައެވެ.

އެކަމަކު މިހާރު އާއިލާތެރޭގައިވެސް އެބަކިޔައެވެ. ވިސްނާ ނުލައި މިކުރެވުނީ ކީއްހެއްޔެވެ. އަދިވެސް މިގޮތުގައި ދެމިހުންނާންވީ ހެއްޔެވެ.

ވޯޓުލާންދާން ދޮންދައްތަ ދެކޮޅު ހެދީ އެކަމާއެވެ.

ފެނަކައަށް އަލަށް ނެގި މީހުންގެ ލިސްޓުގައި ޅިޔަނު ނެތީތީއެވެ.

މުއިއްޒަށް ވޯޓުދިނީ އެހެންވެގެން އެކަންބޮޑުވުމުގައެވެ. ފެނަކައިގާ ކުރިން ހުއްޓާ ރީނދޫ ޓީޝާޓެއް ލައިގެން ނުކުތީތީ ޅިޔަނު ކަނޑާލިކަން ހަނދާން ނައްތާލާފައެވެ.

އެކަމަކު މިހާރު ދޮންދައްތަވެސް ބުނެފިއެވެ. ވިސްނާ ނުލައި މިކުރެވުނީ ކީއްހެއްޔެވެ. އަދިވެސް މިގޮތުގައި ދެމިހުންނާންވީ ހެއްޔެވެ.

ކޮއްކޮއަށް ނިދާ ހޭނުލެވުނީ ރޭގަނޑު ހޭލާ ހުރެގެނެއް ނޫނެވެ.

އިބޫއަށް ވޯޓުލާންދާން ބަލައި އައިސްދާނެތީ މަޅިޖަހަން ވެގެންނެވެ. އެވެރިން ކުޅެމުންދާ ޓަރފް ދަނޑުގެ ރޮސްޓްރޮމް މަސައްކަތް ނުނިމި ލަސްވާތީއެވެ.

ފަހުވަގުތު ގޮސް މުއިއްޒަށް ވޯޓުދިނީ އެހެންވެގެންނެވެ. ވީހާ ދުވަހެއްވީ ހިރަފުސް ވެލި ދަނޑެއްގައި ކުޅެގެންކަން ހަނދާން ނައްތާލާފައެވެ.

އެކަމަކު މިހާރު ކޮއްކޮވެސް ދެރަވެއްޖެއެވެ. ވިސްނާ ނުލައި މިކުރެވުނީ ކީއްހެއްޔެވެ. އަދިވެސް މިގޮތުގައި ދެމިހުންނާންވީ ހެއްޔެވެ. 

ބައްޕަ ރުޅިމޫނު ދެއްކީ އެހެންވެގެންނެވެ.

ހަރުގެ ހަރަކާތްތަކުގައި ކުޑައިކޮށް ދުރުކޮށްލައިފިކަމަށް ހީވެގެންނެވެ. ބައްޕަ ރަށުގައިނެތިސް ޖެހިގެން ހުރިގޭ ހުސޭނު ލައްވާ ޕޯސްޓަރު ހިއްޕުވީތީއެވެ.

ވޯޓުލީ ދުވަހު ފަތިހާ މަހަށްފުރީ އެކަމުގެ ނުތަނަވަސްކަމުގައެވެ. ބައްޕަގެ ވޯޓު ނުލައިފިނަމަ ރަށުފޮށިން މެޖޯރިޓީ ނުލިބޭނެކަން ހަނދާން ނައްތާލާފައެވެ.

އެކަމަކު މިހާރު ބައްޕަވެސް ދެރަވެ ރޮއެނަގަނީއެވެ. ވިސްނާ ނުލައި މިކުރެވުނީ ކީއްހެއްޔެވެ. އަދިވެސް މިގޮތުގައި ދެމިހުންނާންވީ ހެއްޔެވެ.

ހޭވެރިކަންވީ ފުރަތަމަ ބުރުގައި މުއިއްޒު ބޮޑުތަނުން މޮޅުވީމައެވެ.

ކަމަކަށް ނުވާ ޒާތީ ކަމަކާހުރެ ނަތީޖާ ބަދަލުވީ އެހެންވެގެންނެވެ. ވިސްނުނުއިރު ވާނެ ހައެތިވެ ނިމިއްޖެއެވެ.

އެކަމަކު މިހާރު ހިތަށް އެބައަރައެވެ. ދެނެއް އެހެން ވިޔަކަ ނުދޭނަމެވެ.

ގެއްލިގެންދާނީ މަގޭ ޤައުމާ މަގޭ ކުރިމަގެވެ. ވެއްޓޭނީ އިހުއޮތް ނާމާންކަމާއި ބިރުވެރި ކަމަށެވެ.

ހިލާ އެހެންވިޔަކަ ނުދޭނަމެވެ. މިފަހަރު ވޯޓުލާނީ އިބޫއަށެވެ. ކުދިކަންކަން ހައްލު ކުރާނީ އޭގެ ފަހުންނެވެ.

އިތުރަށް ކިޔާލަން

27 އޯގަސްޓު 2018

ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް

27 އޯގަސްޓު 2018
ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް
11 ޖުލައި 2018

އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!

11 ޖުލައި 2018
އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!
14 ޖޫން 2018

ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް

14 ޖޫން 2018
ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް
30 އެޕްރީލު 2018

އަދިވެސް އަޑުގަދަ މީހާ ރުއް ގިނަ!

30 އެޕްރީލު 2018
އަދިވެސް އަޑުގަދަ މީހާ ރުއް ގިނަ!
24 އެޕްރީލު 2018

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018
މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު