Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަައިޝަތު ނަހުލާ

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

26 މާރިޗު 2019 | އަންގާރަ 03:51

އައިޝާ ރަށަށް ވަޑައިގަތުމަށް ބާރު އެޅުއްވީ މަންމަ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 26 މާރިޗު 2019 | އަންގާރަ 03:51
މިނިސްޓަރު އައިޝާ، އޭނާގެ މަންމަ ހަދީޖާ އިބްރާހިމްގެ ކޮލަށް ބޮސް ދެއްވަނީ

މިނިސްޓަރު އައިޝާ، އޭނާގެ މަންމަ ހަދީޖާ އިބްރާހިމްގެ ކޮލަށް ބޮސް ދެއްވަނީ

ކައުންސިލްގެ އަޑުގަދަ ކުރާއިން ގޮވަމުން ދިޔައީ ބަނދަރު ސަރަހައްދަށް ޖަމާވުމަށެވެ. ތާރީހީ ދުވަހުގެ އުފަލުގައި ބައިވެރިވުމަށެވެ. މާޗު 25، 2019، ވީ ހޯމަ ދުވަސް، ހޯރަފުއްޓަށް ތާރީހީ ދުވަހަކަށް ވީ އެ ރަށުގެ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން ސޮއި އެޅި ދުވަހަށް ވުމުން އެކަންޏެއް ނޫނެވެ. އެ ދުވަސް ބޮޑު ދުވަހަކަށް ވެގެން ދިޔައީ އެ ރަށަށް އުފަން، ދަރިއަކު ވަޒީރު ކަމަށް ވަޑައިގަތުމަށްފަހު، ފުރަތަމަ ފަހަރަށް ރަށަށް ވަޑައިގެންނެވުމުންނެވެ.

ރައީސް ސޯލިހުގެ ކެބިނެޓްގެ ހީވާގި ވަޒީރު، އައިޝަތު ނަހުލާ ހޯރަފުއްޓަށް ފައިބައިވަޑައިގެންނެވުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވީ އޭނާގެ މަންމަށެވެ. ހަދީޖާ އިބްރާހިމަށެވެ. މަންމަގެ މޫނު މަތިން، އުފާވެރިކަން ފެނިފައި އައިޝާ އޭނާގެ މަންމަގެ ގައިގައި ބައްދާލެއްވިއެވެ. ކޮލަށް ބޮސްދެއްވި އެވެ. ދެ ވަނަ ފަހަރަށް މަންމަގެ މޫނަށް އައިޝާ ބައްލަވާލެއްވި ވަގުތު، މަންމައަށް ރޮވޭ ތަން ފެނިގައި ނިތްކުރިއަށް ބޮސްދެއްވި އެވެ.

އެ މަންޒަރު ފެނި އެ ސަރަހައްދަށް ޖަމާވެފައި ތިބި ގިނަ ބައެއްގެ ޝައުގުވެރިކަން އެ ދެމައިންނަށް ހުއްޓުނެވެ. ނަމަވެސް މަރުހަބާ ދެންނެވުމަށް ހޯރަފުށި ބަނދަރު ސަރަހައްދު ތައްޔާރުކޮށްފައި އޮތުމުން، އެ ހަރަކާތަށް މިނިސްޓަރު އައިޝާ ފުރުސަތު ދެއްވިއެވެ. ބަނދަރު ސަރަހައްދަށް ޖަމާވެފައި ތިބި މީހުންނަށް ހަނާ އަޅުއްވައި، ހޫނު މަރުހަބާއެއް ދެންނެވީތީ ޝުކުރު އަދާކުރެއްވިއެވެ.

ހޯރަފުށީގައި ކުރިއަށް ގެންދިޔަ މަރުހަބާ ދެންނެވުމުގެ ހަރަކާތުގައި މިނިސްޓަރު ނަހުލާ-- ރާއްޖެއެމްވީ ފޮޓޯ/ ޝުއައިބު

އެއަށްފަހު ހޯރަފުށީ ބަނދަރު ސަރަހައްދުގައި ހުންނަ ބޮޑު ނިކަގަހުގެ ހިޔަލުގައި ކުރިއަށް ގެންދިޔަ އެއާޕޯޓް އެއްބަސްވުމުގެ ސޮއި ކުރެއްވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ އެކަމަނާ އެ ރަށަށް ވަޑައިގެންނެވުމަށް "މަޖުބޫރު" ކުރެއްވީ މަންމަ ކަމަށެވެ. އެތަނަށް އެއްވެފައި ތިބި މީހުންގެ ތެރޭގައި ހުންނެވި މަންމަގެ މޫނަށް ބަލަހައްޓަވައިގެން ހުންނަވައި އައިޝާ ވިދާޅުވީ، މަންމައަކީ ހޯރަފުށީ ދާއިރާއަށް ވާދަ ކުރައްވާ އަހުމަދު ސަލީމް (ސައްލެ)ގެ ވަރަށް ބޮޑު "ފޭނެއް" ކަމަށެވެ.

"މި ރަށަށް އަންނަން އެންމެ މަޖުބޫރު ކުރިވި އެއް ފަރާތް އަޅުގަނޑުގެ މަންމައަށް ހިތުގެ ފުންމިނުން ވަރަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑު ފޭނެއް ސައްލެގެ،" އައިޝާ ވިދާޅުވިއެވެ.

އައިޝާގެ ވާހަކަފުޅު ނިންމަވާ ލެއްވީ ހޯރަފުށްޓަށް އުފާވެރިކަމާއި ދިރުން ގެނެސްދިނުމަށް ކުރާ މަސައްކަތުގައި ކުރީ ސަފުގައި ދެމިހުންނަވަނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

"އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑު އުފަން ބިމަށް, އަޅުގަނޑުމެންގެ މި ރަށަށް، ފާގަތި ކަމާއި އުފާވެރިކަމާއި އަޅުގަނޑުމެންގެ ރައްޔިތުން ކުރިއަރައިގެން ދާނެ އެތައް ކަމެއް މި ސަރުކާރުގެ ތެރެއިން ފުއްދުން. ހަމަ ގައިމު ވެސް ތިބޭފުޅުންނާ އެކު ފުރަތަމަ ސަފުގައި ކުރިއަަށް ނުކުމެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެން،" އުމުރުފުޅުން 37 އަހަރުގެ އައިޝާ ވިދާޅުވިއެވެ.

މިނިސްޓަރު އައިޝާއަށް މަރުހަބާ ދެންނެވުމަށް ހޯރަފުށީގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން-- ރާއްޖެއެމްވީ ފޮޓޯ/ ޝުއައިބު

މާކެޓިން އެންޑް މެނޭޖުމަންޓް ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ އައިޝާގެ އުފަން ރަށަކީ ހޯރަފުށި ކަމުގައި ވިޔަސް، އެކަމަނާގެ ބައްޕަ ނިސްބަތްވެވަޑައިގަންނަވަނީ ގއ. ކޮނޑޭއަށެވެ. އައިޝާ ބޮޑުފުޅުވީ އާއިލާއާ އެކު ހޯރަފުށީގައެވެ. ނަމަވެސް މިހާރު އެކަމަނާގެ މަންމަ އާއި އާއިލާގެ އެހެން މެމްބަރުން އާންމުކޮށް ދިރިއުޅުއްވަނީ މާލޭގައެވެ.

ގައްލަންދޫ ކަނޑުގެ ހުރަސްކޮށް، ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅަށް އައިޝާ ވަޑައިގެންނެވި ނަމަވެސް، އެ ހިތްވަރެއް އެންމެންނަކަށް ނުލިބެއެވެ. ސަބަބަކީ ކުރަންޖެހޭ ދަތުރުގެ ބުރަވެފައި، އުފުލަންޖެހޭ ތަކުލީފު ބޮޑުވުމެވެ. ނަމަވެސް ހޯރަފުށީ އެއާޕޯޓާ އެކު، އުތުރު ރަށްތަކުގެ ފަޅުކަން ފިލާގޮސް، އަތޮޅުގެ 14 ރަށަކަށް ހަގީގީ ދިރިން އަންނާނެ ކަމުގެ ސިގުނަލް އެބަ އަޅައެވެ. އެއީ އައިޝާއަށް ވެސް ލިބިވަޑައިގަންނަވާނެ ބޮޑު އުފަލަކަށް ވާނެ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2017

ޖެރޫސަލަމް އިޒްރޭލްގެ ވެރިރަށަށް ނުވާނެ ސަބަބު

18 ޑިސެމްބަރު 2017
ޖެރޫސަލަމް އިޒްރޭލްގެ ވެރިރަށަށް ނުވާނެ ސަބަބު
23 ނޮވެމްބަރު 2017

ރައީސް ޔާމީން އާ ބައްދަލުވި އައިޝާ އަށް.....!

23 ނޮވެމްބަރު 2017
ރައީސް ޔާމީން އާ ބައްދަލުވި އައިޝާ އަށް.....!
17 ސެޕްޓެމްބަރު 2017

މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

17 ސެޕްޓެމްބަރު 2017
 މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި
22 އޯގަސްޓު 2017

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017
ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!
24 ޖޫން 2017

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!
19 މެއި 2017

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!
15 މެއި 2017

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!
23 އެޕްރީލު 2017

"މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ"، މިވަރުގެ ހިތާމައެއް ނުދެކެން!

23 އެޕްރީލު 2017
"މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ"، މިވަރުގެ ހިތާމައެއް ނުދެކެން!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
18 ޖެނުއަރީ 2017

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

18 ޖެނުއަރީ 2017
ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް