Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަލިތަކުރުފާނު ޒިޔާރަތް

އަލިތަކުރުފާނުގެ ޒިޔާރަތް: ހަށިކޮޅު ތަކަންދޫގައި، އިސްތަށިފުޅު ވަނީ ފުނަދޫގައި!

ތަކަންދޫގައި ޒިޔާރަތް ހުންަނަކަން އެނގެނީ ކިތައް ދިވެހިންނަށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2018 | ބުރާސްފަތި 03:21
ޢަލިތަކުރުފާނު ޒިޔާރަތް

ޢަލިތަކުރުފާނު ޒިޔާރަތް

ހއ. ތަކަންދޫއަކީ ދިވެހި ރާއްޖޭގެ ތާރީޙާ ގުޅިފައިވާ ރަށެކެވެ. އެރަށް ހާއްސަ ވަނީ ދިވެހިންގެ މިނިވަންކަމާއި ގުޅިފައިވާ ރަށަކަށް ވުމުންނެވެ. ތާރީޙީ އެތައް ކަމެއް އެރަށުގައި ހިނގާފާއިވާއިރު، މިއަދު އެކަން އިނގެނީ ކިތައް ދިވެހިންނަށްތޯއެވެ. މި ދައްކަނީ ތޯތޯ ވާހަކައެއް ނޫނެވެ. އެރަށުގެ ފަސްގަނޑުން އެކަން ހެކިދެއެވެ. ތާރީހުގެ ސޮފުހާތަކުގައި އެރަށުގައި އެތައް ކަމެއް ހިނގާފައިވާކަން ލިޔެވިފައިވެއެވެ. އެއީ މީލާދީން 1570 ވަނަ އަހަރުގެ ތެރޭގައެވެ. އެ ދުވަސްވަރުގެ ހަނދާންތައް ގުޅިފައި ވަނީ ތަކަންދޫގައި ހުންނަ އަލިތަކުރުފާންގެ ޒިޔާރަތާއެވެ.

ޢަލިތަކުރުފާން ޒިޔާރަތް

ތަކަންދޫގައި ހުންނަ ޒިޔާރަތުގައި އަލިތަކުރުފާގެ ހަށިކޮޅު ވަނީ ފަސްދާނު ލެވިފައެވެ. އެ ޒިޔާރަތަކީ ޕޯޗްގީޒުން ޝަހީދުކުރި އުތީމު އަލިތަކުރުފާނުގެ ޒިޔާރަތެވެ. ޝަހީދުވި ޢަލިތަކުރުފާނަކީ އުތީމް ހުސެއިން ޙަތީބު ތަކުރުފާނުގެ ދޮށީދަރިކަލުންނެވެ. މައިކަނބަލަކީ މާރަންދޫ ކަމަނާއެވެ. މި ތަކުރުފާނުގެ ހަޔާތްޕުޅު ވޭތުކުރެއްވީ މީލާދީން 16 ވަނަ ގަރުނު ފެށުނުކޮޅުގެ އަހަރުތަކުގެ ތެރޭގައެވެ. އަލިތަކުރުފާނު ޝަޙީދު ކުރީ ޕޯޗްގީޒުން އަތްދަށުން ދިވެހި ރާއްޖެ ސަލާމްތްކުރުމަށް ކުރެވުނު ހަނގުރާމައިގައި މުހައްމަދު ތަކުރުފާނާއެކު އެ މަސައްކަތުގައި އުޅުއްވުމުގެ ތެރޭގައި ތަކަންދޫގައި ހުންނަވަނިކޮށް ފޯޗުގީޒުން ގެންގުޅުނު ދެކުނު އިންޑިޔާގެ (މަލާބާރި) ހޮޅީންނެވެ.

ޢަލިތަކުރުފާން ޒިޔާރަތް

ހޮޅީން އަލިތަކުރުފާނު ޝަހީދު ކޮށްލުމަށް ފަހު އިސްތަށިފުޅު ހަށިކޮޅާ ވަކިކޮށްލިއެވެ. ނުވަތަ ބޯ ބުރިކޮށްލިއެވެ. އެތަކުރުފާނުގެ އިސްތަށިފުޅު ފަހުން މާލެ ގެނައެވެ. ތާރީޙީ ފޮތްތަކުގައިވާ ގޮތުން އަލިތަކުރުފާނުގެ އިސްތަށިފުޅު މާލެ ގެނައީ އޭރު މާލޭގައި ހުންނަ ހޮޅީންގެ ވެރިޔާއަށް ވެދުން ކުރުމަށެވެ. އެހެނަމަވެސް މާލޭގެ ބަޔަކު އެ އިސްތަށިފުޅު ސިއްރިއްޔާތުގައި ނެގިއެވެ. ނައިގެން ގެންގޮސް މާލެ އަތޮޅު ފުނަދޫގައި ފަސްދާނުލީއެވެ. އަލިތަކުރުފާނުގެ ހަށިކޮޅު ތަކަންދޫގައި ފަސްދާނުލައިފައިވާއިރު އެ ތަކުރުފާނުގެ އިސްތަށިފުޅު ވަނީ ކ. ފުނަދޫގައެވެ. އެހެން ނަމަވެސް ހިތާމައަކީ އަލިތަކުރުފާނަކީ އެ ހަނގަރުރާމައިގައި ޝަހީދުވި ފުތަރަމަ ބަތަލް ކަން ވެސް ތަކަންދޫގެ ގިނަ މީހުންނަން ނޭނގޭކަމެވެ. ތަކަންދޫގައި ޒިޔާރަތް ހުރި އިރު، އެކަން ހިނގީ މީލާދީން 1572 ވަނަ އަހަރުގައިކަން އިނގެނީ އެރަށުގެ ދުވަސްވީ މީހުންނަށެވެ. ޒުވާން ކުދިންނަށް އެކަންކަމެއް ނޭނގެއޭ ބުންޏަސް ދޮގަކަށް ނުވާނެވެ.

ކޮންމެއަކަސް ހ.އ އޮތޮޅަށް ކުރި ދަތުރެއްގެ ތެރޭގައި އަލިތަކުރުފާނުގެ ޒިޔާރަތް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ބަލާލުމުގެ ފުރުޝަތު އަޅުގަނޑަށް ލިބުނެވެ.

ޢަލިތަކުރުފާން ޒިޔާރަތް

ޒިޔާތަތުގެ ވާހަކަ އެރަށުގެ މީހުން ކައިރީގައި ދައްކާލުމުން ބުނީ ޒިޔާރަތް ބަލަން އެ އަތޮޅަށް ދިވެހިން މިހާރު ނާންނަ ކަމަށެވެ. އަދި އެ ޒިޔާރަތް ހިމާޔަތްކޮށް ބެލެހެއްޓުމުގެ ޒިންމާ ކޮންމެވެސް ބައެއްގެ ކޮޑުގައި ވަނީ އެޅިފައެވެ. މިއަދު އެކަން ކުރުމަށް ކަމާ ބެހޭ މުއައްސަސާތައް ވަނީ ނުކުޅެދިފައެވެ. މިއަދު އެ ޒިޔާރަތް ބަލަހައްޓަމުން ގެންދަނީ އެރަށުގެ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. ޒިޔާރަތުގެ ވަށާ ފާރެއް މިހާރު ލާފައިވާއިރު، އެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަށް މީހަކު ހަމަޖައްސައިފައިވެއެވެ. އެހެންނަމަވެސް މިހާ ހިސާބުން މިވާހަކަ ނިންމާލެވޭކަށް ނެތެވެ. ޒިންމާ އަދާކުރަން ތިބި މީހުންގެ ކޮޑުގައި އެޅިފައިވާ ޒިންމާ ފުއްދުނީ އަކީ ވެސް ނޫނެވެ އަންނަން އޮތް ޖީލުތަކަށް އެޒިޔާރަތަކީ ކޮބައިތޯ ކިޔާދެން ޖެހެއެވެ. ކޮންމެއަކަށް ރާއްޖޭގެ ކޮންމެ އަތޮޅަށް ބަލާލިއަސް ފެންނަނީ މިފަދަ ތަންތަން ވީރާނާވެ ނެތިގެންދާ ތަނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ގެފުޅަށް ޒިޔާރަތްކޮށްލުމުގެ ފުރުޞަތު، މި މަންމައަށް ހޯދާދިނީ، ތި ދަރިފުޅު ފުރާނައިން ވި ޤުރުބާނީ"

"ގެފުޅަށް ޒިޔާރަތްކޮށްލުމުގެ ފުރުޞަތު، މި މަންމައަށް ހޯދާދިނީ، ތި ދަރިފުޅު ފުރާނައިން ވި ޤުރުބާނީ"

26 ޖޫން 2023
ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ޝާހީ ވޯލްޓަށް ލުމަށްފަހު ނެގީ ކީއްވެ؟

ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ޝާހީ ވޯލްޓަށް ލުމަށްފަހު ނެގީ ކީއްވެ؟

20 ސެޕްޓެމްބަރު 2022
ލޮނުޒިޔާރަތް ޕާކު: އާންމުންނަށް އެންމެ ރަނގަޅަށް ބޭނުން ހިފޭތަ؟

ލޮނުޒިޔާރަތް ޕާކު: އާންމުންނަށް އެންމެ ރަނގަޅަށް ބޭނުން ހިފޭތަ؟

16 އެޕްރީލު 2022
ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރި އިއްޒަތްތެރިން!

ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރި އިއްޒަތްތެރިން!

07 ޖޫން 2019
މެދު ޒިޔާރަތް ކުނި ގޮނޑަކަށް، ހުކުރު މިސްކިތުގައި އިތުރު ތަނބުތަކެއް!

މެދު ޒިޔާރަތް ކުނި ގޮނޑަކަށް، ހުކުރު މިސްކިތުގައި އިތުރު ތަނބުތަކެއް!

26 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު