Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ސަސުއޯލޯ އިން ޔުވެންޓަސް ބަލިކޮށްފި

މެޗުން ސަސުއޯލޯ މޮޅުވީ ފަހު ވަގުތު ޔުވެންޓަސްގެ ފެޑެރިކޯ ގަޓީ އަތުން ބައި ކޮޅަށް ވަން ލަނޑުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ސެޕްޓެމްބަރު 2023 | އާދީއްތަ 05:50
މެޗުގައި ލަނޑު ޖެހުމަށްފަހު ސަސުއޯލޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ސަސުއޯލޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިޓާލިއަން ލީގުގައި ސަސުއޯލޯއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް ބަލިވެއްޖެ އެވެ.

ސަސުއޯލޯގެ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޔުވެންޓަސް ބަލިވީ 4-2 އިންނެވެ. މިއީ މި ސީޒަންގެ އިޓާލިއަން ލީގުގައި ޔުވެންޓަސް ބަލިވި ފުރަތަމަ މެޗެވެ. ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު ވަނީ ތިން މެޗުން މޮޅުވެފަ އެވެ. އެއް މެޗުން ބަލިވީއިރު، އަނެއް މެޗު ވަނީ އެއްވަރުވެފަ އެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ސަސުއޯލޯ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އާމަންޑް ލޯރިއެންޓޭ އެވެ. ނަމަވެސް އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަވީ ސަސުއޯލޯގެ ޑިފެންޑަރު މަތިއަސް ވިނާ އަތުން ބައި ކޮޅަށް ވަން ލަނޑުންނެވެ. ދެ ވަނަ ފަހަރަށް ސަސުއޯލޯ އިން މެޗުގައި ލީޑު ނެގީ 41 ވަނަ މިނެޓުގަ އެވެ. މަތިއުސް ހެންރީކޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑޮމެނިކޯ ބެރާޑީ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ޔުވެންޓަސް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. 78 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފެޑެރިކޯ ޗިއެސާ އެވެ. އޭނާ އެ ލަނޑު ޖެހީ ނިކޮލޯ ފަގިއޯލީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް އޭގެ ފަހުން ފިނަމޮންޓީ ވަނީ ލަނޑު ޖަހައި ސަސުއޯލޯ އަށް ކުރި ހޯދައިދީފަ އެވެ. މެޗުން ސަސުއޯލޯ އަށް ފުރިހަމަ މޮޅެއް ލިބުނީ ފަހު ވަގުތު ޔުވެންޓަސްގެ ފެޑެރިކޯ ގަޓީ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

މި ނަތީޖާ އާއެކު ޔުވެންޓަސް އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ. އެއީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. ފަސް މެޗުން ހަ ޕޮއިންޓާއެކު ސަސުއޯލޯ އޮތީ 11 ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
16 އެޕްރީލު 2017

ޔުވެންޓަސް ލީޑްފުޅާ ކޮށްފި

16 އެޕްރީލު 2017
ޔުވެންޓަސް ލީޑްފުޅާ ކޮށްފި
12 އެޕްރީލު 2017

ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި

12 އެޕްރީލު 2017
ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
09 އެޕްރީލު 2017

ޔުވެންޓަސް ލީގު ނެގުމާ ގާތަށް

09 އެޕްރީލު 2017
ޔުވެންޓަސް ލީގު ނެގުމާ ގާތަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު