Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތިމަރަފުށި

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ރޮވުނީ އެމްޑީޕީ ބަޔަކު ހަރުގެ ދޫކޮށް ދިއުމުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 30 މާރިޗު 2019 | ހޮނިހިރު 18:11
ވާހަކަފުޅު ކުރިއަށް ނުގެންދެވިގެން ޕޯޑިއަމުން ފައިބައިވަޑައިގެން، އަންވަރު ރައީސް ނަޝީދާ ސަލާމް ކުރައްވަނީ

ވާހަކަފުޅު ކުރިއަށް ނުގެންދެވިގެން ޕޯޑިއަމުން ފައިބައިވަޑައިގެން، އަންވަރު ރައީސް ނަޝީދާ ސަލާމް ކުރައްވަނީ

އެމްޑީޕީ ގައުމީ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް ދެއްކެވީ ނަމޫނާއެވެ. ބަލި ގަބޫލު ކުރި ވާހަކަ އާއި ނަތީޖާ ގަބޫލު ކުރި ވާހަކަ ޕޯޑިއަމްގައި ތަކުރާރު ކުރެއްވިއެވެ.

އެމްޑީޕީގެ އެއްވުންތަކާއި ޖަލްސާތައް އާންމުކޮށް ތައާރަފް ކުރައްވާ އަންވަރަށް، އެ ޕާޓީގެ ޕްރައިމަރީގައި ނާކާމިޔާބުވީ މުސްތަފާއާ ވާދަކޮށް، 49 ވޯޓުގެ ތަފާތުންނެވެ. އެ ނަތީޖާ ބަލައިގެނެ، މުސްތަފާއަށް ތާއިދު ކުރެއްވުމުގެ މަސައްކަތް އަންވަރު ކުރަމުންދާ ދަނޑިވަޅުގައި، ތިމަރަފުށީ އެމްޑީޕީ މެމްބަރުންގެ ތެރޭގައި ވަނީ ހިޔަލުތަފާތުވުން ބޮޑުވެފައެވެ. މައްސަލަ ބޮޑުވެފައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތިމަރަފުށްޓަށް ވަޑައިގަތުމުން، އަންވަރު ވަނީ އެކަން ހިނގައިދިޔަ ގޮތް ވިދާޅުވެ ދެއްވާފައެވެ. ޕޯޑިއަމްގައި ފޯރިއާ އެކު ވާހަކަ ދައްކަވަމުން ގޮސް، އެ ވާހަކަ ވިދާޅުވާން ފެއްޓެވި ހިސާބުން އަންވަރު ހުއްޓުނެވެ. ލޮނުން ކަރުނަ ހިލި، އެންމެ ފަހުން ވާހަކަ މެދުކަނޑާލިއެވެ.

"މި ވީހާ ދުވަސް ވަންދެން މި ހަތް އަހަރު [އެމްޑީޕީއަށް ވެރިކަން ގެއްލުނު ފަހުން] މިތާނގައި ތިބި ކުދިން، ޕާޓީ އުފެދުނީސް ސުރެ ތިބި މީހުން ހަރުގެ ދޫކޮށްލާފައި ހިނގައްޖެ. ކޮން ވަޑާމެއް ޖެހިގެންތޯ ތި އުޅެނީ. ހުރިހާ މީހުން އާދޭ. މި ހަރުގޭގައި ތިބޭ. މިއީ ތިބޭފުޅުންގެ ތަން. މިތަނުގައި ތިބެންޖެހޭނީ...،" އަންވަރު ވިދާޅުވިއެވެ.

ފޯރިގަދަވި ޖަލްސާގައި ބައިވެރިވި ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ ސަޕޯޓަރުން-- ފޮޓޯ/ އެމްޑީޕީ

އަންވަރަށް ހިތްވަރު ދީ، އެ ޖަލްސާގައި ދެން ވާހަކަފުޅު ދެއްކެވީ އެ ދާއިރާގެ ގޮނޑި ދިފާއު ކުރެއްވުމަށް ނުކުންނަވާ މުސްތަފާއެވެ. އެ އަށް ފަހު މުސްތަފާ ވަނީ އޭނާއާ ދެކޮޅަށް ނުކުންނަވާ ތިން ކެންޑިޑޭޓުންގެ ތެރެއިން އެންމެ ވާދަވެރި ކެންޑިޑޭޓް އަބްދުﷲ ރިޔާޒަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. ދެހާސްސާދަ ވަނަ އަަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވައި، ގޮނޑި ކާމިޔާބުކޮށް، ޕީޕީއެމާ ގުޅިވަޑައިގަތުމަށް ފަހު، އަލުން އެމްޑީޕީއާ ވަޑައިގެންނެވި މުސްތަފާ ވަނީ އެ ދާއިރާގެ ރައްޔިތުންގެ ކިބައިން މައާފަށް ވެސް އެދިވަޑައިގެންފައެވެ.

"އާދެ އަޅުގަނޑު އަންވަރު ދެއްކި ވާހަކަ އަޑު އަހައިފިން. އަޅުގަނޑަށް ވެސް ރޮވިއްޖެ. އަންވަރު ވަރަށް ސާފުކޮށް އެ ވިދާޅުވީ ވަކިވެގެން ދިޔަ އެންމެން އަންނާށޭ... އަނެއްކާވެސް އަޅުގަނޑުމެން މި އެދެނީ މައާފަށް. އަޅުގަނޑު ޕާޓީ ބަދަލު ކުރީ ނުބައި ނިޔަތެއްގައި ކަމަށް ތިބޭފުޅުންނަށް ގަބޫލު ކުރެވެންޏާ އަޅުގަނޑު އަބަދުވެސް. ތާއަބަދަށް މައާފަށް އެދެން،" މުސްތަފާ ވިދާޅުވިއެވެ.

ޕާޓީ ބަދަލު ކުރި މައްސަލާގައި މުސްތަފާ ތަކުރާރުކޮށް، މައާފަށް އެދިވަޑައިގެންނެވި ނަމަވެސް މައްސަލަ ހައްލެއް ނުވެއެވެ. އެމްޑީޕީ މެމްބަރުންގެ މެދުގައި އަދިވެސް ނުތަނަވަސްކަން އެބަ އޮތެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ވެސް ވަނީ އެ ޖަލްސާގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ސަރުކާރު ކެންޑިޑޭޓޭ ބުނެ، އަބްދުﷲ ރިޔާޒު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ހޫނު ރައްދެއް ނަޝީދު ވަނީ ދެއްވާފައެވެ.

"އަޅުގަނޑުގެ ކެންޑިޑޭޓަކީ ތިމަރަފުށީ މުސްތަފާ. އަޅުގަނޑު ވަރަށް ދެރަވޭ، އެހެން ކޮން މީހެއްތޯ މުސްތަފާބެއަށް ތާއިދު ކުރޭތޯ ބަލާތީ. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ ކެންޑިޑޭޓަކީ މުސްތަފާބޭ. ތިބޭފުޅުން އެހެން މީހަކު ކީއްވެގެންތޯ އޭ ހޯއްދަވަނީ މުސްތަފާބެއަށް ތާއިދު ކުރަން. އެކަމާއޭ އަޅުގަނޑު ހިތްހަމަނުޖެހިގެން އުޅެނީ،" ތިމަރަފުށީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ތ. ތިމަރަފުށީގައި: އެމަނިކުފާނުގެ ކެންޑިޑޭޓަކީ މުސްތަފާ ކަމަށް ތަކުރާރުކޮށް ވިދާޅުވި-- ފޮޓޯ/ އެމްޑީޕީ

މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ދާއިރާއެއްގައި ޖެހިފައިވާ މައްސަލަ މީޑިއާގެ ކުރިމަތީގައި ތިލަވެ، ފާޅުވެގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ. އަދި މައްސަލަ ހައްލު ކުރުމަށްޓަކާ ލައިވްކޮށް ދައްކަމުންދިޔަ ޖަލްސާއެއްގައި ނަޝީދު ވާހަކަފުޅު ދެއްކެވި މިއީ ފުރަތަމަ ފަހަރެވެ.

މި ހުރިހާ ކަމެއް ހިނގައި މި ދަނީ ތިމަރަފުށީ ގޮނޑީގެ ވާދަވެރިކަމާ ހުރެއެވެ. އެ ގޮނޑީގެ ކުރިމަތިލުން ފޯރިގަދަކަމުން އެ ގޮނޑިއަށް "ރަން ގޮނޑި"އޭ ވެސް ކިޔައެވެ. މައްސަލަ ބޮޑުވެ، ކޯޅުންގަނޑެއްގެ ތެރެއަށް އެންމެ ފުރަތަމަ އެ ގޮނޑީގެ މައްސަލަ ދިޔައީ 2009 ވަނަ އަހަރު ޣައްސާން މައުމޫން އެ ގޮނޑިއަށް ވާދަ ކުރުމުންނެވެ. ނަމަވެސް މުސްތަފާ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނިކޮށް، ސާބިތުދަރަނީގެ މައްސަލައަކާ ހުރެ، ދައުރުގެ މެދުން އޭނާއަށް ގޮނޑި ގެއްލުނެވެ. ބާކީ އޮތް މުއްދަތަށް އެ ގޮނޑި ފުރުމަށް 2012 ވަނަ އަހަރު ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ފަރާތުން ވާދަ ކުރެއްވި އަދި އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސް އަހުމަދު ޝަރީފެވެ. އޭނާ ދެ ވަނަ ދައުރަކަށް 2014 ވަނަ އަހަރު ވާދަ ކުރެއްވުމުން، ތިމަރަފުށްޓާއި ވޭމަންޑޫ ހިމެނޭ އެ ދާއިރާއިން ވޯޓުލީ 2000 ވުރެ ގިނަ މީހުންގެ ތެރެއިން 11 ވޯޓުގެ ތަފާތުން އިންތިހާބު ކާމިޔާބުކޮށް، އަނެއްކާ ވެސް ގޮނޑި ހޯއްދެވީ މުސްތަފާއެވެ. ގޮނޑި ދިފާއު ކުރެއްވުމަށް މިފަހަރު މުސްތަފާ ނުކުންނަވާ ދަނޑިވަޅުގައި އޭނާ ވާދަ ކުރައްވަން ޖެހިވަޑައިގެންފައި ވަނީ ވަރުގަދަ ބޭފުޅަކާއެވެ. ވާދަވެރިކަން ބޮޑު ބޭފުޅަކާއެވެ.

އެއް ބަޔަކު ބުނަމުންދަނީ ޕާޓީ ބަދަލު ކުރުމުގެ ހިތި ނަތީޖާ މިފަހަރު ފެންނާނެ ކަމަށެވެ. އަނެއް ބަޔަކު ބުނަމުންދަނީ ބަޣާވާތަކުން ވެރިކަން ވައްޓާލި މީހަކަށް މައާފެއް ނެތް ކަަމަށެވެ. ހިތި ބައްޔަކުން ބަލި ކުރާނެ ކަމަށެވެ.

ފެންނަ މަންޒަރުތަކުން މިފަހަރު އެ "ރަން ގޮނޑި" ނަގާނީ ވަރުގަދަ ގަދަހިފުމަކަށް ފަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

26 މާރިޗު 2019
އެޗްޑީސީން ޚަރަދުނުކޮށް އެ ކުންފުނިން ހިންގައިދިން ރިޔާސީ ކެމްޕެއިން

އެޗްޑީސީން ޚަރަދުނުކޮށް އެ ކުންފުނިން ހިންގައިދިން ރިޔާސީ ކެމްޕެއިން

20 އޮކްޓޯބަރު 2018
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިމުނުއިރު މުޅި ގައުމުގެ ކޭޝް ފްލޯ ރަނގަޅު ކުރަންޖެހިފަ!

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިމުނުއިރު މުޅި ގައުމުގެ ކޭޝް ފްލޯ ރަނގަޅު ކުރަންޖެހިފަ!

10 އޮކްޓޯބަރު 2018
އިބޫގެ ކެމްޕެއިން ދަތުރުފުޅުތައް: ތާއީދު ފެނުނީ ކިހިނެއް؟

އިބޫގެ ކެމްޕެއިން ދަތުރުފުޅުތައް: ތާއީދު ފެނުނީ ކިހިނެއް؟

21 ސެޕްޓެމްބަރު 2018
ރައީސް ޔާމީންގެ ކެމްޕެއިން އިވެންޓުން ކުރެވުނު ތަޖުރިބާ!

ރައީސް ޔާމީންގެ ކެމްޕެއިން އިވެންޓުން ކުރެވުނު ތަޖުރިބާ!

21 ޖުލައި 2018

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު