Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމަށް ބުނާ ވާހަކަ

ރާއްޖޭގައި ބޭރުގެ ސިފައިން ތިބޭ ވާހަކައަށް ރައީސްގެ ސާފު ރައްދެއް - "މިތިބީ ހުރިހާ ތަނެއް ދައްކަން، އެއީ ރޯ ބުހުތާން ދޮގު"

23 ސެޕްޓެމްބަރު 2023 | ހޮނިހިރު 17:59

ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ނުދެއްވާނެ ކަަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ސެޕްޓެމްބަރު 2023 | ހޮނިހިރު 17:59
ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހާގައި ބާއްވާ ކެމްޕެއިން ޖަލްސާ

ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހާގައި ބާއްވާ ކެމްޕެއިން ޖަލްސާ

ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމުގެ ވާހަކަ މެދުނުކެނޑި ދެއްކިނަމަވެސް، އެކަމުގައި އެއްވެސް ހަގީގަތެއް ނެތްކަން ފާހަގަކުރައްވައި، އެފަދަ ވާހަކަތައް ދައްކަވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސާލިހު ރައްދު ދެއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ސޯސަން ޖަގަހާގައި އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަސްކަރީ ބޭނުމަށް ރާއްޖޭގެ އެއްވެސް ތަނެއްގައި ސިފައިން ނުތިބޭނެކަމަށެވެ. އަދި ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމަށް ބުނެ ދައްކަމުން ދިޔައީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ، އުތުރު ތިލަފަޅަކީ އިންޑިއާގެ އަސްކަރީ ބޭހެއް އަޅާ ތަނެއްކަމަށް ތުހުމަތުކޮށްފައެވެ. އަދި އެތަނުގެ މިލްކުވެރިކަން ދިވެހިންނަށް ނެތްކަމަށްވެސް އައީ ބުނަމުންނެވެ. މީގެ އިތުރުން އައްޑޫ ޕޮލިސް އެކެޑެމީއާ ގުޅޭގޮތުންވެސް މިފަދަ ވާހަކަތަކެއް ފަތުރާފައިވެއެވެ.

Advertisement - newsAdvertisement

އެކަމާގުޅިގެން ރައީސް ވިދާޅުވީ، ރާއްޖޭގެ އިސްތިގުލާލާމެދު ދެއްކި އެފަދަ އެއްވެސް ވާހަކައެއްގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ. އެއްވެސް ތަނެއްގައި، އެއްވެސް ގައުމެއްގެ ބަޔަކު އަސްކަރީ ބޭނުމަކަށް ނުތިބޭނެކަމަށާއި، އެ ހުރިހާ ތަނެއް ދައްކަވަންވެސް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް، އެހެން ބައެއްގެ އަތްމައްޗަށް މިލްކުކުރުމަށް ރޭގަނޑުގެ ވަގުތެއްގައި މަޖިލިސް އެއްކުރީ ކޮން ބައެއްކަން އާއްމުންނަށް އެނގޭނެ ކަަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ކުރީގެ ސަރުކާރުން އިސްލާހު ގެނައުމުން، އެކަމާ ދެކޮޅަށް އޭރުވެސް އަޑު އުފުލަމުން ދިޔައީ މިހާރުގެ ސަރުކާރުގައި ތިބި ފަރާތްތައްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެކަމަށް ހައްލު ގެނެސް، މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަ ކުރި ކަމަކީ އެ އިސްލާހު ބަދަލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ނުދެއްވާނެ ކަަމަށެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސްކަމަކީ ގައުމުގެ މަސްލަހަތުކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ކަންކަމުގައި ބަސް ކިޔާނީ ދިވެހިންކަމަށާއި، ރާއްޖޭގެ ކަންކަންކަމުގައި ގޮތް ނިންމާނީ ދިވެހިން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުން ގުޅުން ކަނޑާލާފައިވާ ގައުމުތަކާއެކު މި ސަރުކާރުން ގުޅުން ބަދަހިކޮށްފައި ވާކަމަށާއި، މިއަދު ދިވެހިންނަކީ ބައިނަލްއަގުވާމީ މައިދާނުގައި ބަސްކިޔޭ ބައެއް ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް