Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިދިކޮޅުން މަޖިލިސް ޖަލްސާ ބޮއިކޮޓް ކުރުން

އިދިކޮޅުން ކުރިހާވެސް ކަމަކީ ޖަލްސާ 'ބޮއިކޮޓް' ކުރުން!

ރައީސް ސޯލިހުގެ ވެރިކަމުގައި މަޖިލިސް ތަފާތު

އަހުމަދު ސިރާޖް
އަހުމަދު ސިރާޖް, ރާއްޖެ އެމްވީ | 9 ޖޫން 2020 | އަންގާރަ 13:34
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގެ ތެރެއިން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ރައްޔިތުންގެ މަޖިލިސް ފެނިގެން ދިއައީ ނުފޫޒު ގަދަ ވެރިއެއްގެ ކިއްލާއެއްގެ ގޮތުގައެވެ. ސަލާމަތީ ބާރުތަކުގެ ބޭނުންކޮށް، ވެރިކަމުގެ މަތިފަޑީގައި ތިއްބެވި ބޭފުޅުން ހިތްޕުޅާ ނުވާ ކޮންމެ މެންބަރެއްގެ ހަތަރެސްފައިގައި ހިފާ ގޭޓު މަތިން އުކަމުންދިޔަ މަންޒަރެވެ.

އެދުވަހު އިދިކޮޅު މެންބަރުން ގެންދެވީ ޖަލްސާތަކަށް ވަނުމަށް އާދޭސް ކުރައްވަމުންނެވެ. ނަމަވެސް، މަޖިލީހުގެ ބޭރުގައި ތިބުމުގެ ފުރުސަތެއް ވެސް ނުދިނެވެ. އިދިކޮޅު މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ހަތަރުފާރުން އެތެރެވާން އުޅެފިނަމަ ކަރުނަގޭސްޖަހާ ދަމާ ބޭރުކުރިއެވެ.

އޭރު މަޖިލީހުގެ ޖަލްސާތައް ބާއްވަމުން ދިޔައީ ސަރުކާރުން ބޭނުންވި ދުވަހަކު، ބޭނުން ގަޑިއަކު ބޭނުން ވާ މެންބަރުންނާއި އެކުއެވެ. މިއީ ރައްޔިތުން ތަމްސީލް ކުރެއްވުމަށް ހޮއްވަވާފައި ތިއްބެވި މެންބަރުންނަށް ކަންކުރެއްވި ގޮތެވެ.

ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި މަޖިލިސް ތަފާތެވެ. މިއަދު މަޖިލީހުގެ ރައީސް ކަންކުރައްވަނީ ހަމަހަމަކަމާއި އޯގާތެރިކަމާ އެކުގައެވެ. ތަފާތުކަމެއް ނުގެންގުޅުއްވައެވެ. މަޖިލިސް ޖަލްސާތައް ދުވަހުން ދުވަހަށް ކުރިއަށް ގެންދަވައެވެ. މަޖިލިސް ފުރެންދެން ސަލާމަތީ ބާރުތައް ވައްދައިގެން އިދިކޮޅު މެމްބަރުންނަށް އަނިޔާއެއް ނުދެއްވައެވެ.

ނަމަވެސް އިދިކޮޅުން މިއަދުވެސް މިފެންނަނީ ރައްޔިތު މީހާގެ ހައްގުގައި ވަކާލާތު ކުރުމަށް ވުރެ ރައްޔިތުންގެ ބައިތުލްމާލުން މުސާރަ ނަގައިގެން ދެއަތް ދަމާލައިގެން ގޭގައި ތިބުމަށް ފޫގަޅާފައިވާ މަންޒަރެވެ. އެގޮތުން މިމަހުގެ 8 ވީ ހޯމަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާ އިދިކޮޅުން 'ބޮއިކޮޓް' ކުރިއެވެ. އެވެސް މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ރައްކާތެރިކަމާއި، މާޙައުލެއް ނެތްކަމަށް ބުނެއެވެ.

އިދިކޮޅުން އެ ދައުރަކަށް ސަނާ ކިޔުމުގައި މަރުދަން ޖެހޭ، "ރަން ފަސް އަހަރު" މަޖިލިސް މެންބަރުންނަށް ރައްކާތެރިކަމާއި ބަސްބުނުމުގެ މިނިވަންކަން ދީފައި އޮތީ ކިހާ މިންވަރަކަށްކަން ހަނދުމަފުޅު ނެތުނީތޯއެވެ. މައިނޯރިޓީ ލީޑަރުގެ ކޮޓަރިކޮޅަށް ދޮރުފަޅާލައިގެން ވަދެ ކަރުން ލޭރަހަލާ ވަރަށް ހަޅޭއްލަވައި، ނިތްކުރީގައި ހުރި އެންމެ ހިމަ ނާރު ފުއްޕާލައިގެން ތިބި މަންޒަރު ހަނދުމަފުޅު ނެތުނީތޯއެވެ.

ސުވާލު އުފެދޭ ވަރަށް ގިނަ ކަންކަން ހުރުމާއެކު ދެން އަޅުގަނޑުމެން ހީކުރީ ޕީޕީއެމް އަދި ޕީއެންސީން މަޖިލިސް ޖަލްސާ ބޮއިކޮޓްކޮށް ލައްކަ ބައިވަރު ކަންތައްތަކެއް ރައްޔިތުންގެ ހައްގުގައި ކުރާނެކަމަށެވެ. ނަމަވެސް މުޅި ދުވަސް ނިމިގެން ދިޔައީ މީގެން ބޭފުޅެއްގެ ބަހެއްވެސް ބުނުމެއްނެތިއެވެ.

އިދިކޮޅެވެ. ތިއީ ހަމަ ޖަލްސާ ބޮއިކޮޓްކޮށް ކަންކުރަން އޮންނަގޮއްތޯއެވެ. ނޫނީ މާގިނަދުވަހު މަސައްކަތް ކުރެވުނީތޯއެވެ. ނޫނިއްޔާމުން ނިމިދިޔަ ދައުރުގައި ތިޔަ ޕާޓީގެ ޕީޖީ ލީޑަރަކަށް ހުންނެވި، އޭރުގެ ވިލިމާލެ ދާއިރާގެ މެމްބަރު ވިދާޅުވި ފަދައިން ކުރަން ހުރި ހުރިހާ ކަމެއް ނިމުމުން ޖަލްސާތަކަށް ދިއުން ހުއްޓަވާލެއްވީތޯއެވެ.

ބޮއިކޮޓް ވެސް ކުރަން ވާނެއެވެ. ނަމަވެސް، އެއްވެސް އިރެއްގައި ތިޔަ އުފުއްލަވާ އަޑުތައް ކެނޑިގެން ދިޔަދީގެން ނުވާނެއެވެ. އަމިއްލަ އެދުމާއި ޕާޓީ ފިކުރު ދޫކޮށް، ރައްޔިތުންނަށްޓަކައި ރަނގަޅު މަސައްކަތް ކުރުން މާ ބުއްދިވެރި އެެވެ. ތިޔައީ ރައްޔިތުންގެ ހައްގުގައި ގުރުބާންވާ ޙާދިމުން ކަމަށް ބުނެވޭނީ އެ ދުވަހަކުން ނޫންތޯއެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!

ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!

02 އެޕްރީލު 2018
ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

15 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގައި ޕީޕީއެމް އިން ފުލު ފުލުގައި ޖަލްސާ، އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ނެތް!

ކުއްލި ނުރައްކަލުގެ ހާލަތުގައި ޕީޕީއެމް އިން ފުލު ފުލުގައި ޖަލްސާ، އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ނެތް!

09 ފެބުރުއަރީ 2018
ރީނދުލާއި، ރަތާއި، ފެއްސާއި، ފިޔާތޮށިން މާމިގިލި ނަލަކޮށް، ބޮޑު ޖަލްސާއަކަށް ތައްޔާރުވެފައި!

ރީނދުލާއި، ރަތާއި، ފެއްސާއި، ފިޔާތޮށިން މާމިގިލި ނަލަކޮށް، ބޮޑު ޖަލްސާއަކަށް ތައްޔާރުވެފައި!

11 ޖެނުއަރީ 2018
 މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

10 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު