Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ފިތުނަ އުފައްދާ ފިތުނަ ފަތުރާ އޭގެ މައްޗަށް ފިތުނަ ހަދަނީއެވެ.

25 ސެޕްޓެމްބަރު 2023 | ހޯމަ 13:47

ފައިސާ ދީގެން ޕީޕީއެމުން ޓްވީޓްކުރަން ބުނި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ސެޕްޓެމްބަރު 2023 | ހޯމަ 13:47
ލާރިދީގެން އިދިކޮޅުން ހިންގާ ކެމްޕޭންގައި ކޮށްފައިވާ ޓްވީޓްތަކެއް

ލާރިދީގެން އިދިކޮޅުން ހިންގާ ކެމްޕޭންގައި ކޮށްފައިވާ ޓްވީޓްތަކެއް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ. އެއްބަޔަކު އެކަން ކުރަނީ ރައްޔިތުން ގާތަށް ގޮސް މެނިފެސްޓޯ ވިއްކައިގެންނެވެ. އަނެއްބަޔަކު އެކަން ކުރަނީ ފިތުނަ އުފައްދަން ފައިސާ ދީގެން ފިތުނަ ފަތުރާ ފިތުނަ ހަދައިގެންނެވެ. މިބުނާ ފިތުނަ އުފައްދަނީ އިދިކޮޅުންނެވެ. އެ މީހުންނަކީ އެއްވެސް އިރެއްގައި ރީތިގޮތުގައި ކެމްޕޭން ކުރަން އެނގުނު ބައެއް ނޫނެވެ. ކޮންމެވެސް ބަޔަކަށް ގެއްލުން ދީގެން ދޮގާއި މަކަރާއި ހީލަތްތެރިކަމާއެކު އެކަން ކުރަމުން އަންނަ ބަޔަކެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކެމްޕޭން ކުރުމުގެ ބަދަލުގައި ވާދަވެރިންގެ އަގުވައްޓާލަން މޮޅުކަމެއް ކުރީއެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގެ ތެރެއިން ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު އެއް ވަސީލަތަކީ ޓްވިޓަރއެވެ. އޭގައި ބަޔަކު ކޮންމެ އެއްޗެއް ހިއްސާކުރިއަސް ތެދު ދޮގެއް ބަލާނުލާ އެ ޝެއަރކޮށް ނަގާނެއެވެ. މިފަހުން އިންޑިއާދެކެ ރުޅިއަންނަ އަދި އިންޑިއާއިން މީގެ ކުރިން ވާގި ހޯދައިގެން މަންފާ ލިބިފައި ތިބި މަދު ބަޔަކާއި، ޗައިނާއަށް ވަފާތެރި އަދި ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން ތިބި ދެތިން މީހަކާއި، ސިޔާސީ ޕާޓީގެ ނަމުގައި ދިވެހިންގެ މިނިވަންކަން ނަގާލާ ގޮށްމުށުގެ ބާރު ދެއްކި ބަޔަކު، ބަޔަކަށް ލާރި ދީގެން ކުރުވި ހަޑި މުޑުދާރު ކަމެއްގެ ވާހަކައެއް ދައްކާލާނަމެވެ.

ފައިސާ ދީގެން ކޮންމެ ކަމެއްވެސް ބަޔަކު ލައްވާ ކުރުވަފާނެއެވެ. އެގޮތުން އިންޑިއާގެ ޓްވިޓަރގައި ލާރި ދީގެން ދޮގު ހަބަރުތައް ފަތުރާ މީހުންގެ ތެރޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރާ ބަޔަކަށް އިދިކޮޅުން ފައިސާ ދީގެން މިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދުކުރާކަން ދެއްކުމަށް "ސޯލިހް ފޮރ މޯލްޑިވްސް" ގެ ނަމުގައި ކެމްޕޭނެއް ހިންގާފައެވެ. މިއީ ބަޔަކު ރާވައިގެން ކުރިކަމެއްކަން ފުރަތަމަވެސް އެނގޭ ކަމަކީ އެ ފައިސާ ދިން މީހުން ކުރި ޓްވީޓްތައް، ދިވެހިންގެ މެދުގައި ފިތުނަ އުފައްދާ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރާ ދިޔަރެސް ނޫހާއި އެ ނޫހުގައި އުޅޭ ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން އުޅޭ ދެތިން އެކްޓިވިސްޓެއް އެ ޓްވީޓްތައް ހިއްސާކުރަން ފެށި ހިސާބެވެ. އެހެން ބަޔަކަށް އެ ނުފެނި ހަމައެކަނި އެމީހުންނަށް ފެންނަން ފެށުމުންނެވެ.

ދެން މި ޓްވީޓްތައް އެންމެ ގަދަޔަށް ފަތުއަޑު ކިޔާފައި ފަތުރަން ފެށީ މަގުތަކަށް ނުކުމެ އާންމުންނަށް ޖެއްސުން ކުރުމުގައި އަވަދި ނެތި އުޅޭ ފިޔާތޮށި ކުލައިގެ ކުދިން ކޮޅަށެވެ. މިއީ މީގެ ކުރިންވެސް މިބައިގަނޑު ކުރި ކަމެކެވެ.

އެންމެ ފަހުން އެކުރި ކަންތައް އަތަށްގޮވީއެވެ. ފައިސާ ދީފައި އެކަން ކުރިވި މީހުންނަށް އެއީ ކޮންކަމަކާ ގުޅޭ ކަމެއްކަން ވެސް ރޭކާ ނުލީއެވެ. ފައިސާ ދިނީމައި އެމީހުން އެހެންޔާވެސް ކުރާ އުސޫލުން ކުރީއެވެ. ނަމަވެސް އެމީހުންނަށް މިކަމުގެ ރޭކާލިއިރު އިދިކޮޅުން ފައިސާ ދީގެން ކުރި ކަމެއްގެ ފުރިހަމަ ފައިދާ އިިކޮޅުން ނަގައިފިއެވެ.

އިދިކޮޅުން ފައިސާ ދީގެން ޓްވީޓް ކުރި މީހަކު އޭނާއަށް ކުރެވުނީ ރަނގަޅު ނޫންކަމެއްކަން ގަބޫލުކުރެވުނު ހިސާބުން އެކަން ޓްވިޓާގައި ހާމަކޮށް މައާފަށްވެސް އެދިފައިވެއެވެ. އޭނާ ކުރި ޓްވީޓުގައި ބުނެފައިވަނީ ޕީޕީއެމްގެ ޕްރޮޕެގެންޑާ ކެމްޕޭނެއްގެ ޝިކާރައަކަށް ވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އޭނާގެ ސަމާލުކަމަށް އައިސްފައިވަނީ ޕީޕީއެމުން އޭނާގެ ޓްވީޓްތައް ބޭނުންކޮށްގެން އިންޑިއާއާ ދެކޮޅަށް ނަފްރަތު އުފައްދަމުން ދާކަން ކަމަށެވެ.

އަދި އެއީ ޕީޕީއެމް އިން އިންޑިއާ-ރާއްޖޭގެ ގުޅުމަށް އެމީހުން ގުޅިގެން ދިން ހަމަލާއެއްކަމަށާއި، އެމީހުންގެ ބަހަށް ހެއްލުނީތީ އެކަމަށް މައާފަށް އެދޭކަމަށެވެ.

ރައްޔިތުން މިއަދު ވިސްނަންވީ ކަމަކީ މިފަދަ ކަންކަމާއި ދޭތެރޭއެވެ. ގައުމުގައި އަނިޔާވެރި ވެރިކަމެއް އަނެއްކާވެސް އިއާދަކުރަން ބަޔަކު އަޑީގައި ތިބެގެން ރޯމާ ދުވާލު މިދަނީ ފިތުނަ އުފައްދަމުންނެވެ. މިފަދަ ދަށު ދަރަޖައަކަށް ވެއްޓޭނެ ބަޔަކު ވެރިކަމަށް އާދެވިއްޖެނަމަ ދެން ކުރާނެ ކަމަކާއި މެދު ވިސްނާލާށެވެ. އަމާންކަމުން ނާމާންކަމަށް ދާން އެކަކުވެސް ނޭދޭނެއެވެ.

ހަމަ އެފަދައިން ހަރުކަށި ކަމަކީވެސް މިމީހުން ގޮތް ހުސްވީމަ ލާރި ދީގެން ކުރުވާ ކަންކަން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ތަންތަނާ މުދަލުގަ ހުޅު ޖެހުމަކީ ފަހުވަގުތު ދެކެން އެކަކުވެސް ބޭނުންވާނެ ކަންކަމެއް ނޫނެވެ. ލައިގެން ހުންނަ ޓީޝަރޓްގެ ކުލަޔަށް ބަލާފަ ވަޅި ހަރަނީ އެވެ. މިކަންކަމުން މިންޖުވެގެން ތިބި އަމާން އޮމާން ފަސް އަހަރު އަޅުގަނޑުމެން ދެކެފީމެވެ. ދެން އަނެއްކާވެސް އެފަދަ ކަންކަމަށް ދާކަށް ބޭނުމެއް ނޫނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 މެއި 2018

ކަރާގެ އަގު އިންތިހާއަށް މައްޗަށް، އެންމެ ޑިމާންޑް ބޮޑީ މޭވާގެ ބާވަތްތަކަށް!

17 މެއި 2018
ކަރާގެ އަގު އިންތިހާއަށް މައްޗަށް، އެންމެ ޑިމާންޑް ބޮޑީ މޭވާގެ ބާވަތްތަކަށް!
05 މެއި 2018

އަރީފް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ސައުދީ ހައްޔަރުކޮށް ދައުވާނުކުރީ ކީއްވެ؟

05 މެއި 2018
އަރީފް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ސައުދީ ހައްޔަރުކޮށް ދައުވާނުކުރީ ކީއްވެ؟
27 މާރިޗު 2018

ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!

27 މާރިޗު 2018
ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!
13 މާރިޗު 2018

ރައީސް މައުމޫނުގެ މައްޗަށް ފުލުހުން އެ ހިންގަނީ ތަހްގީގެއް ނޫން، އެ ދަނީ މަހަށް؟!

13 މާރިޗު 2018
ރައީސް މައުމޫނުގެ މައްޗަށް ފުލުހުން އެ ހިންގަނީ ތަހްގީގެއް ނޫން، އެ ދަނީ މަހަށް؟!
19 ޑިސެމްބަރު 2017

ކައިވެނިމައްޗަށް ދިއުން: މައިދައިތަންމެން ފަހަރި ބަލައިދިއުން

19 ޑިސެމްބަރު 2017
ކައިވެނިމައްޗަށް ދިއުން: މައިދައިތަންމެން ފަހަރި ބަލައިދިއުން
28 ނޮވެމްބަރު 2017

ބޮޑުތިލަދުން މައްޗަށްވީ އިހުމާލުގެ ހިތި 2018 ގައި ފެންނާނެ!

28 ނޮވެމްބަރު 2017
ބޮޑުތިލަދުން މައްޗަށްވީ އިހުމާލުގެ ހިތި 2018 ގައި ފެންނާނެ!
19 ޖުލައި 2017

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް
07 ޖުލައި 2017

މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟

07 ޖުލައި 2017
މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟
06 ޖޫން 2017

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

06 ޖޫން 2017
މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް