Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބުގެ މަސައްކަތް

ރިޔާސީ އިންތިޚާބު 2023: ބޭރުގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން އެންމެ ލަހުން ވޯޓްލާން ފަށާނީ މެލޭޝިއާގައި

24 ސެޕްޓެމްބަރު 2023 | އާދީއްތަ 16:51

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 586 ވޯޓް ފޮށި ބަހައްޓާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ސެޕްޓެމްބަރު 2023 | އާދީއްތަ 16:51
ރިޔާސީ އިންތިޚާބުގެ 2023ގެ ފުރަތަމަ ބުރުގެ ތެރެއިން

ރިޔާސީ އިންތިޚާބުގެ 2023ގެ ފުރަތަމަ ބުރުގެ ތެރެއިން

ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި، ރާއްޖޭން ބޭރުގައި ވޯޓްފޮށި ބަހައްޓާ ގައުމުތަކުގެ ތެރެއިން އެންމެ ލަހުން ވޯޓްލާން ފަށާނީ މެލޭޝިއާގައި ކަމަށް އީސީން ބުނެފިއެވެ.

ރާއްޖެއިން ބޭރުގެ 5 ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއީ އެކުވެރި އަރަބި އިމާރާތުގެ (އަބޫދާބީ)، ސްރީލަންކާގެ (ކޮލަންބޯ)، އިންޑިއާގެ (ޓްރިވެންޑްރަމް)، އިނގިރޭސިވިލާތުގެ (ލަންޑަން) އަދި މެލޭޝިއާގެ (ކުއަލަލަމްޕޫރް)ގައެވެ.

އެގޮތުން އަބޫދާބީގައި އެގައުމުގެ ގަޑިން ވޯޓުލާން ފަށާނީ ހެނދުނު 8:00ގައެވެ. ހަވީރު 5:00ގައި ވޯޓުލުން ނިންމާނެއެވެ. އިންޑިއާގައި 8:30ން 5:30ށް، ސްރީލަންކާގައި 8:30ން 5:30ށް، އިނގިރޭސިވިލާތުގައި 8:30ން 5:30ށް އަދި މެލޭޝިއާގައި 11:00ން ރޭގަނޑު 8:00ށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 586 ވޯޓް ފޮށި ބަހައްޓާނެއެވެ.

އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށްފަހު ޖުމްލަ 12 ފޮށި އިތުރުވި ކަމަށެވެ. ފުރަތަމަ ބުރުގައި ޖުމްލަ ބެހެއްޓީ 574 ވޯޓް ފޮއްޓެވެ.

ހަބީބް ވިދާޅުވީ ދެވަނަ ބުރުގައި އިތުރުވީ މާލޭގައި 4 ވޯޓް ފޮށި، ހުޅުމާލެ ފޭސް އެކެއްގައި 2 ފޮށި، ހުޅުމާލެ ފޭސް ދޭއްގައި 4 ފޮށި، ވިލިމާލޭގައި 1 ފޮށި އަދި އިންޑިއާގެ ޓްރިވެންޑްރަމްގައި 1 ފޮށި ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 408 މީހުން ހިމެނެއެވެ. އަލަށް ވޯޓުލެވޭ މީހުންނާއެކު ޖުމްލަ 282,803 މީހުންނަށް ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް