Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

އަލްވަރޭޒްގެ ހުނަރާމެދު ގާޑިއޯލާގެ ތައުރީފު!

ގާޑިއޯލާ ފާހަގަ ކުރި ގޮތުގައި އަލްވަރޭޒް އަކީ އަޚުލާޤު ރަނގަޅު ކުޅުންތެރިޔެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2023 | ހޮނިހިރު 04:48
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ހޫލިއަން އަލްވަރޭޒް

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ހޫލިއަން އަލްވަރޭޒް

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒްގެ ހުނަރަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ތައުރީފު ކޮށްފި އެވެ.

އުމުރުން 23 އަހަރުގެ ކުޅުންތެރިޔާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އޭނާ އަކީ ވަރަށް ހުނަރުވެރި، މޮޅު ކުޅުންތެރިޔެއް ކަމަށެވެ. ގާޑިއޯލާ ފާހަގަ ކުރި ގޮތުގައި އަލްވަރޭޒް އަކީ އަޚުލާޤު ރަނގަޅު ކުޅުންތެރިޔެކެވެ. ދަނޑު މަތީގައި ވިޔަސް ނުވަތަ ދަނޑުން ބޭރުގައި ވިޔަސް އޭނާ އަކީ ރަނގަޅު އަޚުލާޤެއްގައި ހިފަހައްޓަމުން އަންނަ ކުޅުންތެރިޔެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ފުޓުބޯޅަ ކުޅޭ، މީހުން ބަަލައިގަންނަ ކުޅުންތެރިޔަކަށްވާން ބޭނުންނަމަ، އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޮންނާނެ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ސިޓީ އަށް ބަދަލުވި ފަހުން ވެސް އަލްވަރޭޒްގެ ފަރާތުން ފެންނަމުން އަންނަނީ މޮޅު ކުޅުމެއް ކަމަށާއި، އެކަމާ ދެބަސްވެވޭނެ ޖާގައެއް ނެތް ކަމަށް ގާޑިއޯލާ ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އާޖެންޓީނާ އާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބު ނުކުރެވުނު ނަމަވެސް، އަލްވަރޭޒްގެ ފަރާތުން އެދައްކާ މޮޅު ކުޅުން ފެންނާނެ އެވެ. އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ކުޅުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ، އަލްވަރޭޒް ހިތްހަމަ ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ނަފުރަތެއް އޮވެގެން ވާ ކަމެއް ނޫންކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، އަލްވަރޭޒް ހުންނަނީ އަބަދު ވެސް އެންމެ ރަނގަޅު ފުރުސަތަށް ތައްޔާރަށް ކަމަށެވެ.

ރިވާ ޕްލޭޓްގައި ހުރުމަށްފަހު އަލްވަރޭޒް ސިޓީ އަށް ބަދަލުވީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ސްކޮޑުގައި އޭނާ ހިމެނުނެވެ. އެ މުބާރާތުގައި އަލްވަރޭޒްގެ ފަރާތުން މޮޅު ކުޅުމެއް ވެސް ފެނިފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ. އަލްވަރޭޒް ވަނީ މިހާތަނަށް ސިޓީ އަށް ކުޅެދިން 57 މެޗުގައި 21 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ޕްރިމިއާ ލީގު، އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯޑެން އާއި ގްރީލިޝްއަށް ގާޑިއޯލާގެ އިންޒާރެއް

ފޯޑެން އާއި ގްރީލިޝްއަށް ގާޑިއޯލާގެ އިންޒާރެއް

21 ޑިސެމްބަރު 2021
ޗެމްޕިއަންސް ލީގުގެ އައު ފޯމެޓަށް ކްލޮޕާއި ގާޑިއޯލާގެ ފާޑުކިއުން

ޗެމްޕިއަންސް ލީގުގެ އައު ފޯމެޓަށް ކްލޮޕާއި ގާޑިއޯލާގެ ފާޑުކިއުން

24 އެޕްރީލު 2021
ޖަރުމަން ލީގުގެ ކުޅުންތެރިންނަށް ތައުރީފު ހައްގު: އިންފަންޓީނޯ

ޖަރުމަން ލީގުގެ ކުޅުންތެރިންނަށް ތައުރީފު ހައްގު: އިންފަންޓީނޯ

03 ޖޫން 2020
ކޮރޯނާވައިރަސް ޖެހިގެން ޕެޕް ގާޑިއޯލާގެ މަންމަ މަރުވެއްޖެ

ކޮރޯނާވައިރަސް ޖެހިގެން ޕެޕް ގާޑިއޯލާގެ މަންމަ މަރުވެއްޖެ

06 އެޕްރީލު 2020
ވައިރަހުން އަމިއްލަ ގައުމު ސަލާމަތްކުރަން ގާޑިއޯލާގެ ދީލަތި އެހީއެއް

ވައިރަހުން އަމިއްލަ ގައުމު ސަލާމަތްކުރަން ގާޑިއޯލާގެ ދީލަތި އެހީއެއް

24 މާރިޗު 2020

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު