Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކޮފީ ތަށި ބޮއި ނިމުނުއިރު ލޮލުން ކަރުނަ އަތުވެއްޖެ

ގާނޫނުތައް ބަދަލުކޮށް މިނިވަންކަން ނަގާލަމުންދިޔަ

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2023 | ހޮނިހިރު 12:46
ކޮފީއަކަށް އަރާ ދެއްކި ވާހަކައިން އެނގުނީ ނާމާންކަމާއި ބިރުވެރިކަން ތަހައްމަލުކުރަން ޖެހުނު ކަން

ކޮފީއަކަށް އަރާ ދެއްކި ވާހަކައިން އެނގުނީ ނާމާންކަމާއި ބިރުވެރިކަން ތަހައްމަލުކުރަން ޖެހުނު ކަން

ކޮންމެ ގޮތެއް ހެޔޮވުމަކީ ގޮތެއް ނޫނެވެ. ކޮންމެ ގޮތެއް ވަރިހަމަވުމަކީވެސް ގޮތެއް ނޫނެވެ. ތިމާގެ އަމިއްލަ ވިސްނުމުގެ މައްޗަށް އަނެކުން ބާރު ފޯރުވާން ދޫކޮށްލައިގެން ހުރުމަކީވެސް ގޮތެއް ނޫނެވެ. މީހަކު ބުންޏަސް ނުބުންޏަސް ނުބައި ވާނީ ނުބަޔަށެވެ. ބުނާތީ އަހަމެވެ. ބެދޭ މަޅިއެއް ނުފެންނާނެއެވެ. ފެންނާނީ ބެދިފައި އޮއްވައެވެ.

ރައްޓެއްސަކު އެރި ކޮފީއެއްގެ ވާހަކަ އޭނާ އަޅުގަނޑަށް ކިޔައިދިނެވެ. ޕާޓީއެއްގައި ނޫޅުނަސް ކޮފީއަށް އޭނާ އެރީ ހިޔާލު ތަފާތު މީހަކާ އެއްކޮނެވެ. ކުރިން އެއް ޕާޓީއެއްގައި އުޅުނުއިރު ހިޔާލުވެސް އެއްގޮތެވެ. ފިކުރުވެސް އެއްގޮތެވެ. މިބުރުގައި އޮތީ ކިހިނެއްތޯ ރަހުމަތްތެރިޔާ ގާތު އެހި ވާހަކަ އޭނާ ބުންޏެވެ. ޖަވާބު އައީ ހަމަ ހީކުރި ގޮތަށެވެ. ކޮންމެ ގޮތަކަށް ކަން ހިނގިޔަސް ނިންމައިގެން ހުރީ ހަމަ އެކަން ކުރާ ގޮތަށެވެ. ސަބަބެއް ކަމަށް ދެއްކީ އުފެދުނު ހިޔާލު ތަފާތުވުމެވެ. ދެބަސްވި ދެބަސްވުމެވެ. އެއްބަޔަކު އަނެއްބަޔަކަށް ގޮވި އެއްޗިއްސެވެ. އެ ލައްގަނޑު ހިތުން ނުފިލާނެ ކަމަށާއި، ދުވަހަކުވެސް ހިތްހެޔޮ ނުވާނެ ކަމަށް ބުންޏެވެ.

އެތައް ވާހަކައެއް އޭނާ ދައްކަމުން ދިޔަ ކަމަށް އަޅުގަނޑުގެ އެކުވެރިޔާ ބުންޏެވެ. ޕާޓީ އަށްޓަކައި ވީ ގުރުބާނީގެ ވާހަކައެވެ. އެތައް ފަހަރަކު ޖަލަށް ލީ ވަހަކައެވެ. ޖީބުން ހަރަދުކުރި ވާހަކައެވެ. ރެޔާއި ދުވާލު ޕާޓީއަށްޓަކައި މަގުމަތީގައި އުޅުނު ވާހަކައެވެ. ހިތުގައިވާ ހުރިހާ އުދާހެއް ބޭރުކޮށް ނިމެންދެން އަޑުއަހަން އިން ވާހަކަ އޭނާ ބުންޏެވެ. ހުރިހާ ވާހަކައެއް ދައްކައި ނިމުމުން މަވެސް އެއްޗެއް ބުނެލަންހޭ ބުނެ ވާހަކަ ފެށި ވާހަކަ ބުންޏެވެ. ތިޔަކަން އޮތީ ތިޔަހެން ކަމުގައި ވެދާނެއެވެ.

ދެފަރާތަށްވެސް ނުރަނގަޅު ވާހަކަ ދެއްކިފައި ހުރިކަމަށް ވެދާނެއެވެ. އެކަމަކު ހަގީގަތް ގަބޫލުކުރާށެވެ. ހަގީގަތާ ކުރިމަތިލާށެވެ. ޕާޓީއަށްޓަކައި ވިޔަސް ގައުމަށްޓަކައި ވިޔަސް ހަތް އަހަރު މަގުމަތީގައި އުޅެން ޖެހުނީ ކޮން ބައެއްގެ އަނިޔާވެރި ކަމެއްގެ ސަބަބުން ހެއްޔެވެ. އެތައް ފަހަރަކު ޖަލަށް ލީ ކޮން ބައެއްގެ ވިޔާނުދާ އަމަލުތަކެއްގެ ސަބަބުން ހެއްޔެވެ. ގާތް މީހުންނަށާއި ދުރު މީހުންނަށް އެތައް އަނިޔާ ތަކެއް ލިބި ލޭ އޮހޮރިގެން ދިޔައީ ކޮން ބައެއްގެ އަނިޔާވެރި ކަމެއްގެ ސަބަބުން ހެއްޔެވެ. ރެއެއް ދުވާލެއް ނެތި ފުލުހުން މީހުން ހައްޔަރު ކުރަމުން ދިޔައީ ކޮން ބައެއްގެ އޯޑަރަކަށް ހެއްޔެވެ.

އާއިލާތައް ހުރިހުރި ގޮތަށް ޖަލަށް ލަމުން ގެންދިޔައީ ކޮން ބައެއްގެ ނުފޫޒަކުން ހެއްޔެވެ. ސުމާރެއް ނެތި ނެރެމުންދިޔަ ކޯޓު އަމުރުތަކާއި، ފިކުރެއް ހިޔާލެއް ނެތި ޖަހަމުން ދިޔަ ބަންދުގެ މުއްދަތުތައް ޖަހަމުން ދިޔައީ ކޮން ބައެއްގެ އެދުމަކަށް ހެއްޔެވެ. މާރާ މާރީއާއި މީހުން މެރުމާއި ވައްކަމާއި ފޭރުމާއި މީހުން ވަގަށް ނެގުން އާއްމުކޮށް، މަގުތަކުގެ އަމާންކަން ނަގާލީ ކޮން ބައެއްގެ މޭސްތިރިކަމުގެ ދަށުން ހެއްޔެވެ.

ގާނޫނުތައް ބަދަލުކޮށް މިނިވަންކަން ނަގާލައި އެންމެންނަށް ބިރުދައްކައި ފަރުދުންގެ ހައްގުތައް ގެއްލުވާލީ ކޮން ބައެއްގެ މޮޅު ބުއްދިއަކުން ހެއްޔެވެ. ހައްޔަރު ނުކުރާ މީހެއް ޖަލަށް ނުލާ މީހެއް، މުއްދަތު ނުޖަހާ މީހެއް ނެތޭ ހީވާ ވަރަށް މީހުން ޖަލަށް ލަމުން ދިޔައީ ކޮން ބަޔަކު ރޭވި މޮޅު ރޭވުމަކުން ހެއްޔެވެ. ގެއިން ނިކުންނަން ބިރުން އެނބުރި ގެއަށް ދާން ބިރުން ނިދަން އޮށޯންނަން ބިރުން ނިދިން އަލުން ހޭލަން ބިރުން ރައްޔިތުން އުޅެން ޖެހުނީ ކޮން ބަޔަކު އުފެއްދި ބިރުވެރި ކަމެއްގެ ސަބަބުން ހެއްޔެވެ.

ބިރު ދެއްކުމާއި އިންޒާރު ދިނުމާއި ގަދަ ބާރުން ކަންކަން ކުރުވުމުގެ ސަގާފަތެއް މުޅި ގައުމުގައި އާންމު ކުރީ ކޮން ބަޔަކު ކުރެހި ޕްލޭނެއްގެ ދަށުން ހެއްޔެވެ. އެތައް ބަޔަކު އިންސާފަށް އެދި އާދެސްކުރަމުން ދިޔަ އަޑު ނާހަން ހެއްޔެވެ. ބޭރަށް ނިކުތް ދަރިފުޅަށް ދެން ވާނެ ގޮތެއް ނޭންގިގެން ރުއި އެތައް މައެއްގެ ރުއިމުގެ އަޑު ނާހަން ހެއްޔެވެ. ޖަލުގައި ހުރި ފިރިމީހާއާއި ޖަލުގައި ހުރި ދަރިފުޅާ ޖަލުގައި ހުރި ކޮއްކޮއާއި ޖަލުގައި ހުރި ބޭބޭއަށް ސަލާމަތްކަން ދެއްވުން އެދި ދުއާ ކުރަމުން ދިޔަ އެތައް އަންހެނުންނެއްގެ ދުއާގެ އަޑު ނާހަން ހެއްޔެވެ. ޖަލަށް ލީ ދަރިފުޅާ އަނިޔާވެގެން އެޑްމިޓްކުރި ދަރިފުޅަށްޓަކައި ރުއި ދުވަސްވީ އެތައް ދެމަފިރިއެއްގެ ވޭނީ އާހުގެ އަޑު ނާހަން ހެއްޔެވެ.

އެ ދުވަހު އެކަންކަމާއި ދެކޮޅަށް ނިކުތް އެތައް ބައެއްގެ ތެރެއިން އެކަކީ ތީ ނޫންހެއްޔެވެ. އެ އަނިޔާވެރި ދުވަސްތައް ނިމުމަކަށް އައުމުން އެކަމަށް ﷲ ށް ހަމްދުކޮށް އެފަދަ ދެވަނަ ދުވަހެއް ނުދެއްކެވުން އެދި ދުއާ ކުރީ ދެމީހުން އެއްތަނުގައި ތިބެ ނޫންހެއްޔެވެ. އެ ދުވަސް ހަނދާން ނައްތާލާ އެގޮތް އޯކޭ ވާނެ މީހަކަށް އެކުވެރިޔާ ނުވާނެކަން އިނގޭނެ އެކަކީ އަހަރެން ނޫން ހެއްޔެވެ. ވިސްނާލާށެވެ. ތަނެއްގައި އިނދެ ފިކުރު ހިންގާލާށެވެ. އެ ދުވަހުގެ ޓޭޕު އަލުން ބަލާލާށެވެ.

އެ އިހްސާސްތައް އެކުވެރިޔާ ހެޔޮ މަގަށް ގެންގޮސްދޭނެއެވެ. ތިޔަ ވިސްނުން ދޫކޮށްލާށެވެ. އެ ދުވަހު ކުރި ހިތްވަރު އަލުން ކުރަން ނިކުންނާނެ ބުންވަރެއް ދެމީހުން ގަޔަކުވެސް ދެނެއް ނުހުންނާނެއެވެ. އެހެން ނަހަދާށެވެ. އެ ދުވަސް އަލުން ގެންނަން މަސައްކަތް ކުރާ މީހަކަށް ނުވާށެވެ. ތިޔަ ހިތްބުރަކަން ދޫކޮށްލާށެވެ. ހިތް ސާފުކޮށްލާށެވެ. އަތް ވެއްޓޭނީ ކަކުލަށް ނޫންހެއްޔެވެ.

އަހަރެން ވާހަކަ ދައްކައި ނިންމާލި އިރު ކޮފީ ތަށި ހުސްވެއްޖެއެވެ. އަޑު އަހަން އިން ރަހުމަތްތެރިޔާގެ ލޮލުން އޭރު ކަރުނަ އަތުވެއްޖެ ކަމަށް އަޅުގަނޑުގެ އެކުވެރިޔާ ކިޔައިދިނެވެ. އޭނާ ބުނީ އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެއީ ބިރުވެރި ހަނދާން ތަކެކެވެ. އަދިވެސް އެއީ ހަމަ އެމީހުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގިނައިން ޗޮކްލެޓް ކެއުމާއި ކޮފީ ބުއިމަކީ އުމުރު ދިގުވުމުގެ ސިއްރެއް: ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާ

ގިނައިން ޗޮކްލެޓް ކެއުމާއި ކޮފީ ބުއިމަކީ އުމުރު ދިގުވުމުގެ ސިއްރެއް: ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާ

19 ސެޕްޓެމްބަރު 2020
އިދިކޮޅުން ކުރިހާވެސް ކަމަކީ ޖަލްސާ 'ބޮއިކޮޓް' ކުރުން!

އިދިކޮޅުން ކުރިހާވެސް ކަމަކީ ޖަލްސާ 'ބޮއިކޮޓް' ކުރުން!

09 ޖޫން 2020
ތުއްތުކުދިންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދެނީ ތެލިތަށި ހިފައިގެން ކިޔާ ލަވަތަކުން!

ތުއްތުކުދިންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދެނީ ތެލިތަށި ހިފައިގެން ކިޔާ ލަވަތަކުން!

22 މާރިޗު 2020
މިނިސްޓަރ އިމްރާން ފުރަތަަމަ ވަޒީފާއަކީ ހޮޓެލެއްގައި ތަށި ދޮވެދިނުން

މިނިސްޓަރ އިމްރާން ފުރަތަަމަ ވަޒީފާއަކީ ހޮޓެލެއްގައި ތަށި ދޮވެދިނުން

20 މެއި 2019
ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

30 މާރިޗު 2019

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު